މައިގަނޑު ބަޔަށް ދާން

ހަބަރު

ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ރޭ ފަތިހު ނިޔާވެއްޖެ

ހޮނިހިރު ދުވަހުގެ ރޭ 9 ޖެހި ހާއިރު ހިނގި މި ހާދިސާގައި އެ ކުއްޖާ ދަތުރުކުރީ އެކްސިޑެންޓްވި ސައިކަލް ފަހަތުގައެވެ. އެގޮތުން، އެ ސައިކަލް ދުއްވަން އިނީ ކުއްޖާގެ ބޮޑުދައިތައެވެ. އެއީ 18 އަހަރުގެ އަންހެނެކެވެ. އެކްސިޑެންޓާ ގުޅިގެން ކުއްޖާގެ ބޮޑުދައިތައަށް ވެސް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

އަހުމަދު އާހިލް ސައީދު

އެމްބިއުލަންސް؛ ފޮޓޯ / ޓައިމްސް އޮފް އައްޑޫ
އެމްބިއުލަންސް؛ ފޮޓޯ / ޓައިމްސް އޮފް އައްޑޫ

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ދޭއްގެ ވިނަރެސް ހަތެއް ކައިރީގައި ހިނގި ސައިކަލް އެކްސިޑެންޓުގައި ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބުނު އުމުރުން 9 އަހަރުގެ ކުއްޖާ ރޭ ފަތިހު ނިޔާވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ 9 ޖެހި ހާއިރު ހިނގި މި ހާދިސާގައި އެ ކުއްޖާ ދަތުރުކުރީ އެކްސިޑެންޓްވި ސައިކަލް ފަހަތުގައެވެ. އެގޮތުން، އެ ސައިކަލް ދުއްވަން އިނީ ކުއްޖާގެ ބޮޑުދައިތައެވެ. އެއީ 18 އަހަރުގެ އަންހެނެކެވެ. އެކްސިޑެންޓާ ގުޅިގެން ކުއްޖާގެ ބޮޑުދައިތައަށް ވެސް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

ސީސީޓީވީ ފުޓޭޖް ދިރާސާކުރުމަށް ފަހު ފުލުހުން ބުނެފައިވާ ގޮތުގައި އެކްސިޑެންޓު ހިނގީ ވިނަރެސް 7 ކައިރީ މަޑުކޮށްފައި އޮތް ކާރަކަށް އެރުމަށް ހިނގާފައި ދިޔަ މީހެއް ގައިގައި ސައިކަލުން ޖެހިގެންނެވެ. ޖެހުނު ވަގުތު ކުއްޖާ މަގުމައްޗަށް ވެއްޓި ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މަންޒަރު ދުށް ފަރާތްތައް ބުނާ ގޮތުގައި ވެއްޓުނު ވަގުތު ކުއްޖާ އޮތީ ހޭނެތިފައެވެ. އަދި ބޮލުން ގިނަ ޢަދަދެއްގެ ލޭ ފައިބަމުން ދިޔައެވެ.

ހާދިސާއަށް ފަހު ކުއްޖާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެހެން ނަމަވެސް ފަހުން އައިޖީއެމްއެޗަށް ބަދަލުކޮށް ނިޔާވި ވަގުތާ ހަމައަށް ވެސް ފަރުވާ ދެމުން ގެންދިޔައީ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ.

މި ހާދިސާގެ ތަޙުޤީޤަށް ބޭނުންވާ ހެކި ހޯދުމަށް ފުލުހުން ވަނީ އެކްސިޑެންޓްވި ސަރަހައްދުގައި ހުރި ރީނދޫ ކުލައިގެ ކާރަކާއި ހުދު ކުލައިގެ ކާރެއް ޓޯކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.