Newscast
ހަބަރު

އަމާންއުދަރެސް ޓަވަރުގެ ތިންވަނަ ބުރިން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިއްޖެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 31 Aug 2026
އަމާންއުދަރެސް ޓަވަރުގެ ތިންވަނަ ބުރިން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިއްޖެ
ކުއްޖާ ވެއްޓުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ- ފޮޓޯ/ ވޮއިސް

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:35 ހާއިރުއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އަމާންއުދަރެސްގެ ދެވަނަ ޓަވަރުގެ ތިންވަނަ ބުރިން 16 އަހަރުގެ އަންހެން ކުއްޖަކު މިއަދު ހެނދުނު ވެއްޓި ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:35 ހާއިރުއެވެ.

އެ ކުއްޖާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށް ފުލުހުން ބުނި ނަމަވެސް ކުއްޖާގެ ހާލަތާ ގުޅޭ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މަހުގެ ކުރީކޮޅުގައި ވެސް ހުޅުމާލޭ އިމާރާތެއްގެ ހަވަނަ ބުރީގެ ބެލްކަނިން ހަތަރު އަހަރުގެ ކުއްޖަކު ވެއްޓުނެވެ.

ނަމަވެސް އެ ކުއްޖާ ވެއްޓުނީ ދެވަނަ ބުރީގެ ބެލްކަނީގެ ފުރާޅު މައްޗަށް ކަމުން ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އިހަވަންދޫ ދޯނިތަކުން މަހަށް ދާ ދިވެހިން މަދުވެ ބިދޭސީން އިތުރުވެއްޖެ
ހަބަރު 31 Aug 2026

އިހަވަންދޫ ދޯނިތަކުން މަހަށް ދާ ދިވެހިން މަދުވެ ބިދޭސީން އިތުރުވެއްޖެ

އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް މޫސާ ޢަލީ ވިދާޅުވި ގޮތުގައި ކޮންމެ ދޯންޏެއްގައި ވެސް ދިވެއްސެއްގެ ގޮތުގައި ގިނަ ވެގެން ތިބެނީ ދެ މީހެކެވެ. ބައެއް ދޯނީގައި ކެޔޮޅު ފިޔަވައި ދެން ތިބީ ހައްތާ ވެސް ބޭރު މީހުންނެވެ.

ރިސޯޓުތަކުގެ އާމްދަނީ އޮޅުވައިލައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް ދެއްވައިފި
ހަބަރު 31 Aug 2026

ރިސޯޓުތަކުގެ އާމްދަނީ އޮޅުވައިލައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް ދެއްވައިފި

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ލޯނު ދައްކައި މުވައްޒަފުންނަށް މުސާރަ ދީ ދުވަހުގެ ހިންގުމުގެ ޚަރަދުތައް ކެނޑުމަށް ފަހު ވެސް 40 އިންސައްތަ މާރުކުރެވޭނެ ތަނަވަސްކަން ކޮންމެ ރިސޯޓެއްގައި ވެސް ހުންނާނެ ކަމަށެވެ.

ތިން އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރުކޮށްފި
ހަބަރު 31 Aug 2026

ތިން އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރުކޮށްފި

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޤަވާއިދާ ހިލާފަށް މަގު ހުރަސްކުރާނަމަ މިއަދުން ފެށިގެން 100 ރުފިޔާގެ ޖޫރިމަނާއެއް!
ހަބަރު 31 Aug 2026

ޤަވާއިދާ ހިލާފަށް މަގު ހުރަސްކުރާނަމަ މިއަދުން ފެށިގެން 100 ރުފިޔާގެ ޖޫރިމަނާއެއް!

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ހުށަހެޅުއްވި މި ބިލު ކޮމިޓީ މަރުޙަލާގައި ބޮޑެތި އިޞްލާޙުތައް ގެނެސް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެއެވެ. މި ޤާނޫނާ އެކު 2009 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އުވޭނެއެވެ.

ޖުލައި މަހު މުދަލު ޒަކާތުން ލިބުނު ފައިސާ 17 މިލިއަނަށް އަރައިފި
ހަބަރު 31 Aug 2026

ޖުލައި މަހު މުދަލު ޒަކާތުން ލިބުނު ފައިސާ 17 މިލިއަނަށް އަރައިފި

ޒަކާތު ހައުސް ގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުން ލިބިފައި ވަނީ 12.04 މިލިއަން ރުފިޔާއެވެ. އެހެންކަމުން އަހަރުން އަހަރަށް ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ ޢަދަދެއް އިތުރުވެފައިވެއެވެ.

ޕާސްޕޯޓުގެ މުއްދަތު އިތުރުކުރުމަށް އިމުގާ މެދުވެރިކޮށް ހުށަހެޅުމަށް އިމިގްރޭޝަނުން އަންގައިފި
ހަބަރު 31 Aug 2026

ޕާސްޕޯޓުގެ މުއްދަތު އިތުރުކުރުމަށް އިމުގާ މެދުވެރިކޮށް ހުށަހެޅުމަށް އިމިގްރޭޝަނުން އަންގައިފި

2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ސަޕްލައިކުރަމުން އަންނަ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓް ހައުސްގައި ބޭނުންކުރާ މެޝިންތަކަށް މައްސަލައެއް ދިމާވެ ބުކްލެޓް ފޮނުވުން ލަސްވުމުގެ ސަބަބުން ސްޓޮކް ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެ ހާލަތުގައި ސްޓޮކް ބެލެހެއްޓުމަށްޓަކައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ.