Newscast
ހަބަރު

އިންޑިއާ ސަފީރު ތިލަމާލެ ބުރިޖުގެ މަސައްކަތް ބައްލަވައިލައްވައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 30 Aug 2026
އިންޑިއާ ސަފީރު ތިލަމާލެ ބުރިޖުގެ މަސައްކަތް ބައްލަވައިލައްވައިފި
އިންޑިއާގެ ހައި ކޮމިޝަނަރާއި ރައީސް؛ ފޮޓޯ / ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެއިން ވިލިމާލެއަށް ބުރިޖު މަތިން ހިންގަވާފައި ވަޑައިގެންނެވި ތާރީޚީ ހިނގާލުމުގައި ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސަފީރު ސިފަކުރެއްވި ގޮތުގައި ރައީސްގެ އަރިހުގައި ބުރިޖު މަތިން ހިންގެވުމަކީ ލިބިވަޑައިގެންނެވި އުފާފުޅެކެވެ. އެ މަޝްރޫޢަކީ އިންޑިއާ ބޯޑަރުން ބޭރުގައި އެ ޤައުމުން ހިންގާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަސައްކަތް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖު މަޝްރޫޢުގެ މަސައްކަތް ކުރިއަށްދަނީ ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކުގައި ކަމަށް ވިދާޅުވެ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެ މަޝްރޫޢުގެ ސައިޓަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެއިން ވިލިމާލެއަށް ބުރިޖު މަތިން ހިންގަވާފައި ވަޑައިގެންނެވި ތާރީޚީ ހިނގާލުމުގައި ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސަފީރު ސިފަކުރެއްވި ގޮތުގައި ރައީސްގެ އަރިހުގައި ބުރިޖު މަތިން ހިންގެވުމަކީ ލިބިވަޑައިގެންނެވި އުފާފުޅެކެވެ. އެ މަޝްރޫޢަކީ އިންޑިއާ ބޯޑަރުން ބޭރުގައި އެ ޤައުމުން ހިންގާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަސައްކަތް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

މީޑިއާތަކާ ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ "އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ވަރަށް ގާތުން ދަނީ މަސައްކަތް ކުރަމުން. މިއީ އިންޑިއާގެ ބޯޑަރުން ބޭރުގައި އިންޑީއާއިން ކުރިއަށް ގެންދާ ވަރަށް ބޮޑު ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢު. މިކަން ރާއްޖޭގައި ކުރާއިރު އަޅުގަނޑުމެން ވަރަށް އުފާވޭ މިމަސައްކަތް ނިމެން ދާތީ. އެއީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކުރެވޭ މަސައްކަތެއް. ބިނާރާއި ބެހޭ ވުޒާރާއާއި ޚާރިޖީ ވުޒާރާ އަދި ޚާއްސަކޮށް ރައީސްއަށް ޝުކުރުދަންނަވަން" ކަމަށެވެ.

އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ތެރެއިން މާލެއާއި ވިލިމާލެއާ ދެމެދު ގާތްގަނޑަކަށް 2.05 ކިލޯމީޓަރުގެ ސެގްމެންޓް މިހާރު ވަނީ އެއްގަމު މަގުން ގުޅުވައިލައިފައެވެ. މުޅި މަޝްރޫޢު ފުރިހަމަވުމުން މާލެ ވިލިމާލެ ގުޅީފަޅު އަދި ތިލަފުށި ހިމެނޭހެން ޖުމްލަ 6.7 ކިލޯމީޓަރުގެ ސަރަޙައްދެއް ގުޅައިލެވޭނެއެވެ.

ޖުމްލަ 500 މިލިޔަން ޑޮލަރު — ދިވެހި ފައިސާ އިން ހަތް ބިލިޔަނަށް ވުރެ ގިނަ ރުފިޔާ — ޚަރަދުވާ މި މަޝްރޫޢަށް ފައިނޭންސް ކުރަނީ އިންޑިއާ ސަރުކާރުގެ 100 މިލިޔަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ. ސަރުކާރުން އަމާޒު ހިފާފައި ވަނީ މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ނިޔަލަށް ފުރިހަމަ ކުރުމަށެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެންސްޕާގެ އެހީތައް ލިބޭ ފަރާތްތައް އަލުން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ފަށައިފި
ހަބަރު 30 Aug 2026

އެންސްޕާގެ އެހީތައް ލިބޭ ފަރާތްތައް އަލުން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ފަށައިފި

އެ އެޖެންސީން ނެރުނު އިއުލާނުގައިވާ ގޮތުން ޤަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އިޖުތިމާއީ ރައްކާތެރިކަމުގެ އެހީ ދޫކުރެވޭނީ ދެ އަހަރުގެ މުއްދަތަކަށެވެ. އެހެންކަމުން 2024 ވަނަ އަހަރުގެ ނޮވެމްބަރު ނިޔަލަށް އެހީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު 30 ގެ ކުރިން ވަން.ގަވް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެންސްޕާއިން ވަނީ އެދިފައެވެ.

ގޭސް ލީކުވެ މަރުވި ޒާހިދާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ނުހަދައި އާއިލާއާ ހަވާލުކޮށްފި
ހަބަރު 30 Aug 2026

ގޭސް ލީކުވެ މަރުވި ޒާހިދާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ނުހަދައި އާއިލާއާ ހަވާލުކޮށްފި

މި ހާދިސާގައި މަރުވީ ގއ. ވިލިނގިއްޔަށް އުފަން އުމުރުން 51 އަހަރުގެ ޒާހިދާ ތައުފީގެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ހާއިރު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކުރެވުނެވެ.

ފޭކް ފޭސްބުކް އެކައުންޓަކުން އޮޅުވާލައިގެން ފައިސާ ހޯދި މީހަކަށް ޖަލު ހުކުމެއް އިއްވައިފި
ހަބަރު 30 Aug 2026

ފޭކް ފޭސްބުކް އެކައުންޓަކުން އޮޅުވާލައިގެން ފައިސާ ހޯދި މީހަކަށް ޖަލު ހުކުމެއް އިއްވައިފި

މި ހުކުމް އިއްވީ ކ. ކާށިދޫ ސިލިކޯން އިސްމާއިލް ޒަބީހުގެ މައްޗަށެވެ. ޝާނާ ހުސެއިންގެ ނަމުގައި ހިންގި ވަގު ފޭސްބުކް އެކައުންޓެއް ބޭނުންކޮށްގެން 2022 ވަނަ އަހަރުގެ ޖެނުއަރީ ދެވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ އޮގަސްޓް 20 ވަނަ ދުވަހާ ހަމައަށް ގިނަ ބައެއް އަތުން އޭނާ ފައިސާ ނެގިކަން ދައުވާގައި ބަޔާންކޮށްފައިވެއެވެ. ޖަލު ހުކުމުގެ އިތުރުން 100000 ރުފިޔާއިން އޭނާ ޖޫރިމަނާ ކޮށްފައިވެއެވެ.

އީރާނުގެ އިންޤިލާބީ ލަޝްކަރުން ނިރުބަވެރި ގުރޫޕެއް ނައްތައިލައި ހަ މީހަކު ހައްޔަރުކޮށްފި
ދުނިޔެ 30 Aug 2026

އީރާނުގެ އިންޤިލާބީ ލަޝްކަރުން ނިރުބަވެރި ގުރޫޕެއް ނައްތައިލައި ހަ މީހަކު ހައްޔަރުކޮށްފި

އައިއާރްޖީސީގެ ޤުދްސް ލަޝްކަރުގެ މައި މަރުކަޒުން ނެރުނު ބަޔާނުގައި ބުނާ ގޮތުން ޕާކިސްތާނާއި އީރާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީ ސަރާވާން ސަރަޙައްދުގައި ހިންގި މި އޮޕަރޭޝަންގައި އެ ގުރޫޕުގެ އެކަކު މަރުވެފައިވެއެވެ. ޕުރޮވިންސުގެ ޖާސޫސީ އިދާރާއާއި އައިއާރްޖީސީގެ ޖާސޫސީ ގޮފީގެ އިތުރުން ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކުރެވުނު ހަ މީހުންގެ ތެރޭގައި ގުރޫޕުގެ މެންބަރުންނާއި އެ މީހުންނަށް ވާގިވެރިވި ފަރާތްތައް ހިމެނޭ ކަމަށް އައިއާރްޖީސީން ބުނެއެވެ.

ޤައުމީ އިންޖިނޭރުންގެ ދުވަހާ ގުޅުވައި އެސްޓީއޯއިން ދެ ސްކޮލަޝިޕެއް ތަޢާރަފްކޮށްފި
ހަބަރު 30 Aug 2026

ޤައުމީ އިންޖިނޭރުންގެ ދުވަހާ ގުޅުވައި އެސްޓީއޯއިން ދެ ސްކޮލަޝިޕެއް ތަޢާރަފްކޮށްފި

މި ސްކޮލަޝިޕްތައް އިފްތިތާޙުކޮށްދެއްވީ އެ ދުވަހާ ގުޅިގެން އެސްޓީއޯއިން ބޭއްވި ޚާއްޞަ ހަފްލާގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޚުމޫދު ޝައުޤީއާއި އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝިމާދު އިބްރާހީމެވެ.

ގަދަކަމުން ކާރެއް އަތުލައި ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހަކު ހައްޔަރުކޮށްފި
ހަބަރު 30 Aug 2026

ގަދަކަމުން ކާރެއް އަތުލައި ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލައް މިސްކިތްމަގު އަންދާޒު އަޙްމަދު ޢައުނުﷲ )35އ( ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.