Newscast
ހަބަރު

ވިނަރެސް 7 ކައިރީގައި ސައިކަލެއް ހިނގާ މީހެއްގެ ގައިގައި ޖެހި 9 އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސް

ލިޔުނީ: އަހުމަދު އާހިލް ސައީދު 29 Aug 2026
ވިނަރެސް 7 ކައިރީގައި ސައިކަލެއް ހިނގާ މީހެއްގެ ގައިގައި ޖެހި 9 އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސް
އެކްސިޑެންޓްވީ ސަރަހައްދު؛ ފޮޓޯ / ވޮއިސް

މި ހާދިސާ ހިނގީ 2026 ވަނަ އަހަރުގެ އޮގަސްޓް 29 ވަނަ ދުވަހުގެ ރޭގަނޑު 21:04 ހާއިރު ވިނަރެސް 7 ކައިރީގައެވެ.

ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުޑަ ކުއްޖެއްގެ ހާލު ސީރިއަސްވެއްޖެއެވެ.

މި ހާދިސާ ހިނގީ 2026 ވަނަ އަހަރުގެ އޮގަސްޓް 29 ވަނަ ދުވަހުގެ ރޭގަނޑު 21:04 ހާއިރު ވިނަރެސް 7 ކައިރީގައެވެ.

ސީސީޓީވީ ފުޓޭޖުން އެނގޭ ގޮތުގައި ވިނަރެސް 7 ކައިރީ ޕާކުކޮށްފައި އޮތް ކާރަކަށް އެރުމަށް މަގާ ވީ ފަރާތުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ހިތިގަސްމަގުން ދުއްވާފައި އައި ސައިކަލެއް ޖެހުނީއެވެ.

މި އެކްސިޑެންޓުގައި ގެއްލުން ލިބުނީ ސައިކަލު ދުއްވަމުން ދިޔަ 18 އަހަރުގެ ދިވެހި އަންހެނަކަށާއި ފަހަތުގައި އިން ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި އެ ކުއްޖާއަށް މިހާރު ދަނީ ވެންޓިލޭޓަރުގައި ފަރުވާދެމުން ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

މަސްތުވެގެން ހުރެ ގަދަކަމުން ކާރެއް އަތުލައި ފުވައްމުލަކުގައި 3 އެކްސިޑެންޓެއް ހިންގައިފި
ހަބަރު 29 Aug 2026

މަސްތުވެގެން ހުރެ ގަދަކަމުން ކާރެއް އަތުލައި ފުވައްމުލަކުގައި 3 އެކްސިޑެންޓެއް ހިންގައިފި

މި ހާދިސާ ހިނގީ 2026 ވަނަ އަހަރުގެ އޮގަސްޓް 29 ވަނަ ދުވަހުގެ ރޭގަނޑު 18:22 ހައިއިރު ފުވައްމުލަކު މޫޑިގެ ކައިރީ މަގުމަތީގައެވެ. ފުލުހުންގެ ތަޙުޤީޤުން އެނގިފައިވާ ގޮތުގައި ކާރުގެ ވެރިފަރާތަށް އަނިޔާކޮށް ކާރު ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ގަދަކަމުން އެ ކާރު އަތުލައިގެން މި މީހާ ނުކުތީއެވެ. ކާރު ދުއްވި މީހާ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައި ކޮންޓްރޯލުކުރުމުގެ އެއްބަސްވުމެއް ޓްރަމްޕް އިޢުލާނުކޮށްފި
ދުނިޔެ 29 Aug 2026

ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައި ކޮންޓްރޯލުކުރުމުގެ އެއްބަސްވުމެއް ޓްރަމްޕް އިޢުލާނުކޮށްފި

މި އެއްބަސްވުމުގެ ތެރެއިން އެމެރިކާގެ ޕްރައިވެޓް ކުންފުނިތަކަށް ވެނެޒުއެލާގެ ތެޔޮ އެކްސްޕޯޓުކުރުމުގެ ދާއިރާގައި ވިޔަފާރީގެ ދޮރު ހުޅުވިގެންދާނެއެވެ. ދާރިސުން ފާހަގަކުރާ ގޮތުގައި މީގެ ދެ މައިގަނޑު މަޤުޞަދެއް އޮތެވެ. އެއީ އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު ދަށްކުރުމާއި ވެނެޒުއެލާގެ ވީރާނާވެފައި އޮތް ތެލުގެ ޞިނާޢަތް އަލުން ބިނާކުރުމެވެ.

ނޭޕާލް ފެންބޮޑުވުމުން އަރައިގަތުމަށް ފަސް ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފި
ދުނިޔެ 29 Aug 2026

ނޭޕާލް ފެންބޮޑުވުމުން އަރައިގަތުމަށް ފަސް ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފި

ނޭޕާލުގެ މާލީ ވަޒީރު ސުވަރްނީމް ވާގްލީ ވިދާޅުވި ގޮތުގައި އެ ޢަދަދަކީ ނޭޕާލުގެ ޖުމްލަ އިޤުތިޞާދުގެ ގާތްގަނޑަކަށް ދިހަ ބައިކުޅަ އެއް ބަޔާ އެއްވަރުގެ މިންވަރެކެވެ. ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި 2015 ވަނަ އަހަރުގެ ބިންހެލުމަށް ވުރެ މި ފަހަރުގެ ކާރިސާގެ ޚަރަދު ކުޑަވާނެ ކަމަށް އެ ވަޒީރު އަންދާޒާ ކުރައްވައެވެ.

ޤާނޫނާ ޚިލާފުވާން ގޮވައިލުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށް ފަލާހް ވިދާޅުވެއްޖެ
ހަބަރު 29 Aug 2026

ޤާނޫނާ ޚިލާފުވާން ގޮވައިލުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށް ފަލާހް ވިދާޅުވެއްޖެ

ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރުން ލާޒިމުކުރާ ބިލާ ދެކޮޅަށް ހުރިހާ ރިސޯޓަކުން ތެދުވާން ޖެހޭ ކަމަށް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ޕީއެންއެފުން ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައެވެ. މި ބަދަލުގެ ސަބަބުން އެންމެ ބޮޑު ދައްޗެއް ކުރިމަތިވާނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި ހަމައެކަނި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ )މަޓީ( އިން ދެކޮޅު ހެދުމުން ނުފުދޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި 70 މެގަވޮޓުގެ އައު އިންޖީނުގެއެއް ބިނާކުރުމަށް ތައްޔާރުވެއްޖެ
ހަބަރު 29 Aug 2026

ސްޓެލްކޯއިން ހުޅުމާލޭގައި 70 މެގަވޮޓުގެ އައު އިންޖީނުގެއެއް ބިނާކުރުމަށް ތައްޔާރުވެއްޖެ

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކާ ގުޅިގެން ހުޅުމާލެއާއި މާލެ ސަރަޙައްދުގެ އާބާދީ ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ކަރަންޓުގެ ނިޒާމަށް މިހާރުން މިހާރަށް ވެސް މުހިންމު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. މި މަޝްރޫޢު ނިމުމުން ހުޅުމާލޭގެ ޖުމުލަ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އެރުމުގެ އިތުރުން ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ހިނގަމުންދާ ކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ތިން ދާއިރާއެއްގެ ސްޕެޝަލިސްޓް ފަރުވާ މިއަދު ތައާރަފުކޮށްފި
ހަބަރު 29 Aug 2026

ހުޅުމާލެ ހޮސްޕިޓަލުން ތިން ދާއިރާއެއްގެ ސްޕެޝަލިސްޓް ފަރުވާ މިއަދު ތައާރަފުކޮށްފި

އެ ތިން ޚިދުމަތް އިފުތިތާޙުކުރީ އެ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.