ކުޅިވަރު

ފީފާ ވޯލްޑް ކަޕް 2026؛ ފްރާންސް ބަލިކޮށް އިންގްލެންޑުން ބްރޮންޒް މެޑަލް ހޯދައިފި

ފްރާންސް ބަލިކޮށް އިންގްލެންޑުން ބްރޮންޒް މެޑަލް ހޯދައިފި

Ahmed Aahil Saeed

19 July 2026

0
ފީފާ ވޯލްޑް ކަޕް 2026؛ ފްރާންސް ބަލިކޮށް އިންގްލެންޑުން ބްރޮންޒް މެޑަލް ހޯދައިފި

ރޭ އިންގްލެންޑާއި ފްރާންސްއިން ބައްދަލުކުރި މެޗުގެ ތެރެއިން؛ ފޮޓޯ / ބީއެންކޭ ނިއުސް

އެމެރިކާގެ މިއާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މޮޅުވުމާއެކު އިންގްލެންޑަށް ވަނީ މުބާރާތުގެ ބްރޮންޒް މެޑަލް ލިބިފައެވެ. މިއީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން އެ ގައުމުން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 ގެ ތިންވަނަ ހޮވި މެޗުގައި ރޭ ފްރާންސްއާ ބައްދަލުކޮށް 6-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް އިންގްލެންޑުން މުބާރާތުގެ ތިންވަނަ މަގާމު ހާސިލްކޮށްފިއެވެ.

އެމެރިކާގެ މިއާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މޮޅުވުމާއެކު އިންގްލެންޑަށް ވަނީ މުބާރާތުގެ ބްރޮންޒް މެޑަލް ލިބިފައެވެ. މިއީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން އެ ގައުމުން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން މެޗުގެ 3 ވަނަ މިނެޓުގައި ޑެކްލަން ރައިސް ވަނީ ލަނޑެއް ޖަހައި އިންގްލެންޑަށް ކުރިހޯދައިދީފައެވެ. އޭގެ ފަހުން 18 ވަނަ މިނެޓުގައި އެޒްރީ ކޮންސާ ލަނޑެއް ޖެހިއިރު، ބުކާޔޯ ސާކާ ވަނީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓާއި އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ދެ ލަނޑު ޖަހައިދީފައެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 4-0 އިން އިންގްލެންޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ފްރާންސް ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ލަނޑުތަކެއް ޖަހާފައެވެ. އެގޮތުން 48 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ފްރާންސްގެ ފުރަތަމަ ލަނޑު ޖަހައިދިންއިރު، 54 ވަނަ މިނެޓުގައި ބްރެޑްލީ ބާކޯލާ ވަނީ ދެވަނަ ލަނޑު ޖަހާފައެވެ. އަދި 66 ވަނަ މިނެޓުގައި އެމްބާޕޭ އޭނާގެ ދެވަނަ ލަނޑާއެކު ނަތީޖާ 4-3 އަށް ބަދަލުކޮށްލިއެވެ.

މެޗުގެ ފަހުކޮޅުގައި ދެ ޓީމުގެ ފަރާތުންވެސް އިތުރު ލަނޑުތަކެއް ފެނިގެންދިޔައެވެ. އެގޮތުން، 87 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބުކާޔޯ ސާކާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް އިންގްލެންޑަށް 5-3 ގެ ލީޑެއް ހޯދައިދިނެވެ. ނަމަވެސް، ދެވަނަ ހާފުގެ އިތުރު ވަގުތުގެ 6 ވަނަ މިނެޓުގައި އޮސްމާން ޑެމްބެލޭ ފްރާންސްގެ 4 ވަނަ ލަނޑު ޖެހިއެވެ. އިންގްލެންޑުން މެޗުގެ މޮޅުވުން ކަށަވަރުކުރީ އިތުރު ވަގުތުގެ 8 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ޖެހި ލަނޑުންނެވެ.

މި މެޗުގައި ދެ ލަނޑު ޖެހި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ވަނީ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހޯދާފައެވެ. އޭނާ ވަނީ ޖުމްލަ 22 ލަނޑު ވޯލްޑް ކަޕްތަކުގައި ޖަހައި، ލިއޮނަލް މެސީގެ ރެކޯޑު މުގުރާލާފައެވެ. އަދި މި ފަހަރުގެ މުބާރާތުގައި 10 ލަނޑާއެކު އޭނާ މިހާރު އޮތީ ރަން ބޫޓުގެ ރޭހުގެ ކުރީގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް