Newscast
ހަބަރު

ދައުލަތުގެ އާމްދަނީ 27.6 ބިލިޔަން ރުފިޔާއަށް އަރައި %10.4 ކުރިއަރައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 30 Aug 2026
ދައުލަތުގެ އާމްދަނީ 27.6 ބިލިޔަން ރުފިޔާއަށް އަރައި %10.4 ކުރިއަރައިފި
ދައުލަތުގެ ޓެކްސް އިދާރާ، މީރާ.. ފޮޓޯ: ޓެކްސް އިދާރާ

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ޢާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ހަމަ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 25 ބިލިޔަން ރުފިޔާއެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް )ޓީޖީއެސްޓީ( އާއި ވިޔަފާރީގެ ޓެކުހުން ލިބުނު ފައިސާ މައްޗަށް ދިއުމެވެ.

މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 27.6 ބިލިޔަން ރުފިޔާ ލިބި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށް މާލީ ވުޒާރާގެ ހަފުތާ ރިޕޯޓުން ދައްކައިފިއެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ޢާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ހަމަ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 25 ބިލިޔަން ރުފިޔާއެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އާއި ވިޔަފާރީގެ ޓެކުހުން ލިބުނު ފައިސާ މައްޗަށް ދިއުމެވެ.

ޓެކުހުގެ އާމްދަނީގެ ތަފްސީލަށް ބަލާއިރު ޖުމްލަ ޓެކްސް އާމްދަނީ 21.4 ބިލިޔަން ރުފިޔާއަށް އެރީ 12.1 އިންސައްތައިގެ ކުރިއެރުމަކާ އެކުގައެވެ. މިދިޔަ އަހަރު މި ޢަދަދު ހުރީ 19.1 ބިލިޔަން ރުފިޔާގައެވެ. ޓެކްސް ނޫން ގޮތް ގޮތުން 5.6 ބިލިޔަން ރުފިޔާ ވެސް ދައުލަތަށް ވަދެފައިވެއެވެ. ޓީޖީއެސްޓީގެ ގޮތުގައި 7.3 ބިލިޔަން ރުފިޔާ ލިބުނުއިރު އެއީ ކުރީ އަހަރުގެ 6.8 ބިލިޔަނާ އަޅާ ބަލައިއިރު 7.4 އިންސައްތައިގެ އިތުރުވުމެކެވެ.

އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް ފެނިފައިވަނީ ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ ދާއިރާއިންނެވެ. އެ ދާއިރާއިން 5.5 ބިލިޔަން ރުފިޔާ ލިބި މިދިޔަ އަހަރުގެ 4.6 ބިލިޔަނާ އަޅާ ބަލާއިރު 20.5 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވެއެވެ. އޭގެ ތެރެއިން ކޯޕަރޭޓް އިންކަމް ޓެކްސް 7.1 އިންސައްތަ މައްޗަށް ގޮސް 2.86 ބިލިޔަން ރުފިޔާއަށް އެރިއިރު ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގް ޓެކްސް 10.2 އިންސައްތަ އިތުރުވެ 924.5 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ވިޔަފާރިއާއި މުދަލުގެ އެހެނިހެން ޓެކުހުން ލިބުނު ފައިސާ 87.9 އިންސައްތައިގެ ބޮޑު ފުންމައިގެންނެއް ހޯދައި 1.39 ބިލިޔަން ރުފިޔާއަށް އެރިއެވެ. މީގެ އިތުރުން އިމްޕޯޓް ޑިއުޓީން 2.19 ބިލިޔަން ރުފިޔާ ލިބި 16.6 އިންސައްތައިގެ ކުރިއެރުމެއް ހޯދީއިރު ޢާންމު ޖީއެސްޓީ 10.8 އިންސައްތަ މައްޗަށް ގޮސް 3.53 ބިލިޔަން ރުފިޔާ ވަދެފައިވެއެވެ. ގްރީން ޓެކްސް 6.2 އިންސައްތަ އިތުރުވެ 1.40 ބިލިޔަން ރުފިޔާ އެއާޕޯޓް ޚިދުމަތުގެ ޗާޖާއި ޑިޕާޗަރ ޓެކްސް 13.4 އިންސައްތައިގެ ކުރިއެރުމާ އެކު 1.24 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

ދައުލަތުގެ ޚަރަދަށް ނަޒަރު ހިންގާއިރު މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ޖުމްލަ 28.7 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ކުރީ އަހަރުގެ ހަމަ މި މުއްދަތުގެ 24.1 ބިލިޔަނާ އަޅާ ބަލާއިރު 19.3 އިންސައްތައިގެ އިތުރުވުމެއް ޚަރަދުގެ ފަރާތުންވެސް ފެނިފައިވެއެވެ. ރިކަރަންޓް ޚަރަދުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ފެނުނީ ކައުންސިލް ގްރާންޓުންނެވެ. އެ ގޮތުން ކައުންސިލްތަކަށް 1.6 ބިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު އެއީ 15.8 އިންސައްތައިގެ އިތުރުވުމެކެވެ. މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިޔަން ރުފިޔާ ހޭދަވެ ކުރީ އަހަރަށް ވުރެ 11.1 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ.

ކެޕިޓަލް ޚަރަދުގެ ދަށުން ޢުމްރާނީ ވަސީލަތްތަކަށް 3.2 ބިލިޔަން ރުފިޔާ ހޭދަކޮށް މިދިޔަ އަހަރުގެ 2.9 ބިލިޔަނާ އަޅާ ބަލާއިރު 9.1 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވެއެވެ. ބިމާއި ޢިމާރާތްތަކަށް 1.20 ބިލިޔަން ރުފިޔާ ފާލަންތަކާއި ބަނދަރު ހެދުމަށް 284.5 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާމްދަނީ އިތުރުވީ ނަމަވެސް ދައުލަތުގެ ޚަރަދުގެ ދުވެލި ވެސް ހަލުއިކޮށް ކުރިއަށް ގޮސްފައިވެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެންސްޕާގެ އެހީތައް ލިބޭ ފަރާތްތައް އަލުން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ފަށައިފި
ހަބަރު 30 Aug 2026

އެންސްޕާގެ އެހީތައް ލިބޭ ފަރާތްތައް އަލުން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ފަށައިފި

އެ އެޖެންސީން ނެރުނު އިއުލާނުގައިވާ ގޮތުން ޤަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އިޖުތިމާއީ ރައްކާތެރިކަމުގެ އެހީ ދޫކުރެވޭނީ ދެ އަހަރުގެ މުއްދަތަކަށެވެ. އެހެންކަމުން 2024 ވަނަ އަހަރުގެ ނޮވެމްބަރު ނިޔަލަށް އެހީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު 30 ގެ ކުރިން ވަން.ގަވް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެންސްޕާއިން ވަނީ އެދިފައެވެ.

ގޭސް ލީކުވެ މަރުވި ޒާހިދާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ނުހަދައި އާއިލާއާ ހަވާލުކޮށްފި
ހަބަރު 30 Aug 2026

ގޭސް ލީކުވެ މަރުވި ޒާހިދާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ނުހަދައި އާއިލާއާ ހަވާލުކޮށްފި

މި ހާދިސާގައި މަރުވީ ގއ. ވިލިނގިއްޔަށް އުފަން އުމުރުން 51 އަހަރުގެ ޒާހިދާ ތައުފީގެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ހާއިރު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކުރެވުނެވެ.

ފޭކް ފޭސްބުކް އެކައުންޓަކުން އޮޅުވާލައިގެން ފައިސާ ހޯދި މީހަކަށް ޖަލު ހުކުމެއް އިއްވައިފި
ހަބަރު 30 Aug 2026

ފޭކް ފޭސްބުކް އެކައުންޓަކުން އޮޅުވާލައިގެން ފައިސާ ހޯދި މީހަކަށް ޖަލު ހުކުމެއް އިއްވައިފި

މި ހުކުމް އިއްވީ ކ. ކާށިދޫ ސިލިކޯން އިސްމާއިލް ޒަބީހުގެ މައްޗަށެވެ. ޝާނާ ހުސެއިންގެ ނަމުގައި ހިންގި ވަގު ފޭސްބުކް އެކައުންޓެއް ބޭނުންކޮށްގެން 2022 ވަނަ އަހަރުގެ ޖެނުއަރީ ދެވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ އޮގަސްޓް 20 ވަނަ ދުވަހާ ހަމައަށް ގިނަ ބައެއް އަތުން އޭނާ ފައިސާ ނެގިކަން ދައުވާގައި ބަޔާންކޮށްފައިވެއެވެ. ޖަލު ހުކުމުގެ އިތުރުން 100000 ރުފިޔާއިން އޭނާ ޖޫރިމަނާ ކޮށްފައިވެއެވެ.

އީރާނުގެ އިންޤިލާބީ ލަޝްކަރުން ނިރުބަވެރި ގުރޫޕެއް ނައްތައިލައި ހަ މީހަކު ހައްޔަރުކޮށްފި
ދުނިޔެ 30 Aug 2026

އީރާނުގެ އިންޤިލާބީ ލަޝްކަރުން ނިރުބަވެރި ގުރޫޕެއް ނައްތައިލައި ހަ މީހަކު ހައްޔަރުކޮށްފި

އައިއާރްޖީސީގެ ޤުދްސް ލަޝްކަރުގެ މައި މަރުކަޒުން ނެރުނު ބަޔާނުގައި ބުނާ ގޮތުން ޕާކިސްތާނާއި އީރާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީ ސަރާވާން ސަރަޙައްދުގައި ހިންގި މި އޮޕަރޭޝަންގައި އެ ގުރޫޕުގެ އެކަކު މަރުވެފައިވެއެވެ. ޕުރޮވިންސުގެ ޖާސޫސީ އިދާރާއާއި އައިއާރްޖީސީގެ ޖާސޫސީ ގޮފީގެ އިތުރުން ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކުރެވުނު ހަ މީހުންގެ ތެރޭގައި ގުރޫޕުގެ މެންބަރުންނާއި އެ މީހުންނަށް ވާގިވެރިވި ފަރާތްތައް ހިމެނޭ ކަމަށް އައިއާރްޖީސީން ބުނެއެވެ.

އިންޑިއާ ސަފީރު ތިލަމާލެ ބުރިޖުގެ މަސައްކަތް ބައްލަވައިލައްވައިފި
ހަބަރު 30 Aug 2026

އިންޑިއާ ސަފީރު ތިލަމާލެ ބުރިޖުގެ މަސައްކަތް ބައްލަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެއިން ވިލިމާލެއަށް ބުރިޖު މަތިން ހިންގަވާފައި ވަޑައިގެންނެވި ތާރީޚީ ހިނގާލުމުގައި ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސަފީރު ސިފަކުރެއްވި ގޮތުގައި ރައީސްގެ އަރިހުގައި ބުރިޖު މަތިން ހިންގެވުމަކީ ލިބިވަޑައިގެންނެވި އުފާފުޅެކެވެ. އެ މަޝްރޫޢަކީ އިންޑިއާ ބޯޑަރުން ބޭރުގައި އެ ޤައުމުން ހިންގާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަސައްކަތް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ޤައުމީ އިންޖިނޭރުންގެ ދުވަހާ ގުޅުވައި އެސްޓީއޯއިން ދެ ސްކޮލަޝިޕެއް ތަޢާރަފްކޮށްފި
ހަބަރު 30 Aug 2026

ޤައުމީ އިންޖިނޭރުންގެ ދުވަހާ ގުޅުވައި އެސްޓީއޯއިން ދެ ސްކޮލަޝިޕެއް ތަޢާރަފްކޮށްފި

މި ސްކޮލަޝިޕްތައް އިފްތިތާޙުކޮށްދެއްވީ އެ ދުވަހާ ގުޅިގެން އެސްޓީއޯއިން ބޭއްވި ޚާއްޞަ ހަފްލާގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޚުމޫދު ޝައުޤީއާއި އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝިމާދު އިބްރާހީމެވެ.