މުއްދަތު ހަމަވެފައިވާ ކާބޯތަކެތީގެ ލޭބަލް އޮޅުވާލައިގެން ބޭރުކުރަން އުޅުނު ބަޔަކު މުމްބާއީން ހައްޔަރުކޮށްފި
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި 80000 އެމެރިކާ ޑޮލަރަށް ވުރެ އަގު ބޮޑު ތަކެތި އަތުލައިގެންފައިވެއެވެ. ޕެޕްސީކޯ ނެސްލޭ ކޮކާކޯލާ އަދި ޔުނިލީވާ ފަދަ ބޮޑެތި ކުންފުނިތަކުގެ ބްރޭންޑެޑް ޕްރޮޑަކްޓުތައް ކަމުގައިވާ ހެލްމަންސް ކުކްކުރޭ މަގީ ނޫޑްލްސް މަޔޮނައިޒް ތަމްސް އަޕް ލޭސް އަދި ނޯ ސޫޕް ފަދަ އެތައް ބާވަތެއް މީގެ ތެރޭގައި ހިމެނެއެވެ.
އަހުމަދު އާހިލް ސައީދު
މަޝްހޫރު ބައިނަލްއަޤުވާމީ ކުންފުނިތަކުގެ ކާބޯތަކެތީގެ މުއްދަތު ހަމަވެފައިވާ އުފެއްދުންތަކުގައި ސައްޙަ ނޫން ތާރީޚާއި ނިއުޓްރިޝަން މަޢުލޫމާތު ޖަހައިގެން ބޭރު ޤައުމުތަކަށް އެކްސްޕޯޓުކުރަން ރާވަމުން ދިޔަ ބަޔަކު އިންޑިއާގެ މުމްބާއީން އަތުލައިގެންފިއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި 80000 އެމެރިކާ ޑޮލަރަށް ވުރެ އަގު ބޮޑު ތަކެތި އަތުލައިގެންފައިވެއެވެ. ޕެޕްސީކޯ ނެސްލޭ ކޮކާކޯލާ އަދި ޔުނިލީވާ ފަދަ ބޮޑެތި ކުންފުނިތަކުގެ ބްރޭންޑެޑް ޕްރޮޑަކްޓުތައް ކަމުގައިވާ ހެލްމަންސް ކުކްކުރޭ މަގީ ނޫޑްލްސް މަޔޮނައިޒް ތަމްސް އަޕް ލޭސް އަދި ނޯ ސޫޕް ފަދަ އެތައް ބާވަތެއް މީގެ ތެރޭގައި ހިމެނެއެވެ.
މުމްބާއީގެ އިންޑަސްޓްރިއަލް ސަރަޙައްދެއްގައި ސަދަނަ އެންޓަޕްރައިސަސް ކިޔާ ތަނަކުން ހިންގަމުންދިޔަ ގުދަނެއްގައި ޕެކެޓުތަކުގައި ޖަހާފައި ހުރި އަސްލު ތާރީޚުތައް ފޮހެލުމަށް ޚާއްޞަ ކެމިކަލް ސޯލްވެންޓެއް ބޭނުންކޮށްފައިވެއެވެ. އެއަށް ފަހު ޕްރިންޓިން މެޝިންތައް މެދުވެރިކޮށް ކުރިއަށް އޮތް ތާރީޚުތައް ޖެހުމުގެ އިތުރުން ބޭރު ޤައުމުތަކުގެ ގަވާއިދުތަކަށް ފެތޭ ގޮތަށް ކެލޮރީއާއި ކާނާގައި ހިމެނޭ މާއްދާތަކުގެ މިންވަރަށް ވެސް ބަދަލު ގެނެސް އައު ލޭބަލް ތައްކޮށްފައިވެއެވެ. ގުދަނުގައި ހުރި ހުރިހާ މުދަލަކީ ވެސް އެކްސްޕޯޓުކުރުމަށް ތައްޔާރަށް ތިބި ތަކެތި ކަމަށް ވީ ނަމަވެސް ފޮނުވަން ރާވާފައި އޮތީ ކޮން ޤައުމުތަކަކަށް ކަމެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި 12 މީހެއްގެ މައްޗަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މަހާރާސްތުރާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ވެރިޔާ ތުކާރާމް މުންދޭ ވިދާޅުވީ "މިކަން ކޮށްފައިވަނީ ވަރަށް ރޭވުންތެރިކަމާ އެކު ވަރަށް ފުޅާ ދާއިރާއެއްގައި" ކަމަށެވެ. ކާބޯތަކެތި އުފައްދާ ބޮޑެތި ކުންފުނިތަކުން ވެސް ސަޕްލައި ޗެއިން ބެލެހެއްޓުމުގައި މިއަށް ވުރެ ޒިންމާދާރުވާން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ޕެޕްސީކޯ ނެސްލޭ ފަދަ ބައިނަލްއަޤުވާމީ ކުންފުނިތަކުގެ އެއްވެސް ބައިވެރިވުމެއް ނުވަތަ އިހުމާލެއް އޮތް ކަމަކަށް އިންޑިއާގެ ފުލުހުން ތުހުމަތުކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް