Newscast
ހަބަރު

ހުޅުމާލެ ހޮސްޕިޓަލުން ތިން ދާއިރާއެއްގެ ސްޕެޝަލިސްޓް ފަރުވާ މިއަދު ތައާރަފުކޮށްފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 29 Aug 2026
ހުޅުމާލެ ހޮސްޕިޓަލުން ތިން ދާއިރާއެއްގެ ސްޕެޝަލިސްޓް ފަރުވާ މިއަދު ތައާރަފުކޮށްފި
ހުޅުމާލެ ހޮސްޕިޓަލް

އެ ތިން ޚިދުމަތް އިފުތިތާޙުކުރީ އެ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ބަނޑާއި ގޮހޮރުގެ ބަލިތަކާއި ނާރު އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ފަރުވާ ދިނުން ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ފައްޓަވައިދެއްވައިފިއެވެ.

އެ ތިން ޚިދުމަތް އިފުތިތާޙުކުރީ އެ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ޞިއްޙީ ވުޒާރާއިން ބުނީ މި ބަދަލާ އެކު ސްޕެޝަލިސްޓް ފެންވަރުގެ ފަރުވާ ހޯދުމުގައި ޢާންމުންނަށް އިތުރު ލުއި ފަސޭހަ ލިބިގެންދާނެ ކަމަށެވެ.

ހުޅުމާލޭގެ އާބާދީ ހަލުވިކަމާ އެކު އިތުރުވަމުން ދިއުމުން އެ ސަރަޙައްދުގައި ހިންގާ ސަރުކާރުގެ ހަމައެކަނި ހޮސްޕިޓަލަށް ބާރު ބޮޑުވެ ލިބެން ހުރި ފަރުވާތައް މަދުކަމުގެ ޝަކުވާ ޢާންމުންގެ ފަރާތުން ދިޔައީ އިތުރުވަމުންނެވެ.

އެ ޝަކުވާތަކަށް ރިޢާޔަތްކޮށް ފަހަކަށް އައިސް އެ ހޮސްޕިޓަލުގައި ވަނީ އުރަމަތީ ކެންސަރުގެ އޮޕަރޭޝަންތައް ތައާރަފުކޮށް ލޮލުގެ ފަރުވާގެ ދާއިރާ ވެސް ފުޅާކޮށްފައެވެ. އެއާ އެކު އާ ވޯޑުތައް ހެދުމާއި އިމަޖެންސީ ރޫމް އަދި ޑައިލިސިސް ސެންޓަރު ބޮޑުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައި ކޮންޓްރޯލުކުރުމުގެ އެއްބަސްވުމެއް ޓްރަމްޕް އިޢުލާނުކޮށްފި
ދުނިޔެ 29 Aug 2026

ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައި ކޮންޓްރޯލުކުރުމުގެ އެއްބަސްވުމެއް ޓްރަމްޕް އިޢުލާނުކޮށްފި

މި އެއްބަސްވުމުގެ ތެރެއިން އެމެރިކާގެ ޕްރައިވެޓް ކުންފުނިތަކަށް ވެނެޒުއެލާގެ ތެޔޮ އެކްސްޕޯޓުކުރުމުގެ ދާއިރާގައި ވިޔަފާރީގެ ދޮރު ހުޅުވިގެންދާނެއެވެ. ދާރިސުން ފާހަގަކުރާ ގޮތުގައި މީގެ ދެ މައިގަނޑު މަޤުޞަދެއް އޮތެވެ. އެއީ އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު ދަށްކުރުމާއި ވެނެޒުއެލާގެ ވީރާނާވެފައި އޮތް ތެލުގެ ޞިނާޢަތް އަލުން ބިނާކުރުމެވެ.

ނޭޕާލް ފެންބޮޑުވުމުން އަރައިގަތުމަށް ފަސް ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފި
ދުނިޔެ 29 Aug 2026

ނޭޕާލް ފެންބޮޑުވުމުން އަރައިގަތުމަށް ފަސް ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފި

ނޭޕާލުގެ މާލީ ވަޒީރު ސުވަރްނީމް ވާގްލީ ވިދާޅުވި ގޮތުގައި އެ ޢަދަދަކީ ނޭޕާލުގެ ޖުމްލަ އިޤުތިޞާދުގެ ގާތްގަނޑަކަށް ދިހަ ބައިކުޅަ އެއް ބަޔާ އެއްވަރުގެ މިންވަރެކެވެ. ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި 2015 ވަނަ އަހަރުގެ ބިންހެލުމަށް ވުރެ މި ފަހަރުގެ ކާރިސާގެ ޚަރަދު ކުޑަވާނެ ކަމަށް އެ ވަޒީރު އަންދާޒާ ކުރައްވައެވެ.

ޤާނޫނާ ޚިލާފުވާން ގޮވައިލުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށް ފަލާހް ވިދާޅުވެއްޖެ
ހަބަރު 29 Aug 2026

ޤާނޫނާ ޚިލާފުވާން ގޮވައިލުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށް ފަލާހް ވިދާޅުވެއްޖެ

ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރުން ލާޒިމުކުރާ ބިލާ ދެކޮޅަށް ހުރިހާ ރިސޯޓަކުން ތެދުވާން ޖެހޭ ކަމަށް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ޕީއެންއެފުން ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައެވެ. މި ބަދަލުގެ ސަބަބުން އެންމެ ބޮޑު ދައްޗެއް ކުރިމަތިވާނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި ހަމައެކަނި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ )މަޓީ( އިން ދެކޮޅު ހެދުމުން ނުފުދޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި 70 މެގަވޮޓުގެ އައު އިންޖީނުގެއެއް ބިނާކުރުމަށް ތައްޔާރުވެއްޖެ
ހަބަރު 29 Aug 2026

ސްޓެލްކޯއިން ހުޅުމާލޭގައި 70 މެގަވޮޓުގެ އައު އިންޖީނުގެއެއް ބިނާކުރުމަށް ތައްޔާރުވެއްޖެ

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކާ ގުޅިގެން ހުޅުމާލެއާއި މާލެ ސަރަޙައްދުގެ އާބާދީ ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ކަރަންޓުގެ ނިޒާމަށް މިހާރުން މިހާރަށް ވެސް މުހިންމު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. މި މަޝްރޫޢު ނިމުމުން ހުޅުމާލޭގެ ޖުމުލަ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އެރުމުގެ އިތުރުން ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ހިނގަމުންދާ ކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ.

މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި
ހަބަރު 29 Aug 2026

މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި

މިފްކޯއިން ބުނީ މި ބަދަލު ގެނައީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ބެލުމަށްފަހު މަސްވެރިންނަށް އެކަށީގެންވާ އަގެއް ހޯދައިދީ ދެމެހެއްޓެނިވި މަސްވެރިކަމެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކަމަށެވެ.

ނަޝީދާ އެކު "ބޮޑު ބަދަލު" ގެ މަސައްކަތުގައި ދެމިހުންނާނެ ކަމަށް ފައްޔާޒު ބުނެފި
ހަބަރު 29 Aug 2026

ނަޝީދާ އެކު "ބޮޑު ބަދަލު" ގެ މަސައްކަތުގައި ދެމިހުންނާނެ ކަމަށް ފައްޔާޒު ބުނެފި

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ބޮޑު ބަދަލު"ގެ ނަމުގައި އޮތް ވަޓްސްއެޕް ގްރޫޕަކުން ތިން ހަފުތާ ކުރިން ނުކުމެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެއީ ރަސްމީ ގްރޫޕެއް ނޫން ކަމަށެވެ. "މިހާރު" ނޫހަށް މަޢުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި ފައްޔާޒް ގްރޫޕުން ނުކުމެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ރޭހުގައި ނަޝީދު ވާދަކުރައްވަން ޖެހޭ ކަމަށް ބައެއް މެންބަރުން ތަކުރާރުކޮށް ލިޔަމުން ދިޔަ ދުވަހެއްގައެވެ. ގްރޫޕުން ވަކިވެވަޑައިގެންނެވުމުގެ ކުރިން ފައްޔާޒް ލިޔުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ގްރޫޕް އުފެއްދި ބޭނުން ކެނޑިއްޖެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.