"ޒީވާ އަކީ ބައްޕައަކު ދެކޭނެ އެންމެ ފުރިހަމަ ހުވަފެނެވެ"
ދަރިފުޅުގެ އެންމެ ފަހު ނޭވައާ ހަމައަށް ގާތުގައި ހުރި ސިނާން ބުނީ ޒީވާއެކު ހޭދަވީ އޭނާގެ ހަޔާތުގެ އެންމެ އަގުބޮޑު އަދި އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ. ދުނިޔެ ދޫކޮށް ދިޔައީ ދުވަހަކުވެސް ކިޔައިނުދެވޭހާ ގިނަ ކަންކަން ދަސްކޮށްދީފައި ކަމަށް ސިނާން ލިޔެފައިވެއެވެ. އެމްއެންޑީއެފްގައި ބުރަ ދުވަހެއް ނިންމާލައިފައި ގެއަށް އައިސް ޔުނިފޯމުގައި ހުރެ ދަރިފުޅަށް އައު ހުނަރެއް ދަސްކޮށްދިނުމަކީ އޭނާ އެންމެ ކުރާހިތްވި ކަންތައް ކަމަށް ބުނެފައިވެއެވެ.
އަހުމަދު އާހިލް ސައީދު
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ފަރުވާދެމުން ދަނިކޮށް ނިޔާވި ނުވަ އަހަރުގެ ޒީވާ ސިނާން އަހްމަދާ މެދު އިންތިހާއަށް ފަހުރުވެރިވާ ކަމަށް ބައްޕަ ސިނާން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފިއެވެ.
ދަރިފުޅުގެ އެންމެ ފަހު ނޭވައާ ހަމައަށް ގާތުގައި ހުރި ސިނާން ބުނީ ޒީވާއެކު ހޭދަވީ އޭނާގެ ހަޔާތުގެ އެންމެ އަގުބޮޑު އަދި އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ. ދުނިޔެ ދޫކޮށް ދިޔައީ ދުވަހަކުވެސް ކިޔައިނުދެވޭހާ ގިނަ ކަންކަން ދަސްކޮށްދީފައި ކަމަށް ސިނާން ލިޔެފައިވެއެވެ. އެމްއެންޑީއެފްގައި ބުރަ ދުވަހެއް ނިންމާލައިފައި ގެއަށް އައިސް ޔުނިފޯމުގައި ހުރެ ދަރިފުޅަށް އައު ހުނަރެއް ދަސްކޮށްދިނުމަކީ އޭނާ އެންމެ ކުރާހިތްވި ކަންތައް ކަމަށް ބުނެފައިވެއެވެ.
ޒީވާގެ ޚާއްޞަ ސިފަތައް ކިޔައިދެމުން ސިނާން ފާހަގަކުރި ގޮތުގައި އެ އުމުރުގެ އެހެން ކުދިންނާ ފާހަގަކޮށްލެވޭ މިންވަރަށް ޒީވާ ތަފާތެވެ. ކުރާ ކޮންމެ ކަމަކަށް ތަރުތީބު ހެދުމާއި ތަފްސީލީ ޕްލޭންތައް ރާވައިގެން ކުރިއަށް ގެންދިއުމަކީ ޒީވާގެ އާދައެއް ކަމަށް ބުނެފައިވެއެވެ. ކޮންމެ ދުވަހަކު ޖާނަލް ލިޔުމާއި ވަކި ގަޑިއަކަށް ނިދައި ފަތިހު ހޭލުން ފަދަ ރަނގަޅު އާދަތައް ދަރިފުޅު ގެންގުޅުނެވެ. ސްޕެލިން ބީ މުބާރާތަށް ތައްޔާރުވާން ލިޓްރެޗާ ފޮތްތައް ހުރިގޮތަށް ހިތުދަސްކުރާ ވަރަށް ޒީވާގެ ހިތުދަސްކުރުމުގެ ބާރު ގަދަ ކަމަށް ވެސް ލިޔެފައިވެއެވެ.
"އަހަރެމެން އެކުގައި ޕަބްލިކް ސްޕީކިން އަށް ތައްޔާރުވަން އޭނާގެ އާޓް މަސައްކަތަށް ޕޭޕައޮރިގާމީ ސްޓެންސިލް ތައްޔާރުކުރަން. ޕްރެޒެންޓޭޝަނުގައި އަހަރެން ބޭނުންކުރާ ހުނަރުތައް އޭނާ ވަރަށް އަވަހަށް ދަސްކުރި" ސިނާން ލިޔެފައިވެއެވެ.
ހިތްވަރުގަދަ ކުއްޖެއްގެ ގޮތުގައި ޒީވާ ސިފަކުރަމުން ސިނާން ބުނީ ސްކޭޓްކުރާއިރު ވެއްޓުނަސް ނަގަން ނުގޮސް ބަލަން ހުންނަ ކަމަށެވެ. އަމިއްލައަށް ތެދުވެ "މުހިއްމީ ވެއްޓުނު އަދަދެއް ނޫން ކަމަށާއި އަމިއްލައަށް ތެދުވުން ކަމަށް" ޒީވާ ބުނާ ކަމަށް ސިނާން ލިޔެފައިވެއެވެ. އުސް ތަންތަނުން ޖެހިލުމެއް ނެތި ކަނޑަށް ފުންމައިލާ ވަރަށް ދަރިފުޅު ހިތްވަރު ގަދަ ކަމަށާއި ސަޕްރައިޒެއްގެ ގޮތުން ގަތް އެގްރެސިވް ސްކޭޓް ބޫޓެއް ޒީވާއަށް ފެނުމުގެ ނަސީބު ނުލިބުނު ކަމަށް ވެސް ބުނެފައިވެއެވެ. ޗެސް ކުޅުމަށް ލޯބިކުރި ޒީވާގެ ހުވަފެނަކީ ޞިއްޙީ ދާއިރާއަށް ވަނުން ކަމަށް ސިނާން ބުނެފައިވެއެވެ.
"ޒީވާ އަކީ ބައްޕައަކު ދެކޭނެ އެންމެ ފުރިހަމަ ހުވަފެނެވެ" ސިނާން ލިޔެފައިވެއެވެ.
ދަރިފުޅަށް ކުކުޅު ރިހަ ކައްކައިދިނުމާއި ބިސްގަނޑު އެޅުމާއި ރެސްޓޯރެންޓުން ކެއުން ފަދަ އެތައް ހަނދާނެއް ސިނާން ވަނީ އެ ޕޯސްޓުގައި ހިއްސާކޮށްފައެވެ. ތަޢުލީމީ ދަތުރެއްގައި ދެބައިންގެ ދެމެދުގައި ލާމު އަތޮޅަށް ދާން ޕްލޭންކޮށްފައި އޮތް ކަމަށް ވެސް ސިނާން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް