Newscast
ހަބަރު

ގަދަކަމުން ކާރެއް އަތުލައި ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހަކު ހައްޔަރުކޮށްފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 30 Aug 2026
ގަދަކަމުން ކާރެއް އަތުލައި ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހަކު ހައްޔަރުކޮށްފި
ޏ.ފުވައްމުލައް، އަޙްމަދު ޢައުނުﷲ (35އ)؛ ފޮޓޯ / ދިވެހި ފުލުހުންގެ ހިދުމަތް

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލައް މިސްކިތްމަގު އަންދާޒު އަޙްމަދު ޢައުނުﷲ )35އ( ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ފުވައްމުލަކުގައި އިއްޔެ ކާރެއް ސައިކަލެއްގައި ޖައްސައި އެ މަގުން ދަތުރުކުރި އިތުރު ކާރަކާއި ރުކެއްގައި ޖެއްސި މައްސަލައިގައި މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލައް މިސްކިތްމަގު އަންދާޒު އަޙްމަދު ޢައުނުﷲ (35އ) ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

އިއްޔެ ރޭގަނޑު 18:22 ހާއިރު ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖެއްސުމަށް ފަހު މަޑުނުކޮށް ދުއްވާފައި ގޮސް ހަމަ އެ މަގުން ދިޔަ އެހެން ކާރެއްގައްޔާއި ރުކެއްގައި ޖެއްސި ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހާ ވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް ކާރު ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދީ ގަދަކަމުން އެ ކާރު އަތުލައިގެން ދުއްވާފައެވެ. އަދި ކާރު ދުއްވިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ސައިކަލު ދުއްވި އަންހެން މީހާ އާއި ފަހަތުގައި އިން އަށް އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާ ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށާއި ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި ދެ ކާރާއި ސައިކަލަށް ވެސް ތަފާތު ގެއްލުންތައް ލިބިފައިވެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެންސްޕާގެ އެހީތައް ލިބޭ ފަރާތްތައް އަލުން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ފަށައިފި
ހަބަރު 30 Aug 2026

އެންސްޕާގެ އެހީތައް ލިބޭ ފަރާތްތައް އަލުން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ފަށައިފި

އެ އެޖެންސީން ނެރުނު އިއުލާނުގައިވާ ގޮތުން ޤަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އިޖުތިމާއީ ރައްކާތެރިކަމުގެ އެހީ ދޫކުރެވޭނީ ދެ އަހަރުގެ މުއްދަތަކަށެވެ. އެހެންކަމުން 2024 ވަނަ އަހަރުގެ ނޮވެމްބަރު ނިޔަލަށް އެހީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު 30 ގެ ކުރިން ވަން.ގަވް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެންސްޕާއިން ވަނީ އެދިފައެވެ.

ގޭސް ލީކުވެ މަރުވި ޒާހިދާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ނުހަދައި އާއިލާއާ ހަވާލުކޮށްފި
ހަބަރު 30 Aug 2026

ގޭސް ލީކުވެ މަރުވި ޒާހިދާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ނުހަދައި އާއިލާއާ ހަވާލުކޮށްފި

މި ހާދިސާގައި މަރުވީ ގއ. ވިލިނގިއްޔަށް އުފަން އުމުރުން 51 އަހަރުގެ ޒާހިދާ ތައުފީގެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ހާއިރު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކުރެވުނެވެ.

ފޭކް ފޭސްބުކް އެކައުންޓަކުން އޮޅުވާލައިގެން ފައިސާ ހޯދި މީހަކަށް ޖަލު ހުކުމެއް އިއްވައިފި
ހަބަރު 30 Aug 2026

ފޭކް ފޭސްބުކް އެކައުންޓަކުން އޮޅުވާލައިގެން ފައިސާ ހޯދި މީހަކަށް ޖަލު ހުކުމެއް އިއްވައިފި

މި ހުކުމް އިއްވީ ކ. ކާށިދޫ ސިލިކޯން އިސްމާއިލް ޒަބީހުގެ މައްޗަށެވެ. ޝާނާ ހުސެއިންގެ ނަމުގައި ހިންގި ވަގު ފޭސްބުކް އެކައުންޓެއް ބޭނުންކޮށްގެން 2022 ވަނަ އަހަރުގެ ޖެނުއަރީ ދެވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ އޮގަސްޓް 20 ވަނަ ދުވަހާ ހަމައަށް ގިނަ ބައެއް އަތުން އޭނާ ފައިސާ ނެގިކަން ދައުވާގައި ބަޔާންކޮށްފައިވެއެވެ. ޖަލު ހުކުމުގެ އިތުރުން 100000 ރުފިޔާއިން އޭނާ ޖޫރިމަނާ ކޮށްފައިވެއެވެ.

އީރާނުގެ އިންޤިލާބީ ލަޝްކަރުން ނިރުބަވެރި ގުރޫޕެއް ނައްތައިލައި ހަ މީހަކު ހައްޔަރުކޮށްފި
ދުނިޔެ 30 Aug 2026

އީރާނުގެ އިންޤިލާބީ ލަޝްކަރުން ނިރުބަވެރި ގުރޫޕެއް ނައްތައިލައި ހަ މީހަކު ހައްޔަރުކޮށްފި

އައިއާރްޖީސީގެ ޤުދްސް ލަޝްކަރުގެ މައި މަރުކަޒުން ނެރުނު ބަޔާނުގައި ބުނާ ގޮތުން ޕާކިސްތާނާއި އީރާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީ ސަރާވާން ސަރަޙައްދުގައި ހިންގި މި އޮޕަރޭޝަންގައި އެ ގުރޫޕުގެ އެކަކު މަރުވެފައިވެއެވެ. ޕުރޮވިންސުގެ ޖާސޫސީ އިދާރާއާއި އައިއާރްޖީސީގެ ޖާސޫސީ ގޮފީގެ އިތުރުން ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކުރެވުނު ހަ މީހުންގެ ތެރޭގައި ގުރޫޕުގެ މެންބަރުންނާއި އެ މީހުންނަށް ވާގިވެރިވި ފަރާތްތައް ހިމެނޭ ކަމަށް އައިއާރްޖީސީން ބުނެއެވެ.

އިންޑިއާ ސަފީރު ތިލަމާލެ ބުރިޖުގެ މަސައްކަތް ބައްލަވައިލައްވައިފި
ހަބަރު 30 Aug 2026

އިންޑިއާ ސަފީރު ތިލަމާލެ ބުރިޖުގެ މަސައްކަތް ބައްލަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެއިން ވިލިމާލެއަށް ބުރިޖު މަތިން ހިންގަވާފައި ވަޑައިގެންނެވި ތާރީޚީ ހިނގާލުމުގައި ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސަފީރު ސިފަކުރެއްވި ގޮތުގައި ރައީސްގެ އަރިހުގައި ބުރިޖު މަތިން ހިންގެވުމަކީ ލިބިވަޑައިގެންނެވި އުފާފުޅެކެވެ. އެ މަޝްރޫޢަކީ އިންޑިއާ ބޯޑަރުން ބޭރުގައި އެ ޤައުމުން ހިންގާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަސައްކަތް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ޤައުމީ އިންޖިނޭރުންގެ ދުވަހާ ގުޅުވައި އެސްޓީއޯއިން ދެ ސްކޮލަޝިޕެއް ތަޢާރަފްކޮށްފި
ހަބަރު 30 Aug 2026

ޤައުމީ އިންޖިނޭރުންގެ ދުވަހާ ގުޅުވައި އެސްޓީއޯއިން ދެ ސްކޮލަޝިޕެއް ތަޢާރަފްކޮށްފި

މި ސްކޮލަޝިޕްތައް އިފްތިތާޙުކޮށްދެއްވީ އެ ދުވަހާ ގުޅިގެން އެސްޓީއޯއިން ބޭއްވި ޚާއްޞަ ހަފްލާގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޚުމޫދު ޝައުޤީއާއި އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝިމާދު އިބްރާހީމެވެ.