އެންސްޕާގެ އެހީތައް ލިބޭ ފަރާތްތައް އަލުން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ފަށައިފި
އެ އެޖެންސީން ނެރުނު އިއުލާނުގައިވާ ގޮތުން ޤަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އިޖުތިމާއީ ރައްކާތެރިކަމުގެ އެހީ ދޫކުރެވޭނީ ދެ އަހަރުގެ މުއްދަތަކަށެވެ. އެހެންކަމުން 2024 ވަނަ އަހަރުގެ ނޮވެމްބަރު ނިޔަލަށް އެހީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު 30 ގެ ކުރިން ވަން.ގަވް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެންސްޕާއިން ވަނީ އެދިފައެވެ.
ދައުލަތުން ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެ އެހީ ލިބެމުންދާ ފަރާތްތައް އަލުން ރީ-ރަޖިސްޓަރީ ކުރުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ރޭ ހުޅުވާލައިފިއެވެ.
އެ އެޖެންސީން ނެރުނު އިއުލާނުގައިވާ ގޮތުން ޤަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އިޖުތިމާއީ ރައްކާތެރިކަމުގެ އެހީ ދޫކުރެވޭނީ ދެ އަހަރުގެ މުއްދަތަކަށެވެ. އެހެންކަމުން 2024 ވަނަ އަހަރުގެ ނޮވެމްބަރު ނިޔަލަށް އެހީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު 30 ގެ ކުރިން ވަން.ގަވް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެންސްޕާއިން ވަނީ އެދިފައެވެ.
އެ ތާރީޚުގެ ކުރިން ފޯމު ހުށަނާޅައި ތިބޭ ފަރާތްތަކަށް ދެން އެހީ ލިބޭނީ އައު ފޯމެއް ހުށަހެޅުމުން ހައްޤުވެރިކަން ބެލުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ވަޒަންކުރުމަށް ފަހުގައި ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ. މީގެ ކުރިން ލިސްޓް މުރާޖަޢާ ނުކުރެވި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ އެހީ ހައްޤު ނުވާ އެތައް ބަޔަކަށް ވެސް އެލަވަންސް ދެވިފައިވާ ކަމަށް އެންސްޕާއިން ފާހަގަކޮށްފައިވެއެވެ.
މި ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ދަނޑިވަޅާ ދިމާކޮށް ނިޔާވެފައިވާ 700 އަށް ވުރެ ގިނަ ފަރާތްތަކުގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވެފައިވާ މައްސަލައެއް ވެސް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވީ 2020 ވަނަ އަހަރު މޮނިޓަރިން ސެކްޝަން އުވާލެވުމުގެ ސަބަބުން މޮނިޓަރިންގެ މަސައްކަތް އޮތީ "ބޮއްސުންލާފައި" ކަމަށެވެ. ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ މައުލޫމާތު ދުވަހުން ދުވަހަށް އަޕްޑޭޓް ނުކުރެވުމުގެ ސަބަބުން ގިނަ ބައެއްގެ އެކައުންޓަށް ފައިސާ ޖަމާކުރެވިފައިވާ ކަމަށް ވެސް ޝިރުނާ ވިދާޅުވިއެވެ.
މި ފަހަރުގެ ރީ-ރަޖިސްޓްރޭޝަނާ އެކު އެހީ ހައްޤުވާ ފަރާތްތައް ފާހަގަކޮށް ދަފްތަރު ހަރުދަނާ ކުރުމަށް އެންސްޕާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް