ހިމަބިހީގެ ކޮންޓެކްޓުންގެ ޢަދަދު 215 އަށް އަރައިފި
ސަން ނޫހުން ސުވާލުކުރުމުން އެ އެޖެންސީން ހާމަކުރި ގޮތުގައި މި ވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ ނުވަ މީހުންނެވެ. ފާއިތުވި ހަފުތާގައި މާލެ ސަރަޙައްދުން އިތުރު ނުވަ މީހަކު ބައްޔަށް ޕޮޒިޓިވްވެ ޖުމުލަ ޢަދަދު 252 އަށް މިހާރު ވަނީ އަރައިފައެވެ.
އަހުމަދު އާހިލް ސައީދު
މެއި މަހުން ފެށިގެން މާލެ ސަރަޙައްދުގައި ފެތުރެމުން އަންނަ ހިމަބިހީގެ ބައްޔާ ގުޅިގެން މިހާތަނަށް ބަލި ޖެހުނު މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 215 މީހުން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
ސަން ނޫހުން ސުވާލުކުރުމުން އެ އެޖެންސީން ހާމަކުރި ގޮތުގައި މި ވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ ނުވަ މީހުންނެވެ. ފާއިތުވި ހަފުތާގައި މާލެ ސަރަޙައްދުން އިތުރު ނުވަ މީހަކު ބައްޔަށް ޕޮޒިޓިވްވެ ޖުމުލަ ޢަދަދު 252 އަށް މިހާރު ވަނީ އަރައިފައެވެ.
ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާތަނަށް 16216 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ކަން ޔަޤީން ނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ. ބައްޔެއް ޖެހިފައިވާ މީހަކާ ކޮންޓެކްޓުވެފައިވާ ކަން އެނގޭ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
މީގެ އިތުރުން މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތެރޭ ޞިއްޙީ މަރުކަޒުތަކުން ވެސް ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެ ކަމަށް އެ އެޖެންސީން ފާހަގަކޮށްފައިވެއެވެ.
މީސްލްސް ވައިރަހުގެ ސަބަބުން ޖެހޭ ހިމަބިއްސަކީ ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެކެވެ. ޞިއްޙީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފެށުމުން ލަސްނުކޮށް ފަރުވާ ހޯދުން މުހިންމެވެ. ބަލީގެ ޢަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ޞިއްޙީ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް