ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ 2026 ވަނަ އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހުއެވެ. ނަމަވެސް، އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ މިއަދުއެވެ.
އަހުމަދު އާހިލް ސައީދު
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދިން ކަމުގެ ތުހުމަތުގައި އަޕަރ ސައުތު ޕޮލިސް ސަރަޙައްދުގެ ރަށަކުން 41 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ 2026 ވަނަ އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހުއެވެ. ނަމަވެސް، އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ މިއަދުއެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވެނީ އެ ކުއްޖާއާ މެދު ޖިންސީ ގޯނާގެ އިތުރުން ޖިސްމާނީ އަނިޔާ އާއި ނަފްސާނީ އަނިޔާ ވެސް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް