ފަޅު ރަށްތަކުގެ ކުލި އާ ރޭޓަށް ބަދަލުކުރުމަށް 6 މަހުގެ މުއްދަތެއް ދީފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ހޯމަ ދުވަހު ތަސްދީޤުކުރެއްވި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާ އެކު ކުރިން ފަޅު ރަށްރަށާ ގުޅޭ ގޮތުން ހިނގަމުން އައި ޤާނޫނު އުވިގެންދާނެއެވެ. ޤާނޫނު ތަސްދީޤުކުރެއްވި ތާރީޚުން ފެށިގެން އެއް މަސް ދުވަސް ހަމަވުމުން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.
އަހުމަދު އާހިލް ސައީދު
ވަރުވާއަށް ދޫކޮށްފައިވާ ފަޅު ރަށްތަކުގެ ކުލި އާ ޤާނޫނުގައި ބަޔާންކޮށްފައިވާ ރޭޓުތަކާ އެއްގޮތަށް ބަދަލުކޮށް ނިންމުމަށް ހަ މަސް ދުވަހުގެ މުހުލަތެއް ދީ ފަޅު ރަށްރަށާ ބެހޭ އާ ޤާނޫނު ތަސްދީޤުކުރައްވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ހޯމަ ދުވަހު ތަސްދީޤުކުރެއްވި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާ އެކު ކުރިން ފަޅު ރަށްރަށާ ގުޅޭ ގޮތުން ހިނގަމުން އައި ޤާނޫނު އުވިގެންދާނެއެވެ. ޤާނޫނު ތަސްދީޤުކުރެއްވި ތާރީޚުން ފެށިގެން އެއް މަސް ދުވަސް ހަމަވުމުން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.
ކުދި ކުލީގައި އެތައް އަހަރެއް ކުރިން ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތައް ވެސް މި ޤާނޫނުގެ ތެރެއަށް ފެއްތުން ލާޒިމުވެއެވެ. އެގޮތުން ދޫކޮށްފައިވާ ބޭނުމަކާ ގުޅޭ ރޭޓުން ކުލި އަލުން ކަނޑައެޅުމާއި ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތްތަކާ އެއްގޮތަށް އެއްބަސްވުންތައް މުރާޖަޢާކުރުމަކީ މި މަރުޙަލާގައި ފުރިހަމަކުރަންޖެހޭ މައިގަނޑު ދެ ކަންތައް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މުރާޖަޢާ ނިންމައި އާ ރޭޓުން ކުލި ދައްކަން ފަށަންޖެހޭ ސުންގަޑިއަކީ ޤާނޫނަށް ޢަމަލުކުރާ ތާރީޚުން ފެށިގެން ހަ މަސް ދުވަސް ހަމަވާ ދުވަހެވެ.
މި ޤާނޫނު ވުޖޫދަށް ގެނައި މައިގަނޑު މަޤުޞަދަކީ ފަޅު ރަށްތައް ދޫކުރުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް އެކުލަވައިލައި ކުރީގެ ޤާނޫނީ އޮނިގަނޑު ޒަމާނީ ބަދަލުތަކާ އެއްގޮތަށް ބައްޓަންކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް