މައިގަނޑު ބަޔަށް ދާން

ކުޅިވަރު

މަނާބޭހުގެ މައްސަލައަށް ފަހު މުޑްރިކް ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމާ ގުޅިއްޖެ

އުމުރުން 25 އަހަރުގެ މުޑްރިކް ހަތަރު އަހަރަށް ސަސްޕެންޑް ކުރެވުނީ މަނާބޭހުގެ މައްސަލައެއްގައެވެ. އެ މައްސަލަ ދިގުލައިގެންދާތީ މި އަހަރު ކުރީކޮޅު އޭނާ ވަނީ ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމުގައިވާ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް )ކާސް( އަށް މައްސަލަ ހުށަހަޅައިފައެވެ. ނަމަވެސް ކާސް އިން ރަސްމީކޮށް މައްސަލަ ފެށުމުގެ ކުރިން ކުޅުމާ ދުރުގައި މުޑްރިކް ހޭދަކުރި މުއްދަތަކީ އެ ކުށަށް އަންނަންޖެހޭ އަދަބާ އެއްވަރުގެ މުއްދަތެއް ކަމަށް ކަނޑައަޅައި އިނގިރޭސި އެފްއޭއިން އޭނާގެ މައްސަލަ ނިންމައިލީއެވެ. އެއާ އެކު މި މަހު ކުރީކޮޅު މުޑްރިކަށް އަލުން ކުޅުމުގެ މަގު ހުޅުވިގެންދިޔައެވެ.

އަހުމަދު އާހިލް ސައީދު

މުޑްރިކް؛ ފޮޓޯ / ދަ ޓައިމްސް
މުޑްރިކް؛ ފޮޓޯ / ދަ ޓައިމްސް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އަލުން ފުޓްބޯޅައިގެ ތެރެއަށް ނުކުތް ޗެލްސީގެ ޔޫކްރެއިން ވިންގާ މިހައިލޯ މުޑްރިކް ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމް ހޮޓްސްޕާސްއަށް ބަދަލުވެއްޖެއެވެ.

އުމުރުން 25 އަހަރުގެ މުޑްރިކް ހަތަރު އަހަރަށް ސަސްޕެންޑް ކުރެވުނީ މަނާބޭހުގެ މައްސަލައެއްގައެވެ. އެ މައްސަލަ ދިގުލައިގެންދާތީ މި އަހަރު ކުރީކޮޅު އޭނާ ވަނީ ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމުގައިވާ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް މައްސަލަ ހުށަހަޅައިފައެވެ. ނަމަވެސް ކާސް އިން ރަސްމީކޮށް މައްސަލަ ފެށުމުގެ ކުރިން ކުޅުމާ ދުރުގައި މުޑްރިކް ހޭދަކުރި މުއްދަތަކީ އެ ކުށަށް އަންނަންޖެހޭ އަދަބާ އެއްވަރުގެ މުއްދަތެއް ކަމަށް ކަނޑައަޅައި އިނގިރޭސި އެފްއޭއިން އޭނާގެ މައްސަލަ ނިންމައިލީއެވެ. އެއާ އެކު މި މަހު ކުރީކޮޅު މުޑްރިކަށް އަލުން ކުޅުމުގެ މަގު ހުޅުވިގެންދިޔައެވެ.

ޗެލްސީގެ ޕްރީ ސީޒަން ބައެއް މެޗުތަކުގައި ބައިވެރިވި ނަމަވެސް ރަސްމީ ސީޒަން ފެށުމާ އެކު އެ ކްލަބުން މުޑްރިކް ނުހިމެނީއެވެ. ގަވާއިދުން ކުޅެވޭނެ ފުރުސަތެއް ހޯދުމަށް މުޑްރިކް މަސައްކަތް ކުރަމުން ދަނިކޮށް ޓޮޓެންހަމުން ހުށަހެޅީއެވެ. ޓޮޓެންހަމްގެ ކޯޗު ރޮބާޓޯ ޑި ޒާބީ އަކީ ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކްގައި ކުރިން މުޑްރިކާ އެކު މަސައްކަތްކޮށްފައިވާ ކޯޗެކެވެ.

ޓޮޓެންހަމްގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި މުޑްރިކް ބުނީ އެ ކްލަބާ އެކު މަސައްކަތް ފަށައި އަލުން ޑި ޒާބީގެ ކޯޗުކަމުގައި ކުޅެން ކެތްމަދުވެފައި ހުރި ކަމަށެވެ. އަދި ޓޮޓެންހަމްގެ ސަޕޯޓަރުން ޝައުގުވެރިވާނެ ކަހަލަ ކުޅުމެއް ދައްކަން މަސައްކަތް ކުރާނެ ކަމަށް ވެސް ބުންޏެވެ.

މުޑްރިކްގެ އިތުރުން ޗެލްސީގެ ޑިފެންޑަރު ޓޮސިން އަޑަރަބިއޯޔޯ ވެސް ޓްރާންސްފާގެ ފަހު ދުވަހު ނުވަ މިލިއަން ޑޮލަރަށް ޓޮޓެންހަމުން ގަތެވެ. މުޑްރިކްގެ ލޯނު ދާއިމީ ކުރާ ނަމަ 88 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ޓޮޓެންހަމުން ދައްކަން ޖެހޭނެއެވެ. ޗެލްސީން 2023 ވަނަ އަހަރު އާސެނަލްގެ ޑީލެއް ހައިޖެކްކޮށް ޝަހުތަރު ޑޮނެސްކަށް 100 މިލިއަން ޑޮލަރު ދީފައި މުޑްރިކް ގެނައި ނަމަވެސް ޗެލްސީއަށް ކުޅުނު 73 މެޗުގައި އޭނާއަށް ޖެހުނީ އެންމެ 10 ގޯލެވެ. ސަސްޕެންޝަންގެ މުއްދަތުގައި ވެސް ޗެލްސީން އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރުގެ މުސާރައެއް މުޑްރިކަށް ދީފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.