ދައުލަތުގެ ޚަރަދުގެ ބޮޑު ބައެއް ރިކަރަންޓް ހޭދައަށް ހިނގައި ތަރައްޤީއަށް ކުޑަ މިންވަރެއް
އެ ވުޒާރާގެ ހިސާބުތައް ބުނާ ގޮތުން ރިކަރަންޓް ބައިން ޖުމްލަ 26 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. އެ ޢަދަދުގެ ތެރެއިން 10 ބިލިއަން ރުފިޔާ ޚާއްޞަ ވެފައިވަނީ މުވައްޒަފުންނަށް ދޭ މުސާރައާއި އެކި އިނާޔަތްތަކަށެވެ. ބާކީ 16 ބިލިއަން ރުފިޔާ ހޭދަވީ އިދާރީ ހިންގުމުގެ ޚަރަދުތަކަށެވެ.
އަހުމަދު އާހިލް ސައީދު
މިއަހަރުގެ ބަޖެޓުން މިހާތަނަށް ހޭދަކުރި ފައިސާގެ 86 އިންސައްތައަކީ މުވައްޒަފުންގެ މުސާރައާއި އޮފީސްތައް ހިންގުމުގެ ޚަރަދު ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާގެ ހިސާބުތައް ބުނާ ގޮތުން ރިކަރަންޓް ބައިން ޖުމްލަ 26 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. އެ ޢަދަދުގެ ތެރެއިން 10 ބިލިއަން ރުފިޔާ ޚާއްޞަ ވެފައިވަނީ މުވައްޒަފުންނަށް ދޭ މުސާރައާއި އެކި އިނާޔަތްތަކަށެވެ. ބާކީ 16 ބިލިއަން ރުފިޔާ ހޭދަވީ އިދާރީ ހިންގުމުގެ ޚަރަދުތަކަށެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކަރަންޓް ހޭދައިގެ ގޮތުގައި ހިނގީ 22 ބިލިއަން ރުފިޔާ ކަމުން މިއަހަރު އެ ޢަދަދު ވަނީ 18 އިންސައްތަ އިތުރުވެފައެވެ. މުސާރައިގެ ބަޔަށް އެކަނި ބެލި ނަމަވެސް މިދިޔަ އަހަރުގެ ނުވަ ބިލިއަނާ އަޅައި ބަލާއިރު މިއަހަރު ބިލިއަނެއް އިތުރަށް ހޭދަވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ 64 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުން މިހާތަނަށް ޖުމްލަ 41 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އޭގެ ތެރޭގައި ދަރަނި ދެއްކުމަށް ހިނގި 13 ބިލިއަން ރުފިޔާ ހިމެނެއެވެ. ދަރަނީގެ ބައި ނުލައި ބެލި ނަމަވެސް 30 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެހެންކަމުން ޖުމްލަ ބަޖެޓުގެ 64 އިންސައްތަ މިހާރު ވަނީ ބޭނުންކޮށްފައެވެ.
ތަރައްޤީގެ މަޝްރޫޢުތަކާއި އެ ނޫން ވެސް ކެޕިޓަލް ޚަރަދުތަކަށް ޖެހުނީ 3.8 ބިލިއަން ރުފިޔާއެވެ. އާމްދަނީގެ ގޮތުގައި ދައުލަތަށް ވަދެފައިވަނީ 28 ބިލިއަން ރުފިޔާ ކަމަށް ވާއިރު ބާކީ ހަތަރު މަހަށް ބަޖެޓުގައި ޚަރަދު ކުރެވެން އޮތީ 23 ބިލިއަން ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް