Newscast
ހަބަރު

ޤާނޫނާ ޚިލާފުވާން ގޮވައިލުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށް ފަލާހް ވިދާޅުވެއްޖެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 29 Aug 2026
ޤާނޫނާ ޚިލާފުވާން ގޮވައިލުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށް ފަލާހް ވިދާޅުވެއްޖެ
ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު، އިބްރާހިމް ފަލާހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ...

ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރުން ލާޒިމުކުރާ ބިލާ ދެކޮޅަށް ހުރިހާ ރިސޯޓަކުން ތެދުވާން ޖެހޭ ކަމަށް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ޕީއެންއެފުން ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައެވެ. މި ބަދަލުގެ ސަބަބުން އެންމެ ބޮޑު ދައްޗެއް ކުރިމަތިވާނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި ހަމައެކަނި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ )މަޓީ( އިން ދެކޮޅު ހެދުމުން ނުފުދޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނާ ރިސޯޓުތަކުން ދެކޮޅު ހެދުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގޮވައިލެއްވުމާ ގުޅިގެން އެއީ ކުށަކަށް ދައުވަތު ދިނުން ކަމަށް ސިފަކުރައްވައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް މިއަދު ރައްދު ދެއްވައިފިއެވެ.

ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރުން ލާޒިމުކުރާ ބިލާ ދެކޮޅަށް ހުރިހާ ރިސޯޓަކުން ތެދުވާން ޖެހޭ ކަމަށް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ޕީއެންއެފުން ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައެވެ. މި ބަދަލުގެ ސަބަބުން އެންމެ ބޮޑު ދައްޗެއް ކުރިމަތިވާނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި ހަމައެކަނި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ދެކޮޅު ހެދުމުން ނުފުދޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

އެ ވާހަކަފުޅަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވިދާޅުވީ ރާއްޖޭގެ ޤާނޫނަކާ ޚިލާފުވުމަށް ރިސޯޓުތަކަށް ގޮވައިލެއްވުމުން ފެނިގެން ދަނީ ޔާމީންގެ "ދަހިވެތިކަމާއި ހަސަދަވެރިކަން" ކަމަށެވެ.

"...އަދި ފަހަކަށް އައިސް އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީން ކުރަމުންދާ މަސައްކަތުން ހާމަވަނީ ޔާމީން ދައްކާ ވާހަކަ އާއި އަމަލާ ދިމާނުވާ މިންވަރު. މިއަދު ވެސް ޔާމީން ފަދަ ހާއިނަކަށް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަ ހުރި އެކަމާ ގައުމު ވެސް ލަދުވެތިވާ ކަމެއް" ފަލާހް ވިދާޅުވިއެވެ.

"ޔާމީން ދައުލަތުން ވަގަށް ނަގާފައިވާ އެތައް މިލިއަން ޑޮލަރެއް ދައުލަތަށް ހޯދިއްޖެ ނަމަ މިހާރުން މިހާރަށް ޑޮލަރުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ."

މި ބިލަކީ ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި ބިލަކަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު އިސްލާހެއް ހުށަހަޅުއްވައިގެން ފާސްކުރި ބިލެކެވެ. އެ ބިލުގައިވާ ގޮތުން އޭ ކެޓަގަރީގެ ވިޔަފާރިތަކުން ބޭރު ފައިސާގެ 40 އިންސައްތަ ބޭންކަކަށް މާރުކުރުން ފެށެނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވެފައި ވަނީ އިމްޕޯޓަށް ބޭނުންވާ ޑޮލަރު ނުލިބޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދެން އޮތީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދައުރީ ގޮތެއްގައި ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކޮށްގެން ކަމަށެވެ. ފާއިތުވި މަހުގެ ނިޔަލަށް އެ ފަރާތްތަކުން އެމްއެމްއޭއަށް މާރުކުރި ޑޮލަރުގެ ތެރެއިން 56 އިންސައްތަ ޚަރަދުވީ ދައުލަތުގެ ދަރަނި އަދާކުރުމަށް ކަމަށް ވެސް މުނައްވަރު ވިދާޅުވެފައިވެއެވެ.

މަޓީން ބުނެފައި ވަނީ ތެލާއި މުސާރައާއި ސާވިސް ޗާޖާއި ޓެކްސްތަކާއި ކުއްޔާއި ބޭރު ފައިސާ އިން ދައްކަން ޖެހޭ ލޯނުތައް ފަދަ ގިނަ ޚަރަދުތައް ޑޮލަރުން ކުރާން ޖެހޭތީ އާމްދަނީގެ 40 އިންސައްތަ މާރުކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ތަޙައްމަލުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. ބައެއް ރިސޯޓު އޮޕަރޭޓަރުން ކަޅު ބާޒާރުގައި ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ކަމަށް ތަޙުޤީޤަކަށް ފަހު ތުހުމަތުކޮށްފައި ވިޔަސް އެ ފަދަ ކަމެއް ހިނގާ ކަމުގެ މަޢުލޫމާތު ލިބިފައި ނުވާ ކަމަށާއި ހުރިހާ ރިސޯޓު އޮޕަރޭޓަރުން ވެސް ޤާނޫނުތަކާ ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އަބަދުވެސް އިލްތިމާސްކުރާ ކަމަށް މަޓީން ބުނެފައިވެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައި ކޮންޓްރޯލުކުރުމުގެ އެއްބަސްވުމެއް ޓްރަމްޕް އިޢުލާނުކޮށްފި
ދުނިޔެ 29 Aug 2026

ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައި ކޮންޓްރޯލުކުރުމުގެ އެއްބަސްވުމެއް ޓްރަމްޕް އިޢުލާނުކޮށްފި

މި އެއްބަސްވުމުގެ ތެރެއިން އެމެރިކާގެ ޕްރައިވެޓް ކުންފުނިތަކަށް ވެނެޒުއެލާގެ ތެޔޮ އެކްސްޕޯޓުކުރުމުގެ ދާއިރާގައި ވިޔަފާރީގެ ދޮރު ހުޅުވިގެންދާނެއެވެ. ދާރިސުން ފާހަގަކުރާ ގޮތުގައި މީގެ ދެ މައިގަނޑު މަޤުޞަދެއް އޮތެވެ. އެއީ އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު ދަށްކުރުމާއި ވެނެޒުއެލާގެ ވީރާނާވެފައި އޮތް ތެލުގެ ޞިނާޢަތް އަލުން ބިނާކުރުމެވެ.

ނޭޕާލް ފެންބޮޑުވުމުން އަރައިގަތުމަށް ފަސް ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފި
ދުނިޔެ 29 Aug 2026

ނޭޕާލް ފެންބޮޑުވުމުން އަރައިގަތުމަށް ފަސް ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފި

ނޭޕާލުގެ މާލީ ވަޒީރު ސުވަރްނީމް ވާގްލީ ވިދާޅުވި ގޮތުގައި އެ ޢަދަދަކީ ނޭޕާލުގެ ޖުމްލަ އިޤުތިޞާދުގެ ގާތްގަނޑަކަށް ދިހަ ބައިކުޅަ އެއް ބަޔާ އެއްވަރުގެ މިންވަރެކެވެ. ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި 2015 ވަނަ އަހަރުގެ ބިންހެލުމަށް ވުރެ މި ފަހަރުގެ ކާރިސާގެ ޚަރަދު ކުޑަވާނެ ކަމަށް އެ ވަޒީރު އަންދާޒާ ކުރައްވައެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި 70 މެގަވޮޓުގެ އައު އިންޖީނުގެއެއް ބިނާކުރުމަށް ތައްޔާރުވެއްޖެ
ހަބަރު 29 Aug 2026

ސްޓެލްކޯއިން ހުޅުމާލޭގައި 70 މެގަވޮޓުގެ އައު އިންޖީނުގެއެއް ބިނާކުރުމަށް ތައްޔާރުވެއްޖެ

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކާ ގުޅިގެން ހުޅުމާލެއާއި މާލެ ސަރަޙައްދުގެ އާބާދީ ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ކަރަންޓުގެ ނިޒާމަށް މިހާރުން މިހާރަށް ވެސް މުހިންމު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. މި މަޝްރޫޢު ނިމުމުން ހުޅުމާލޭގެ ޖުމުލަ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އެރުމުގެ އިތުރުން ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ހިނގަމުންދާ ކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ތިން ދާއިރާއެއްގެ ސްޕެޝަލިސްޓް ފަރުވާ މިއަދު ތައާރަފުކޮށްފި
ހަބަރު 29 Aug 2026

ހުޅުމާލެ ހޮސްޕިޓަލުން ތިން ދާއިރާއެއްގެ ސްޕެޝަލިސްޓް ފަރުވާ މިއަދު ތައާރަފުކޮށްފި

އެ ތިން ޚިދުމަތް އިފުތިތާޙުކުރީ އެ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި
ހަބަރު 29 Aug 2026

މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި

މިފްކޯއިން ބުނީ މި ބަދަލު ގެނައީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ބެލުމަށްފަހު މަސްވެރިންނަށް އެކަށީގެންވާ އަގެއް ހޯދައިދީ ދެމެހެއްޓެނިވި މަސްވެރިކަމެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކަމަށެވެ.

ނަޝީދާ އެކު "ބޮޑު ބަދަލު" ގެ މަސައްކަތުގައި ދެމިހުންނާނެ ކަމަށް ފައްޔާޒު ބުނެފި
ހަބަރު 29 Aug 2026

ނަޝީދާ އެކު "ބޮޑު ބަދަލު" ގެ މަސައްކަތުގައި ދެމިހުންނާނެ ކަމަށް ފައްޔާޒު ބުނެފި

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ބޮޑު ބަދަލު"ގެ ނަމުގައި އޮތް ވަޓްސްއެޕް ގްރޫޕަކުން ތިން ހަފުތާ ކުރިން ނުކުމެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެއީ ރަސްމީ ގްރޫޕެއް ނޫން ކަމަށެވެ. "މިހާރު" ނޫހަށް މަޢުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި ފައްޔާޒް ގްރޫޕުން ނުކުމެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ރޭހުގައި ނަޝީދު ވާދަކުރައްވަން ޖެހޭ ކަމަށް ބައެއް މެންބަރުން ތަކުރާރުކޮށް ލިޔަމުން ދިޔަ ދުވަހެއްގައެވެ. ގްރޫޕުން ވަކިވެވަޑައިގެންނެވުމުގެ ކުރިން ފައްޔާޒް ލިޔުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ގްރޫޕް އުފެއްދި ބޭނުން ކެނޑިއްޖެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.