އެއް ވެހިކަލަށް ވުރެ ގިނައިން ގެންގުޅޭ ނަމަ އަހަރީ ފީއެއް ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފި
އިއްޔެ ތަސްދީޤުކޮށް ޢަމަލުކުރަން ފެށި އެ ޤާނޫނުގެ 99 ވަނަ މާއްދާ ބުނާ ގޮތުން އަމިއްލަ ފަރުދެއްގެ ނުވަތަ ޤާނޫނީ ޝަޚުޞެއްގެ ނަމުގައި މާލެ ސަރަހައްދުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުގެ ޖުމުލަ ޢަދަދު ދޭކަށް ވުރެ އިތުރުވެއްޖެ ނަމަ ނުވަތަ އެއް ބާވަތެއްގެ އުޅަނދު އެކަކަށް ވުރެ ގިނައިން ރަޖިސްޓަރީކޮށްފައި ވާ ނަމަ މި ފީ ދައްކަން ޖެހޭނެއެވެ. ފީގެ މިންވަރު ކަނޑައެޅެނީ އިންޖީނުގެ ކެޕޭސިޓީއަށް ބިނާކޮށެވެ.
އަހުމަދު އާހިލް ސައީދު
މާލެ ސަރަހައްދުގައި އެކެއްގެ ނަމުގައި ވަކި އަދަދަކަށް ވުރެ ގިނަ އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްފައި ވާ ނަމަ "މަލްޓިޕްލް އޯނާޝިޕް ފީ" ގެ ނަމުގައި އަހަރީ ފީއެއް ނެގުން އެއްގަމު ދަތުރުފަތުރުގެ އާ ޤާނޫނުން ލާޒިމުކޮށްފިއެވެ.
އިއްޔެ ތަސްދީޤުކޮށް ޢަމަލުކުރަން ފެށި އެ ޤާނޫނުގެ 99 ވަނަ މާއްދާ ބުނާ ގޮތުން އަމިއްލަ ފަރުދެއްގެ ނުވަތަ ޤާނޫނީ ޝަޚުޞެއްގެ ނަމުގައި މާލެ ސަރަހައްދުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުގެ ޖުމުލަ ޢަދަދު ދޭކަށް ވުރެ އިތުރުވެއްޖެ ނަމަ ނުވަތަ އެއް ބާވަތެއްގެ އުޅަނދު އެކަކަށް ވުރެ ގިނައިން ރަޖިސްޓަރީކޮށްފައި ވާ ނަމަ މި ފީ ދައްކަން ޖެހޭނެއެވެ. ފީގެ މިންވަރު ކަނޑައެޅެނީ އިންޖީނުގެ ކެޕޭސިޓީއަށް ބިނާކޮށެވެ.
މި ފީ ތަޤުސީމުކޮށްފައި ވަނީ ދެ ގިންތިއަކަށެވެ. ފުރަތަމަ ގިންތިއަކީ ސައިކަލާއި އިންޖީނުލީ ބައިސިކަލެވެ. ދެ ވަނަ ގިންތިއަކީ ކާރާއި ވޭނާއި ޖީޕް ފަދަ އެ ނޫން އެއްގަމު އުޅަނދުތަކެވެ. ކާރު ފަދަ އުޅަނދެއް އެކެއްގެ ނަމުގައި އެކަކަށް ވުރެ ގިނައިން ރަޖިސްޓަރީކުރާ ނަމަ އިންޖީނުގެ ކެޕޭސިޓީއަށް ބަލައި އަހަރަކު 4320ރ. އާއި 22480ރ. އާ ދެމެދުގެ ފީއެއް ދައްކަން ޖެހެއެވެ.
މުދާ އުފުލާ އުޅަނދުތަކުން ނަގާ ފީ ކަނޑައެޅެނީ އުފުލޭ ބަރުދަނަށް ބެލުމަށް ފަހުގައެވެ. އެ ގޮތުން އެ އުޅަނދުތަކުން އަހަރީ ގޮތުން 3600ރ. އާއި 15000ރ. އާ ދެމެދުގެ ފީއެއް ދައްކަން ލާޒިމުވެއެވެ.
ޤާނޫނު ތަސްދީޤުކުރި ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު މި ފީ ނަގަން ފެށުމަށް ޤާނޫނުގައި ކަނޑައަޅައިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް