މައިގަނޑު ބަޔަށް ދާން

ހަބަރު

ކަންކަންމަތީ ޕާކުކުރުން ހުއްޓުވުމަށް ސިޓީ ކައުންސިލުން ރީނދޫ ރޮނގު ދަމަން ފަށައިފި

މި މަސައްކަތުގެ ފުރަތަމަ ބުރުގައި މ. ފުލޫނިޔާ މަގާ ގުޅިފައިވާ ގޯޅިތަކުގެ ކަންމަތިތައް ފާހަގަކޮށް އެ ސަރަޙައްދުތަކުގައި ރީނދޫ ކުލައިން ދެ ރޮނގު ދަމާފައިވާ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

ޝާރިފް ޙަލީލް

ޝާރިފް ޙަލީލް

މާލެ ސިޓީ ކައުންސިލުން މަގު މަތީގައި ރޮނގު ދެމުން؛ ފޮޓޯ / މާލެ ސިޓީ ކައުންސިލް
މާލެ ސިޓީ ކައުންސިލުން މަގު މަތީގައި ރޮނގު ދެމުން؛ ފޮޓޯ / މާލެ ސިޓީ ކައުންސިލް

މާލޭގެ ގޯޅިތަކާއި މަގުތައް ގުޅޭ ކަންމަތިތަކުގައި އުޅަނދު ބެހެއްޓުން ހުއްޓުވުމުގެ ގޮތުން ޕާކުކުރުން މަނާކަން އެންގުމަށް ނިޝާން ކުރެހުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން އިއްޔެ ފަށައިފިއެވެ.

މި މަސައްކަތުގެ ފުރަތަމަ ބުރުގައި މ. ފުލޫނިޔާ މަގާ ގުޅިފައިވާ ގޯޅިތަކުގެ ކަންމަތިތައް ފާހަގަކޮށް އެ ސަރަޙައްދުތަކުގައި ރީނދޫ ކުލައިން ދެ ރޮނގު ދަމާފައިވާ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކައުންސިލުން ކުރިން ނިންމި ނިންމުމެއްގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތުގައި މާލޭގެ އެކި ހިސާބުތަކުގައި ރޮނގު ދެމުން ކުރިއަށް ރާވާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ކަންކަންމަތީގައި ވެހިކަލް ބެހެއްޓުމުގެ ސަބަބުން މާލޭގެ މަގުތައް ވަރަށް ބޮޑަށް ތޮއްޖެހެމުންދާ ކަމަށެވެ. ރީނދޫ ރޮނގު ދެމި ސަރަޙައްދުތަކުގައި ޕާކުކުރުމަކީ މަނާ ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ރައްކާތެރި ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް ކުރެވޭ މި މަސައްކަތް މާލޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރުމަށް ރާވާފައިވާއިރު ކަންކަންމަތީ ވެހިކަލް ޕާކުކުރުމަކީ ތޮއްޖެހުމުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަށް ވެސް މެދުވެރިވާ ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.