މައިގަނޑު ބަޔަށް ދާން

ހަބަރު

ފުލުހަށް މިއަހަރު ހުށަހެޅި މައްސަލަތަކުގެ ހަތަރުބައިކުޅަ އެއްބައި އެކްސިޑެންޓުތައް

މިއަހަރު ފުލުހުންނަށް ޖުމްލަ 8490 މައްސަލައެއް ހުށަހެޅިފައިވާއިރު އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ ވައްކަމުގެ ކުށުގެ 2326 މައްސަލައެވެ. ދެވަނައަށް އެންމެ ގިނައިން ރެކޯޑުކޮށްފައިވަނީ 2029 އެކްސިޑެންޓެވެ. މަސްތުވާތަކެއްޗާ ގުޅުން ހުރި 1828 މައްސަލައާ އެކު އެ ދާއިރާ އޮތީ ތިންވަނައިގައެވެ.

ސީޒާ ޢަބްދުލްޙަކީމް

ފޮޓޯ / އެމްބީއެސް ނިއުސް އެމްވީ
ފޮޓޯ / އެމްބީއެސް ނިއުސް އެމްވީ

ފުލުހުންގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އެ އިދާރާއަށް ހުށަހެޅި ޖުމްލަ މައްސަލަތަކުގެ 23.9 އިންސައްތައަކީ މަގުމަތީގެ އެކްސިޑެންޓުތައް ކަމަށް ހާމަވެއްޖެއެވެ.

މިއަހަރު ފުލުހުންނަށް ޖުމްލަ 8490 މައްސަލައެއް ހުށަހެޅިފައިވާއިރު އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ ވައްކަމުގެ ކުށުގެ 2326 މައްސަލައެވެ. ދެވަނައަށް އެންމެ ގިނައިން ރެކޯޑުކޮށްފައިވަނީ 2029 އެކްސިޑެންޓެވެ. މަސްތުވާތަކެއްޗާ ގުޅުން ހުރި 1828 މައްސަލައާ އެކު އެ ދާއިރާ އޮތީ ތިންވަނައިގައެވެ.

ގެއްލިގެން ހޯދާ ތަކެތީގެ 695 މައްސަލައެއް ހުށަހެޅިފައިވާ އިރު ތަކެއްޗަށް ގެއްލުން ދިނުމާ ގުޅޭ 446 މައްސަލައަކާއި ގައިގައި ޖެހުމާއި އަނިޔާކުރުމާ ގުޅޭ 439 މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 224 މައްސަލައަކާއި ޖިންސީ ކުށުގެ 184 މައްސަލައެއް ވެސް ފުލުހުންނަށް ހުށަހެޅިފައިވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް 13 މައްސަލައެއް ފުލުހުންނާ ހިއްސާކޮށްފައިވެއެވެ. އޭގެ ތެރޭގައި ފަސް އެކްސިޑެންޓާއި މަސްތުވާތަކެތީގެ ތިން މައްސަލައާއި ވައްކަމުގެ ތިން މައްސަލައާއި ގެވެށި އަނިޔާގެ މައްސަލައަކާއި ޖިންސީ ކުށުގެ މައްސަލައެއް ހިމެނެއެވެ.

މި ތަފާތު ހިސާބު ޢާންމުވި ދަނޑިވަޅަކީ މާލެ ސަރަޙައްދުގައި ނުރައްކާތެރި ހާދިސާތަކެއް ޖެހިޖެހިގެން ހިނގި ދުވަސްވަރެކެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް-7 ކައިރީ ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުއްޖެއް ކަމަށްވާ ކ.މާލެ މ.ލެމަންޓްރީ1 ޒީވާ ސިނާން އަޙްމަދު ނިޔާވެފައިވެއެވެ. އޭގެ ފަހުން ހަމަ އެ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ޓަވަރަކުން ވެއްޓި ދެ އަހަރުގެ އަންހެން ކުއްޖެއް ވެސް އިއްޔެ ނިޔާވެފައިވެއެވެ. މާތް ﷲ އެ ދެ ކުދީންނަށް ރަޙްމަތް ލައްވާށިއެވެ.

ހޯމަ ދުވަހު ވެސް ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރެއް ކައިރީ ހިނގި އެކްސިޑެންޓެއްގައި 62 އަހަރުގެ ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.