ޕާސްޕޯޓުގެ މުއްދަތު އިތުރުކުރުމަށް އިމުގާ މެދުވެރިކޮށް ހުށަހެޅުމަށް އިމިގްރޭޝަނުން އަންގައިފި
2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ސަޕްލައިކުރަމުން އަންނަ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓް ހައުސްގައި ބޭނުންކުރާ މެޝިންތަކަށް މައްސަލައެއް ދިމާވެ ބުކްލެޓް ފޮނުވުން ލަސްވުމުގެ ސަބަބުން ސްޓޮކް ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެ ހާލަތުގައި ސްޓޮކް ބެލެހެއްޓުމަށްޓަކައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ.
ޕާސްޕޯޓު ބުކްލެޓް ލިބުމުގައި ދިމާވެފައިވާ ދަތިކަމާ ގުޅިގެން މުއްދަތު ހަމަވާ ޕާސްޕޯޓުތައް އައުކުރުމުގެ ބަދަލުގައި މުއްދަތު އިތުރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި އެ ޚިދުމަތް ލިބޭނީ އިމުގާ ޕޯޓަލް މެދުވެރިކޮށް އާ ޕާސްޕޯޓަކަށް އެދި ހުށަހެޅުމުން ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ސަޕްލައިކުރަމުން އަންނަ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓް ހައުސްގައި ބޭނުންކުރާ މެޝިންތަކަށް މައްސަލައެއް ދިމާވެ ބުކްލެޓް ފޮނުވުން ލަސްވުމުގެ ސަބަބުން ސްޓޮކް ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެ ހާލަތުގައި ސްޓޮކް ބެލެހެއްޓުމަށްޓަކައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ.
އެ ބަދަލުތަކުގެ ދަށުން ރާއްޖޭގައި ހުއްޓައި ޕާސްޕޯޓުގެ މުއްދަތު ހަމަވާ ފަރާތްތަކަށް އާ ޕާސްޕޯޓެއް ހެދުމުގެ ބަދަލުގައި މިހާރު ގެންގުޅޭ ޕާސްޕޯޓުގެ މުއްދަތު އަންނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދެއެވެ. އިމުގާ މެދުވެރިކޮށް ހުށަހެޅުމުން އިމިގްރޭޝަނުން ގުޅައި އެ އޮފީހަށް ދިއުމުން ސެކިއުރިޓީ ފީޗާތައް ހިމެނޭ ސްޓޭމްޕެއް ޕާސްޕޯޓުގައި ޖަހައިދޭނެ ކަމަށް އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
"ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބޭނެ ކަމަށް ބުނެފައި އޮތީމަ މިހާރު ހުރި ސްޓޮކް އަޅުގަނޑުމެން މެނޭޖްކުރަންވެގެން އެގޮތަށް މި ހަދަނީ. ރިނުއަލްއަށް ލާފައި އަދިވެސް ހުރިވަރަކުން ސްޓޮކް މެނޭޖްކުރަމުން ޕާސްޕޯޓް ދޫކުރަމުން ދާނީ" އޮފިޝަލް ވިދާޅުވިއެވެ.
އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން އިންޑިއާ އަދި ސްރީ ލަންކާ ފަދަ ޤައުމުތަކަށް ކުރު ދަތުރުތައް ކުރާ މީހުންނަށް ދޫކުރާނީ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ޖަމިއްޔާ (އައިކާއޯ)ގެ މިންގަނޑުތަކާ އެއްގޮތް މެޝިން ރީޑަބަލް އަށް ޞަފްޙާގެ އިމަޖެންސީ ޕާސްޕޯޓެކެވެ. މި ޕާސްޕޯޓު ދޫކުރާނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.
"މިހާރު ހަމަ ކުރިން ވެސް އެޕްލައިކުރާ ގޮތަށް އެޕްލައި ކުރާނީ. އެމީހާ ދާ ތަނާއި އެއްޗެއް ބަލާފައި ދެވެން އޮތް ޕާސްޕޯޓެއް ދޫކުރާނެ" އޮފިޝަލް ވިދާޅުވިއެވެ.
މި ދެ ޚިދުމަތަށް ވެސް އެއްވެސް ފީއެއް ނެގުމެއް ނެތް ކަމަށާއި ގެނައި ބަދަލުތަކުގެ ސަބަބުން އެއްވެސް ދިވެއްސަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް