ތިން އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރުކޮށްފި
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މެދުރާއްޖެތެރޭގެ ދެކުނުގެ ރަށަކުން ތިން އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ ޢަމަލު ރެކޯޑުކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ހުށަހެޅިފައިވަނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށަކުންނެވެ. އެ ރީޖަންގެ ތެރޭގައި ހިމެނެނީ މ. ފ. ދ. ތ. އަދި ލ. އަތޮޅެވެ.
ކުޑަކުއްޖަކާ ގުޅޭ މައްސަލައެއް ކަމުން ތުހުމަތުކުރެވޭ މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. ހައްޔަރުކުރި ދުވަހު ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ކުރިއަށް ގެންދާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް