ފޯމު މައުލޫމާތު ރަނގަޅު ކުރުމަށް ލިބޭނީ 21 ދުވަސް
ގޯއްޗާއި ފްލެޓަށް އެދި ލިބުނު ފޯމުތައް ވެރިފައިކުރުމުގެ މަރުހަލާ މިހާރު ކުރިއަށް ގެންދާ އިރު ހުށަހެޅި މައުލޫމާތުގެ ޞައްޙަކަން ކަމާ ގުޅޭ އިދާރާތައް މެދުވެރިކޮށް ކަށަވަރުކުރަމުން ގެންދާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ފޯމެއްގައި ފުށުއެރުމެއް ފާހަގަކުރެވިއްޖެ ނަމަ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ސާފުކޮށްދީ ގުޅުން ހުރި ލިޔެކިޔުން ހުށަހެޅުމުގެ ފުރުޞަތު ލިބެއެވެ. ކުރީން ދީފައި އޮތް ހަތް ދުވަހުގެ މުހުލަތު 21 ދުވަހަށް އިތުރުކޮށް އިސްލާހެއް ގެންނަން ޖެހޭ ނަމަ ފޯމުގައި ދީފައިވާ ފޯނު ނަންބަރަށް ވެސް މެސެޖަކުން އެކަން އަންގާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
އަހުމަދު އާހިލް ސައީދު
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން މައުލޫމާތު ފުށުއެރި ފަރާތްތަކަށް އިސްލާހުކުރުމަށް ދީފައިވާ 21 ދުވަހުގެ މުހުލަތު ގުނާނީ ޕޯޓަލް މެދުވެރިކޮށް އެ ފަރާތަކަށް އެކަން އެންގި ދުވަހުން ފެށިގެން ކަމަށް ހައުސިން ވުޒާރާއިން ބުނެފިއެވެ.
ގޯއްޗާއި ފްލެޓަށް އެދި ލިބުނު ފޯމުތައް ވެރިފައިކުރުމުގެ މަރުހަލާ މިހާރު ކުރިއަށް ގެންދާ އިރު ހުށަހެޅި މައުލޫމާތުގެ ޞައްޙަކަން ކަމާ ގުޅޭ އިދާރާތައް މެދުވެރިކޮށް ކަށަވަރުކުރަމުން ގެންދާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ފޯމެއްގައި ފުށުއެރުމެއް ފާހަގަކުރެވިއްޖެ ނަމަ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ސާފުކޮށްދީ ގުޅުން ހުރި ލިޔެކިޔުން ހުށަހެޅުމުގެ ފުރުޞަތު ލިބެއެވެ. ކުރީން ދީފައި އޮތް ހަތް ދުވަހުގެ މުހުލަތު 21 ދުވަހަށް އިތުރުކޮށް އިސްލާހެއް ގެންނަން ޖެހޭ ނަމަ ފޯމުގައި ދީފައިވާ ފޯނު ނަންބަރަށް ވެސް މެސެޖަކުން އެކަން އަންގާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ހައުސިން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ލިސްޓު ޕްރޮސެސްކުރަމުން ދާ ވަރަކަށް ޖަވާބުދާރީވާން ޖެހޭ ކަމެއް ފާހަގަކުރެވިއްޖެ ނަމަ އެކަން ވެސް ޕޯޓަލް މެދުވެރިކޮށް އަންގަމުންދާނެ ކަމަށެވެ. އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ގޯއްޗާއި ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު މި އަހަރުގެ ޑިސެމްބަރު މެދު ތެރޭގައި ނެރޭނެއެވެ. ނާޒިމް ވަނީ ޕޯޓަލް ޤަވާއިދުން ބެލުމަށް ވެސް އެދިވަޑައިގެންފައެވެ.
ކަނޑައެޅި މުހުލަތުގައި ޖަވާބެއް ހުށަނާޅާ ފޯމެއް ޝަރުތު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަ ނުވާ ފޯމެއްގެ ގޮތުގައި ބެލުމަށް ހައުސިން ވުޒާރާއިން ނިންމާފައިވެއެވެ. މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވި އިރު ޖުމްލަ 58505 ފޯމު ލިބިފައިވެއެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22575 ފޯމެވެ.
މި މަޝްރޫޢުގެ ފުރަތަމަ ބުރުގައި 7900 ފްލެޓާއި 15000 ގޯތި ދިނުމަށް ހަމަޖެހިފައިވާ އިރު އެކި ކުންފުނިތައް މެދުވެރިކޮށް ފްލެޓު އެޅުމުގެ މަސައްކަތް މިހާރު ފެށިފައިވެއެވެ. ސަރުކާރުން ބުނާ ގޮތުގައި 2028 ގެ މެދު ތެރޭގައި ފްލެޓުތައް ނިންމައި ހަވާލުކުރާނެއެވެ. މީގެ އިތުރުން ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހިއްކަމުން އަންނަ ރަސްމާލެއިން 25000 ގޯތި ދޫކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް