Newscast
ކުޅިވަރު

ފީފާ ވޯލްޑް ކަޕް 2026؛ ސެމީ ފައިނަލްގައި މިރޭ އިނގިރޭސިވިލާތާއި އާޖެންޓީނާ

ލިޔުނީ: އަހުމަދު އާހިލް ސައީދު 15 Jul 2026
ފީފާ ވޯލްޑް ކަޕް 2026؛ ސެމީ ފައިނަލްގައި މިރޭ އިނގިރޭސިވިލާތާއި އާޖެންޓީނާ
އިނގިރޭސިވިލާތާއި އާޖެންޓީނާ؛ ފޮޓޯ / ފޮކްސް ނިއުސް

މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ މެންދަމު 12:00 ގައެވެ.

ޖަރުމަނުގެ ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އިނގިރޭސިވިލާތުގެ ގައުމީ ފުޓްބޯޅަ ޓީމާއި، ލިއޮނަލް ސްކަލޯނީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމު، ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލިުގެ ދެވަނަ މެޗުގައި މިރޭ އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ބައްދަލުކުރާނެއެވެ.

މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ މެންދަމު 12:00 ގައެވެ.

މި މެޗުން މޮޅުވާ ޓީމެއް ވޯލްޑް ކަޕް ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ލަމީން ޔަމާލް ހިމެނޭ ސްޕެއިންއާ އެވެ. ސްޕެއިން ވަނީ ފުރަތަމަ ސެމީ ފައިނަލް މެޗުގައި ފްރާންސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ. އެ މެޗުގައި ސްޕެއިނުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މިކޭލް އޮޔާޒަބަލް އަދި ޕެޑްރޯ ޕޯރޯ އެވެ.

އިނގިރޭސިވިލާތުން ސެމީ ފައިނަލާ ހަމައަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި ނޯވޭއާ ބައްދަލުކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އެ މެޗުގައި އިނގިރޭސިވިލާތަށް ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންގްހަމް އެވެ. އިނގިރޭސިވިލާތުގެ ކެޕްޓަން ހެރީ ކޭން އަދި ބެލިންގްހަމް ވަނީ ކޮންމެ މިހާތަނަށް މި މުބާރާތުގައި 12 ލަނޑު ޖަހާފައިވެއެވެ. މިއީ ވޯލްޑް ކަޕެއްގެ ތާރީޚުގައި އެއް ގައުމެއްގެ ދެ ކުޅުންތެރިއަކު 6 ލަނޑު ނުވަތަ އެއަށްވުރެ ގިނަ ލަނޑު އެއް މުބާރާތެއްގައި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

އާޖެންޓީނާ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލް މެޗުގައި އެކްސްޓްރާ ޓައިމް ކުޅެގެން ސްވިޒަލޭންޑް 3-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އެ މެޗުގައި އާޖެންޓީނާގެ ޖޫލިއަން އަލްވަރޭޒް އަދި ލައުޓާރޯ މާޓިނޭޒް ވަނީ ލަނޑު ޖަހާފައެވެ. އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ މި ފަހަރުގެ މުބާރާތުގައި ލަނޑުތަކެއް ކާމިޔާބުކޮށް، ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހޯދާފައެވެ.

އާޖެންޓީނާ އަކީ އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަނުންނެވެ. އަދި އެ ގައުމަކީ މިހާތަނަށް 3 ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ގައުމެކެވެ. މީގެ އިތުރުން، އާޖެންޓީނާ އިން މީގެ ކުރިން ކުޅުނު ސެމީ ފައިނަލްގެ ފަސް މެޗުންވެސް މޮޅުވެ ފައިނަލަށް ދަތުރުކޮށްފައިވެއެވެ. އަނެއްކޮޅުން އިނގިރޭސިވިލާތުން ވަނީ 1966 ވަނަ އަހަރު އެއް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. މި ދެ ގައުމު މީގެ ކުރިން ވޯލްޑް ކަޕްތަކުގައި ބައްދަލުކުރި މެޗުތަކުގެ ތެރެއިން އިނގިރޭސިވިލާތުން 3 މެޗުން މޮޅުވެފައިވާއިރު، އާޖެންޓީނާ ވަނީ 2 މެޗުން މޮޅުވެފައެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

މަސްތުވެގެން ހުރެ ގަދަކަމުން ކާރެއް އަތުލައި ފުވައްމުލަކުގައި 3 އެކްސިޑެންޓެއް ހިންގައިފި
ހަބަރު 29 Aug 2026

މަސްތުވެގެން ހުރެ ގަދަކަމުން ކާރެއް އަތުލައި ފުވައްމުލަކުގައި 3 އެކްސިޑެންޓެއް ހިންގައިފި

މި ހާދިސާ ހިނގީ 2026 ވަނަ އަހަރުގެ އޮގަސްޓް 29 ވަނަ ދުވަހުގެ ރޭގަނޑު 18:22 ހައިއިރު ފުވައްމުލަކު މޫޑިގެ ކައިރީ މަގުމަތީގައެވެ. ފުލުހުންގެ ތަޙުޤީޤުން އެނގިފައިވާ ގޮތުގައި ކާރުގެ ވެރިފަރާތަށް އަނިޔާކޮށް ކާރު ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ގަދަކަމުން އެ ކާރު އަތުލައިގެން މި މީހާ ނުކުތީއެވެ. ކާރު ދުއްވި މީހާ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

ވިނަރެސް 7 ކައިރީގައި ސައިކަލެއް ހިނގާ މީހެއްގެ ގައިގައި ޖެހި 9 އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސް
ހަބަރު 29 Aug 2026

ވިނަރެސް 7 ކައިރީގައި ސައިކަލެއް ހިނގާ މީހެއްގެ ގައިގައި ޖެހި 9 އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސް

މި ހާދިސާ ހިނގީ 2026 ވަނަ އަހަރުގެ އޮގަސްޓް 29 ވަނަ ދުވަހުގެ ރޭގަނޑު 21:04 ހާއިރު ވިނަރެސް 7 ކައިރީގައެވެ.

ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައި ކޮންޓްރޯލުކުރުމުގެ އެއްބަސްވުމެއް ޓްރަމްޕް އިޢުލާނުކޮށްފި
ދުނިޔެ 29 Aug 2026

ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައި ކޮންޓްރޯލުކުރުމުގެ އެއްބަސްވުމެއް ޓްރަމްޕް އިޢުލާނުކޮށްފި

މި އެއްބަސްވުމުގެ ތެރެއިން އެމެރިކާގެ ޕްރައިވެޓް ކުންފުނިތަކަށް ވެނެޒުއެލާގެ ތެޔޮ އެކްސްޕޯޓުކުރުމުގެ ދާއިރާގައި ވިޔަފާރީގެ ދޮރު ހުޅުވިގެންދާނެއެވެ. ދާރިސުން ފާހަގަކުރާ ގޮތުގައި މީގެ ދެ މައިގަނޑު މަޤުޞަދެއް އޮތެވެ. އެއީ އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު ދަށްކުރުމާއި ވެނެޒުއެލާގެ ވީރާނާވެފައި އޮތް ތެލުގެ ޞިނާޢަތް އަލުން ބިނާކުރުމެވެ.

ނޭޕާލް ފެންބޮޑުވުމުން އަރައިގަތުމަށް ފަސް ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފި
ދުނިޔެ 29 Aug 2026

ނޭޕާލް ފެންބޮޑުވުމުން އަރައިގަތުމަށް ފަސް ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފި

ނޭޕާލުގެ މާލީ ވަޒީރު ސުވަރްނީމް ވާގްލީ ވިދާޅުވި ގޮތުގައި އެ ޢަދަދަކީ ނޭޕާލުގެ ޖުމްލަ އިޤުތިޞާދުގެ ގާތްގަނޑަކަށް ދިހަ ބައިކުޅަ އެއް ބަޔާ އެއްވަރުގެ މިންވަރެކެވެ. ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި 2015 ވަނަ އަހަރުގެ ބިންހެލުމަށް ވުރެ މި ފަހަރުގެ ކާރިސާގެ ޚަރަދު ކުޑަވާނެ ކަމަށް އެ ވަޒީރު އަންދާޒާ ކުރައްވައެވެ.

ޤާނޫނާ ޚިލާފުވާން ގޮވައިލުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށް ފަލާހް ވިދާޅުވެއްޖެ
ހަބަރު 29 Aug 2026

ޤާނޫނާ ޚިލާފުވާން ގޮވައިލުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށް ފަލާހް ވިދާޅުވެއްޖެ

ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރުން ލާޒިމުކުރާ ބިލާ ދެކޮޅަށް ހުރިހާ ރިސޯޓަކުން ތެދުވާން ޖެހޭ ކަމަށް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ޕީއެންއެފުން ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައެވެ. މި ބަދަލުގެ ސަބަބުން އެންމެ ބޮޑު ދައްޗެއް ކުރިމަތިވާނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި ހަމައެކަނި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ )މަޓީ( އިން ދެކޮޅު ހެދުމުން ނުފުދޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި 70 މެގަވޮޓުގެ އައު އިންޖީނުގެއެއް ބިނާކުރުމަށް ތައްޔާރުވެއްޖެ
ހަބަރު 29 Aug 2026

ސްޓެލްކޯއިން ހުޅުމާލޭގައި 70 މެގަވޮޓުގެ އައު އިންޖީނުގެއެއް ބިނާކުރުމަށް ތައްޔާރުވެއްޖެ

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކާ ގުޅިގެން ހުޅުމާލެއާއި މާލެ ސަރަޙައްދުގެ އާބާދީ ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ކަރަންޓުގެ ނިޒާމަށް މިހާރުން މިހާރަށް ވެސް މުހިންމު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. މި މަޝްރޫޢު ނިމުމުން ހުޅުމާލޭގެ ޖުމުލަ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އެރުމުގެ އިތުރުން ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ހިނގަމުންދާ ކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ.