Newscast
ހަބަރު

ރިސޯޓުތަކުގެ އާމްދަނީ އޮޅުވައިލައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް ދެއްވައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 31 Aug 2026
ރިސޯޓުތަކުގެ އާމްދަނީ އޮޅުވައިލައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް ދެއްވައިފި
ވައްކަރު މޯލްޑިވްސް-- ފޮޓޯ/ބްރޭކިންގ ޓްރެވަލް ނިއުސް

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ލޯނު ދައްކައި މުވައްޒަފުންނަށް މުސާރަ ދީ ދުވަހުގެ ހިންގުމުގެ ޚަރަދުތައް ކެނޑުމަށް ފަހު ވެސް 40 އިންސައްތަ މާރުކުރެވޭނެ ތަނަވަސްކަން ކޮންމެ ރިސޯޓެއްގައި ވެސް ހުންނާނެ ކަމަށެވެ.

ރިސޯޓުތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރުން ލާޒިމުކޮށް ބޭރު ފައިސާގެ ޤާނޫނަށް ގެނައި އިސްލާހު މިއަދު ތަސްދީޤުކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާބު އޮޅުވައިލައިގެން މަދުން ޑޮލަރު މާރުކުރަން ބައެއް ވިޔަފާރިވެރިން ރާވަމުންދާ ކަމަށް ތުހުމަތުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިސޯޓު ވެރީންނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ލޯނު ދައްކައި މުވައްޒަފުންނަށް މުސާރަ ދީ ދުވަހުގެ ހިންގުމުގެ ޚަރަދުތައް ކެނޑުމަށް ފަހު ވެސް 40 އިންސައްތަ މާރުކުރެވޭނެ ތަނަވަސްކަން ކޮންމެ ރިސޯޓެއްގައި ވެސް ހުންނާނެ ކަމަށެވެ.

"ދެން ބައެއް ފަރާތްތަކުން އެބަ ބުނޭ ދެން އާމްދަނީ ނުލިބޭ ކަމަށް ހިސާބުކިތާބު ހަދާފައި ފޮނުވާނީއޭ. މަކަރު ހަދަން ދޮގު ހަދަން ވެސް މަސައްކަތްކުރެވިދާނެ. އެ ކަން ވެސް ހުއްޓުވޭނެ ނިޒާމުތައް މިއަދުގެ ބިލުތަކުން ވެސް އައިިސްފި" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއް މަސް ދުވަހުގެ ތެރޭގައި ޓޫރިސްޓުން ރާއްޖެ އެތެރެވާ ހިސާބުން ފެށިގެން އެ ފަރާތްތައް ތިބޭ ތަނާއި ފުރާ ވަގުތު ދެނެގަނެވޭ ނިޒާމެއް ސަރުކާރުގެ ސިސްޓަމްތަކުން ފެންނަން ފަށާނެއެވެ. އެ ނިޒާމާ އެކު އާމްދަނީ އޮޅުވައިލުމުގެ ޖާގައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ސަރުކާރުން ހައްގު ގާއިމުކުރުމުގައި ވަރަށް ސާބިތުވާނެ. އަދުލު އިންސާފު ގާއިމުކުރުމުގައި ވަކި މީހަކަށް ނުބަލާނަން. ތަފާތެއް ނުކުރާނަން. ކީއްވެގެން ވަކި ބަޔަކު މުއްސަނދިވެފައި އެހެން އެންމެން ސަފާކުރަން ޖެހޭނީ. ނުޖެހޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ތުހުމަތުކުރެއްވީ ޑޮލަރު މާރުކުރުމުގެ ބަދަލެއްގެ ގޮތުގައި މަޝްރޫޢުތައް ހުއްޓައިލުމަށް ބައެއް ވިޔަފާރިވެރިން ހިޔާލު ދެއްވި ކަމަށާއި ތަރައްޤީގެ ބަޖެޓު ބޮޑުކޮށްފި ނަމަ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުކުރާނެ ކަމުގެ އިންޒާރު ވެސް ވިޔަފާރިވެރީންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށެވެ. ރިސޯޓުތަކަކީ ދައުލަތުގެ މުދާ ކަމަށް ސިފަކުރައްވައި ވަކި ބައެއްގެ މުއްސަނދިކަމަށް ޓޫރިޒަމް ސިނާއަތް ބޭނުންކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި އިސްލާހާ ގުޅިގެން ފާރަވެރިވުމުގެ ނިޒާމު އެއް މަސް ދުވަހުގެ ތެރޭގައި ޤާއިމުކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އިހަވަންދޫ ދޯނިތަކުން މަހަށް ދާ ދިވެހިން މަދުވެ ބިދޭސީން އިތުރުވެއްޖެ
ހަބަރު 31 Aug 2026

އިހަވަންދޫ ދޯނިތަކުން މަހަށް ދާ ދިވެހިން މަދުވެ ބިދޭސީން އިތުރުވެއްޖެ

އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް މޫސާ ޢަލީ ވިދާޅުވި ގޮތުގައި ކޮންމެ ދޯންޏެއްގައި ވެސް ދިވެއްސެއްގެ ގޮތުގައި ގިނަ ވެގެން ތިބެނީ ދެ މީހެކެވެ. ބައެއް ދޯނީގައި ކެޔޮޅު ފިޔަވައި ދެން ތިބީ ހައްތާ ވެސް ބޭރު މީހުންނެވެ.

އަމާންއުދަރެސް ޓަވަރުގެ ތިންވަނަ ބުރިން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިއްޖެ
ހަބަރު 31 Aug 2026

އަމާންއުދަރެސް ޓަވަރުގެ ތިންވަނަ ބުރިން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިއްޖެ

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:35 ހާއިރުއެވެ.

ތިން އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރުކޮށްފި
ހަބަރު 31 Aug 2026

ތިން އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރުކޮށްފި

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޤަވާއިދާ ހިލާފަށް މަގު ހުރަސްކުރާނަމަ މިއަދުން ފެށިގެން 100 ރުފިޔާގެ ޖޫރިމަނާއެއް!
ހަބަރު 31 Aug 2026

ޤަވާއިދާ ހިލާފަށް މަގު ހުރަސްކުރާނަމަ މިއަދުން ފެށިގެން 100 ރުފިޔާގެ ޖޫރިމަނާއެއް!

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ހުށަހެޅުއްވި މި ބިލު ކޮމިޓީ މަރުޙަލާގައި ބޮޑެތި އިޞްލާޙުތައް ގެނެސް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެއެވެ. މި ޤާނޫނާ އެކު 2009 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އުވޭނެއެވެ.

ޖުލައި މަހު މުދަލު ޒަކާތުން ލިބުނު ފައިސާ 17 މިލިއަނަށް އަރައިފި
ހަބަރު 31 Aug 2026

ޖުލައި މަހު މުދަލު ޒަކާތުން ލިބުނު ފައިސާ 17 މިލިއަނަށް އަރައިފި

ޒަކާތު ހައުސް ގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުން ލިބިފައި ވަނީ 12.04 މިލިއަން ރުފިޔާއެވެ. އެހެންކަމުން އަހަރުން އަހަރަށް ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ ޢަދަދެއް އިތުރުވެފައިވެއެވެ.

ޕާސްޕޯޓުގެ މުއްދަތު އިތުރުކުރުމަށް އިމުގާ މެދުވެރިކޮށް ހުށަހެޅުމަށް އިމިގްރޭޝަނުން އަންގައިފި
ހަބަރު 31 Aug 2026

ޕާސްޕޯޓުގެ މުއްދަތު އިތުރުކުރުމަށް އިމުގާ މެދުވެރިކޮށް ހުށަހެޅުމަށް އިމިގްރޭޝަނުން އަންގައިފި

2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ސަޕްލައިކުރަމުން އަންނަ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓް ހައުސްގައި ބޭނުންކުރާ މެޝިންތަކަށް މައްސަލައެއް ދިމާވެ ބުކްލެޓް ފޮނުވުން ލަސްވުމުގެ ސަބަބުން ސްޓޮކް ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެ ހާލަތުގައި ސްޓޮކް ބެލެހެއްޓުމަށްޓަކައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ.