ރިސޯޓުތަކުން 40 އިންސައްތަ މާރުކުރުމުން ދައްޗެއް ނުވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ރައީސް އޮފީހުގައި މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި އެ އިސްލާހާއި އިތުރު ބިލުތައް ތަސްދީގުކުރެއްވީ ޢާންމުންނަށް ގިނަ ފަސޭހަތަކެއް ލިބޭނެތީ ކަމަށެވެ. މި އިސްލާހުގެ ދަށުން ރިސޯޓުތަކުން ކޮންމެ މަހަކު ޑޮލަރު އާމްދަނީގެ 40 އިންސައްތަ ދިވެހި ބޭންކުތަކަށް މާރުކުރުން ލާޒިމުވެއެވެ. ގެސްޓްހައުސް ވިޔަފާރިތަކުން މާރުކުރަން ޖެހެނީ ކުރީގެ ޤާނޫނުގައި އޮތް ގޮތަށް ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތައެވެ.
ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު މިއަދު ތަސްދީގުކުރައްވައި ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުމުން އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށާއި މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓައިލައިގެން ނުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި އެ އިސްލާހާއި އިތުރު ބިލުތައް ތަސްދީގުކުރެއްވީ ޢާންމުންނަށް ގިނަ ފަސޭހަތަކެއް ލިބޭނެތީ ކަމަށެވެ. މި އިސްލާހުގެ ދަށުން ރިސޯޓުތަކުން ކޮންމެ މަހަކު ޑޮލަރު އާމްދަނީގެ 40 އިންސައްތަ ދިވެހި ބޭންކުތަކަށް މާރުކުރުން ލާޒިމުވެއެވެ. ގެސްޓްހައުސް ވިޔަފާރިތަކުން މާރުކުރަން ޖެހެނީ ކުރީގެ ޤާނޫނުގައި އޮތް ގޮތަށް ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތައެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ބަދަލާ އެކު މަރުކަޒީ ބޭންކް އެމްއެމްއޭއަށް ލިބޭ ބޭރު ފައިސާގެ ޢަދަދު އިތުރުވެ ރާއްޖެއަށް މުދާ އެތެރެކުރުމަށް ފައިސާ ދެއްކުމާއި ވިޔަފާރިތަކުން ޓީޓީ ކުރުން ފަދަ އަސާސީ ބޭނުންތައް ފުއްދުން ފަސޭހަވާނެއެވެ. ހަމައެހެންމެ މި ނިންމުމަކީ ހިސާބުކިތާބު ބެލުމެއް ނެތި ނިންމި ނިންމުމެއް ނޫން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"މިއީ ހަމަ ތިބެފައި ކުރި ކަމެއް ނޫން. މިކަމުގެ އިލްމީ ފަންނީ ގާބިލު ފަރާތްތައް މިކަމުގައި ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ. އެމްއެމްއޭ ފިނޭންސް މިނިސްޓްރީ އިކޮނޮމިކް މިނިސްޓްރީން ކަމާބެހޭ ހުރިހާ މިނިސްޓްރީތަކުން. މިކަމުގައި މަސައްކަތް ކޮށްފައި ވަނީ ހިސާބުކިތާބު ބަލައިފައި. ސްޓެޓިސްޓިކަލް މައުލޫމާތު އެއްކޮށްގެން" ރައީސް ވިދާޅުވިއެވެ.
މާރުކުރަން ޖެހޭ ނިސްބަތް ދެ ގުނައަށް އެރުމުން ބައެއް ރިސޯޓު ވެރިން ކަންބޮޑުވުން ފައުޅުކުރި ނަމަވެސް ލޯނު ދެއްކުމާއި ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމާއި މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ފަހުގައި ވެސް "މާ ފަސޭހައިން" 40 އިންސައްތަ މާރުކުރެވޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު މާރުކުރާކަން ތަފާސްހިސާބުތަކުން ފެންނަ ކަމަށާއި އެކަން ހިނގަނީ ބޭރު ފައިސާ ދަތިކަމެއް ނެތި ލިބޭތީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ހުރިހާ ރިސޯޓަކުން ވެސް ޤާނޫނަށް ތަބާވެ ޢާންމުންގެ ހެވާ ލާބައަށް ޤައުމީ ޒިންމާ އަދާކުރުމަށް ގޮވައިލައްވައިފައެވެ.
ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުން ބޮޑުވެފައި ވަނީ ޑޮލަރުގެ ތާށިކަން ޙައްލުކުރުމަށް މުސާރަތައް ރުފިޔާ އިން ދޭ ގޮތަށް 2030 ވަނަ އަހަރުގެ ނިޔަލަށް ބަދަލުކުރަން ޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވުމާ ގުޅިގެންނެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް