ޓޯކުރާ އުޅަނދުގެ ވެރިފަރާތް ހަވާލުނުވެ މަހެއް ވެއްޖެނަމަ ނީލަމުގައި ވިއްކައިލެވޭ ގޮތް ހަދައިފި
މި ޤާނޫނު މަޖިލީހުން ފާސްކުރީ މިދިޔަ ހަފުތާގައެވެ. ޤާނޫނުގައި ބުނެފައިވާ ގޮތުން ވެރިފަރާތް ހަވާލުނުވެ 30 ދުވަސް ހަމަވުމުން 14 ދުވަހުގެ ތެރޭގައި އެ އުޅަނދާ މެދު ގޮތެއް ނިންމުން މިނިސްޓްރީގެ މައްޗަށް ލާޒިމުވެއެވެ. ނީލަން ކުރިއަށް ގެންދާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ބީލަމުގެ އުސޫލުން އާންމުކޮށް ހުޅުވައިލައިގެންނެވެ.
އަހުމަދު އާހިލް ސައީދު
ޓްރެފިކް ފުލުހުން ހިފަހައްޓާ އުޅަނދުތަކާ ވެރިފަރާތުން އެއް މަސް ދުވަހުގެ ތެރޭގައި ހަވާލުނުވެއްޖެނަމަ އެ އުޅަނދު ނީލަމުގައި ވިއްކައިލުމުގެ ބާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ފާސްކޮށްފިއެވެ.
މި ޤާނޫނު މަޖިލީހުން ފާސްކުރީ މިދިޔަ ހަފުތާގައެވެ. ޤާނޫނުގައި ބުނެފައިވާ ގޮތުން ވެރިފަރާތް ހަވާލުނުވެ 30 ދުވަސް ހަމަވުމުން 14 ދުވަހުގެ ތެރޭގައި އެ އުޅަނދާ މެދު ގޮތެއް ނިންމުން މިނިސްޓްރީގެ މައްޗަށް ލާޒިމުވެއެވެ. ނީލަން ކުރިއަށް ގެންދާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ބީލަމުގެ އުސޫލުން އާންމުކޮށް ހުޅުވައިލައިގެންނެވެ.
ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި ނީލަމުގައި އެ އުޅަނދާ މެދު ޢަމަލުކުރާނެ ގޮތް ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަން ޖެހޭ ކަމަށް ވެސް ޤާނޫނުގައި ކަނޑައަޅައިފައިވެއެވެ. ނީލަން ކިޔައިގެން ވެސް ވިއްކައިނުލެވޭ ހާލަތުގައި ތިމާވެއްޓަށް ކުރާ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް އެ އުޅަނދު ނައްތައިލުން މިނިސްޓްރީގެ ޒިންމާއެއްގެ ގޮތުގައި ޤާނޫނުގައި ހިމަނައިފައިވެއެވެ. ނައްތައިލުމުގެ ބާރު ކުރިން ވެސް ޤާނޫނުގައި އޮތެވެ.
އުޅަނދެއް ނައްތައިލުމުގެ ހަތް ދުވަސް ކުރިން އެ އުޅަނދުގެ މަޢުލޫމާތު ސަރުކާރުގެ ގެޒެޓާއި މިނިސްޓްރީގެ ވެބްސައިޓް ހިމެނޭ ގޮތުން ތަފާތު ޕްލެޓްފޯމުތަކުގައި ޢާންމުކުރުމަށް ޤާނޫނުން ލާޒިމުކޮށްފައިވެއެވެ. ހަމައެހެންމެ ވެރިފަރާތް ހަވާލުނުވެ މަސް ދުވަސް ފާއިތުވުމާ އެކު ފުލުހުން ވެސް އެ އުޅަނދުގެ މަޢުލޫމާތު ޢާންމުކުރަން ޖެހޭ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ޤާނޫނާ ޚިލާފަށް ޕާކުކުރުމާއި އެ ނޫން ވެސް ގޮތްގޮތުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފުވާ އުޅަނދުތައް ޓޯކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް