މާލޭ ފިހާރައަކުން ވައްކަންކޮށް ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި
އެ ފިހާރައިގެ ކުރީގެ މުވައްޒަފެއް ކަމުގައިވާ ޗަންދްރެސްކަރަންގެ މައްޗަށް ތުހުމަތުކުރެވެނީ އެ ފިހާރައިން 25000ރ. އާއި ފޯނެއް ވަގަށް ނެގި ކަމުގެ ތުހުމަތެވެ. ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އޭނާ ތަޙުޤީޤުގެ ބޭނުމަށް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އަހުމަދު އާހިލް ސައީދު
މާލޭގެ ފިހާރައެއްގެ ސޭލްސް ފައިސާ އާއި މޯބައިލް ފޯނެއް ވަގަށް ނެގުމަށް ފަހު ރާއްޖެ ދޫކޮށް ދާން މަސައްކަތް ކުރަނިކޮށް ސްރީ ލަންކާ ރައްޔިތެއް ކަމަށްވާ 41 އަހަރުގެ ޗަންދްރެސްކަރަން އެންތޮނީ ހައްޔަރުކޮށްފިއެވެ.
އެ ފިހާރައިގެ ކުރީގެ މުވައްޒަފެއް ކަމުގައިވާ ޗަންދްރެސްކަރަންގެ މައްޗަށް ތުހުމަތުކުރެވެނީ އެ ފިހާރައިން 25000ރ. އާއި ފޯނެއް ވަގަށް ނެގި ކަމުގެ ތުހުމަތެވެ. ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އޭނާ ތަޙުޤީޤުގެ ބޭނުމަށް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި ޗަންދްރެސްކަރަން ފިހާރައިގެ ތެރޭގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖުގެ ސްނެޕް ޝޮޓްތަކާއި ހާދިސާ ރިޕޯޓާއި އޭނާ ފުރުމަށް ގަނެފައިވާ ފްލައިޓް ޓިކެޓް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ސީސީޓީވީ ފުޓޭޖުން ފެންނަ ފަރާތަކީ ތުހުމަތުކުރެވޭ މީހާ ކަމަށް ފިހާރައިގެ އެހެން މުވައްޒަފުން ބުނެފައިވާ ކަމަށް ވެސް އެ އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް ޗަންދްރެސްކަރަން ބުނެފައި ވަނީ ހާދިސާ ހިނގި ކަމަށް ބުނާ ދުވަހުގެ 10 ދުވަސް ކުރިން އެ ފިހާރައިގެ ވަޒީފާ އިން ވަކިވެފައިވާ ކަމަށާއި އެ ވަގުތު އޭނާ ހުރީ އެހެން ތަނެއްގައި ކަމަށެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދާ އިރު ޗަންދްރެސްކަރަން ހުރީ ކޯޓު އަމުރުގެ ދަށުން ބަންދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް