މައިގަނޑު ބަޔަށް ދާން

ހަބަރު

ކުޅުދުއްފުށީ ޒުވާނަކު މާފުށީގައި ބަނގުރަލުގެ ވިޔަފާރި ކުރި ތުހުމަތުގައި ހައްޔަރުކޮށްފި

ކ. މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި ކުޅުދުއްފުށީ ޒުވާނަކު ހައްޔަރުކޮށް، އޭނާގެ ގެއިން 42 ފުޅި ބަނގުރާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ސަމޭދާން، ނަބީހު ޢަބްދުއްރަޝީދު (23) އެވެ. އޭނާ ހައްޔަރުކުރީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ގުޅިގެން މި މަހުގެ 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ މަޢުލޫމާތުގައިވާ ގޮތުން، ކޯޓު އަމުރަކާ އެކު ނަބީހު ހައްޔަރުކުރުމަށްފަހު، މާފުށީގައި އޭނާ ދިރިއުޅެމުން ދިޔަ ގެ ބަލައިފާސްކުރިއިރު ބަނގުރާ ފުޅިތައް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ނަބީހުގެ ބަންދާ މެދު ގޮތެއް ނިންމުމަށް އޭނާ ކޯޓަށް ހާޒިރުކުރުމުން، އަށް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.