މައިގަނޑު ބަޔަށް ދާން

ވިޔަފާރި

ކޯޕަރޭޓް ގަވަނަންސް ރިވިއުގައި އެސްޓީއޯ އެއްވަނައަށް: ސީއެމްޑީއޭ

ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް އެންމެ ބޮޑަށް ޢަމަލުކުރާ ކުންފުންޏަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ނެރުނު ރިވިއުއެއްގައި ކަނޑައަޅައިފިއެވެ.

ކޯޕަރޭޓް ގަވަނަންސް ރިވިއުގައި އެސްޓީއޯ އެއްވަނައަށް: ސީއެމްޑީއޭ

ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް އެންމެ ބޮޑަށް ޢަމަލުކުރާ ކުންފުންޏަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ނެރުނު ރިވިއުއެއްގައި ކަނޑައަޅައިފިއެވެ.

ސީއެމްޑީއޭގެ "ކޯޕަރޭޓް ގަވަނަންސް ރިވިއު 2025" ގައިވާ ގޮތުން، ކޯޕަރޭޓް ގަވަނަންސްގެ މިންގަނޑުތަކުގައި އެސްޓީއޯއަށް ލިބިފައިވަނީ 97.5 އިންސައްތައެވެ. ދެވަނަ ލިބިފައިވަނީ 96.2 އިންސައްތައާއެކު އުރީދޫ މޯލްޑިވްސްއަށެވެ. 94.9 އިންސައްތައާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ތިންވަނަ ހޯދާފައިވާއިރު، 88.6 އިންސައްތައާއެކު ލިސްޓުގެ އެންމެ ފަހަތުގައި އޮތީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އެވެ.

މި ރިޕޯޓު ތައްޔާރުކޮށްފައިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ އަށް ކުންފުންޏެއް ބަލައިގެންނެވެ. ރިޕޯޓުގައިވާ ގޮތުން، ކުންފުނިތަކުން ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް ޢަމަލުކުރާ މިންވަރު ޖުމްލަ ގޮތެއްގައި 92.9 އިންސައްތައަށް މަތިވެފައިވެއެވެ. 2024 ވަނަ އަހަރު މި މިންވަރަކީ 88 އިންސައްތައެވެ. 2023 ވަނަ އަހަރު އެއީ 86 އިންސައްތައެވެ.

ސީއެމްޑީއޭ އިން ބުނީ ބޯޑު ހިންގުމާއި، ޑިރެކްޓަރުން ތަމްރީނުކުރުމާއި، އެތެރޭގެ އޮޑިޓް ނިޒާމު ހަރުދަނާކުރުމުގައި އެސްޓީއޯ އިން ނަމޫނާ ދައްކާފައިވާ ކަމަށެވެ. ޑިރެކްޓަރުންގެ ހުނަރު ކުރިއެރުވުމަށް 2025 ވަނަ އަހަރު އެ ކުންފުނިން 1,025,597 ރުފިޔާ ޚަރަދުކޮށް، އަށް ތަމްރީނު ޕްރޮގްރާމެއް ހިންގާފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން، ކޮންމެ އަހަރަކު ޑިރެކްޓަރުންގެ ބޯޑުގެ ތިންބައިކުޅަ އެއްބައި އިންތިޚާބުކުރަންޖެހޭ ޝަރުތު ފުރިހަމަކޮށްފައިވާ ހަމައެކަނި ކުންފުންޏަކީވެސް އެސްޓީއޯއެވެ. އެ ކުންފުނީގެ މުޅި ބޯޑު އެކުލަވާލަނީ އެއް އަހަރުގެ ދައުރަކަށް ކަމުން، ކޮންމެ އަހަރީ ޢާންމު ޖަލްސާއެއްގައި ޑިރެކްޓަރުން އަލުން އިންތިޚާބުކުރުމުގެ ފުރުސަތު ލިބެއެވެ.

އަދި އެސްޓީއޯގެ ޗީފް އޮޑިޓް އެގްޒެކެޓިވްގެ ރިޕޯޓިންގ ލައިން އޮންނަ ގޮތަކީ މި ރިވިއުގައި ފެނުނު އެންމެ ފުރިހަމަ އަދި ސާފު ނިޒާމު ކަމަށްވެސް ސީއެމްޑީއޭ އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.