Newscast
ހަބަރު

ކުށުގެ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 29 Aug 2026
ކުށުގެ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ މަޖިލިސް

މި ބިލުގެ ބޭނުމަކީ ކުށުގެ ޢަމަލުތައް ހިންގައިގެން ނުޙައްގުން ލިބޭ މާލީ މަންފާ ހުއްޓުވައި އެ މުދާ ދައުލަތަށް ނެގޭނެ ނިޒާމެއް ޤާއިމުކުރުމެވެ. މަނީ ލޯންޑަރިންއާއި ޓެރަރިޒަމާއި މީހަކު މެރުމުގެ ކުށާއި މަސްތުވާތަކެތީގެ ކުށާއި މީހުން ޓްރެފިކް ކުރުމާއި ހަތިޔާރު ޓްރެފިކް ކުރުމާއި އެކްސްޕްލޮއިޓޭޝަން އެކުލެވޭ ޖިންސީ ކުށާއި ކައުންޓަރފިޓް ކުރުމާއި ކޮރަޕްޝަނާއި އިންތިޒާމުވެގެން ހިންގާ ކުށްތައް ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއް ބިލުގައި ހިމެނެއެވެ. އެ ކުށްތައް ކޮށްގެން ހޯދާ މުދަލުގެ އިތުރުން ކުށް ކުރުމަށް ބޭނުންކުރާ މުދާ ވެސް ދައުލަތަށް ނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ޖިނާޢީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައެޅުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާއަށް ބިލެއް ހުށަހަޅައިފިއެވެ.

މި ބިލުގެ ބޭނުމަކީ ކުށުގެ ޢަމަލުތައް ހިންގައިގެން ނުޙައްގުން ލިބޭ މާލީ މަންފާ ހުއްޓުވައި އެ މުދާ ދައުލަތަށް ނެގޭނެ ނިޒާމެއް ޤާއިމުކުރުމެވެ. މަނީ ލޯންޑަރިންއާއި ޓެރަރިޒަމާއި މީހަކު މެރުމުގެ ކުށާއި މަސްތުވާތަކެތީގެ ކުށާއި މީހުން ޓްރެފިކް ކުރުމާއި ހަތިޔާރު ޓްރެފިކް ކުރުމާއި އެކްސްޕްލޮއިޓޭޝަން އެކުލެވޭ ޖިންސީ ކުށާއި ކައުންޓަރފިޓް ކުރުމާއި ކޮރަޕްޝަނާއި އިންތިޒާމުވެގެން ހިންގާ ކުށްތައް ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއް ބިލުގައި ހިމެނެއެވެ. އެ ކުށްތައް ކޮށްގެން ހޯދާ މުދަލުގެ އިތުރުން ކުށް ކުރުމަށް ބޭނުންކުރާ މުދާ ވެސް ދައުލަތަށް ނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ކުރާ ކުށްތައް ވެސް މި ޤާނޫނުގެ ދަށުން ބެލޭނެއެވެ. ޤާނޫނު ވުޖޫދުވުމުގެ ކުރިން ހިންގާފައިވާ ކުށްތަކުން ހޯދި މުދަލާއި އެ މުދަލުން މިހާތަނަށް ނެރެމުން އަންނަ ފައިދާ ވެސް ދައުލަތަށް ނެގެން ފަށާނެއެވެ. ބިލުގައި ކަނޑައެޅިފައިވާ ގޮތުން މުދާ ނެގުމުގެ ނިންމުންތައް ބިނާކުރާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ މައްޗަށެވެ.

ބިލު ޤާނޫނަކަށް ވެ ޢަމަލުކުރަން ފެށުމާ އެކު 30 ދުވަހުގެ ތެރޭގައި "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ނަމުގައި މިނިވަން އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހެއެވެ. ދައުލަތަށް ނެގޭ މުދާ ރައްކާތެރިކަމާ އެކު ބެލެހެއްޓުމާއި އަގުމަގު ކުރުމާއި ދަފްތަރު ކުރުމާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމުގެ މަސައްކަތް ކުރާނީ އެ އިދާރާއިންނެވެ. ހަމައެއާ އެކު ޤާނޫނަށް ޢަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި "ރިކަވަރޑް އެސެޓް ފަންޑެއް" ވެސް ޤާއިމުކުރާ ގޮތަށް ބިލުގައި ހިމަނާފައިވެއެވެ. ރާއްޖޭން ބޭރުގައި ހުންނަ ކުށުގެ މުދާ ހޯދުމުގައި ބައިނަލްއަޤުވާމީ އެހީ ހޯދުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިދޭ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބޭރު ޤައުމުތައް މެދުވެރިކޮށް ކުށުގެ މުދާ ހިފެހެއްޓުމާއި ނެގުމުގެ ތަފްސީލީ އުސޫލުތައް ވެސް ބިލުގައި ހިމެނެއެވެ. މި ބިލާ ގުޅިގެން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް ސަރުކާރުން ވަކިން މަޖިލީހަށް ހުށަހަޅާފައިވެއެވެ. ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ވަކި ޤާނޫނެއް ނެތުމުގެ ކަންބޮޑުވުން ތަންފީޒީ އިދާރާތަކުން ކުރިން ވެސް ފާޅުކޮށްފައިވާއިރު މި ބިލު ފާސްވެއްޖެ ނަމަ ނުޙައްގު މުއްސަނދިކަމާ ދެކޮޅަށް ޤާނޫނީ ބާރެއް ލިބިގެންދާނެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައި ކޮންޓްރޯލުކުރުމުގެ އެއްބަސްވުމެއް ޓްރަމްޕް އިޢުލާނުކޮށްފި
ދުނިޔެ 29 Aug 2026

ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައި ކޮންޓްރޯލުކުރުމުގެ އެއްބަސްވުމެއް ޓްރަމްޕް އިޢުލާނުކޮށްފި

މި އެއްބަސްވުމުގެ ތެރެއިން އެމެރިކާގެ ޕްރައިވެޓް ކުންފުނިތަކަށް ވެނެޒުއެލާގެ ތެޔޮ އެކްސްޕޯޓުކުރުމުގެ ދާއިރާގައި ވިޔަފާރީގެ ދޮރު ހުޅުވިގެންދާނެއެވެ. ދާރިސުން ފާހަގަކުރާ ގޮތުގައި މީގެ ދެ މައިގަނޑު މަޤުޞަދެއް އޮތެވެ. އެއީ އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު ދަށްކުރުމާއި ވެނެޒުއެލާގެ ވީރާނާވެފައި އޮތް ތެލުގެ ޞިނާޢަތް އަލުން ބިނާކުރުމެވެ.

ނޭޕާލް ފެންބޮޑުވުމުން އަރައިގަތުމަށް ފަސް ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފި
ދުނިޔެ 29 Aug 2026

ނޭޕާލް ފެންބޮޑުވުމުން އަރައިގަތުމަށް ފަސް ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފި

ނޭޕާލުގެ މާލީ ވަޒީރު ސުވަރްނީމް ވާގްލީ ވިދާޅުވި ގޮތުގައި އެ ޢަދަދަކީ ނޭޕާލުގެ ޖުމްލަ އިޤުތިޞާދުގެ ގާތްގަނޑަކަށް ދިހަ ބައިކުޅަ އެއް ބަޔާ އެއްވަރުގެ މިންވަރެކެވެ. ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި 2015 ވަނަ އަހަރުގެ ބިންހެލުމަށް ވުރެ މި ފަހަރުގެ ކާރިސާގެ ޚަރަދު ކުޑަވާނެ ކަމަށް އެ ވަޒީރު އަންދާޒާ ކުރައްވައެވެ.

ޤާނޫނާ ޚިލާފުވާން ގޮވައިލުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށް ފަލާހް ވިދާޅުވެއްޖެ
ހަބަރު 29 Aug 2026

ޤާނޫނާ ޚިލާފުވާން ގޮވައިލުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށް ފަލާހް ވިދާޅުވެއްޖެ

ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރުން ލާޒިމުކުރާ ބިލާ ދެކޮޅަށް ހުރިހާ ރިސޯޓަކުން ތެދުވާން ޖެހޭ ކަމަށް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ޕީއެންއެފުން ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައެވެ. މި ބަދަލުގެ ސަބަބުން އެންމެ ބޮޑު ދައްޗެއް ކުރިމަތިވާނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި ހަމައެކަނި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ )މަޓީ( އިން ދެކޮޅު ހެދުމުން ނުފުދޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި 70 މެގަވޮޓުގެ އައު އިންޖީނުގެއެއް ބިނާކުރުމަށް ތައްޔާރުވެއްޖެ
ހަބަރު 29 Aug 2026

ސްޓެލްކޯއިން ހުޅުމާލޭގައި 70 މެގަވޮޓުގެ އައު އިންޖީނުގެއެއް ބިނާކުރުމަށް ތައްޔާރުވެއްޖެ

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކާ ގުޅިގެން ހުޅުމާލެއާއި މާލެ ސަރަޙައްދުގެ އާބާދީ ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ކަރަންޓުގެ ނިޒާމަށް މިހާރުން މިހާރަށް ވެސް މުހިންމު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. މި މަޝްރޫޢު ނިމުމުން ހުޅުމާލޭގެ ޖުމުލަ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އެރުމުގެ އިތުރުން ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ހިނގަމުންދާ ކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ތިން ދާއިރާއެއްގެ ސްޕެޝަލިސްޓް ފަރުވާ މިއަދު ތައާރަފުކޮށްފި
ހަބަރު 29 Aug 2026

ހުޅުމާލެ ހޮސްޕިޓަލުން ތިން ދާއިރާއެއްގެ ސްޕެޝަލިސްޓް ފަރުވާ މިއަދު ތައާރަފުކޮށްފި

އެ ތިން ޚިދުމަތް އިފުތިތާޙުކުރީ އެ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި
ހަބަރު 29 Aug 2026

މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި

މިފްކޯއިން ބުނީ މި ބަދަލު ގެނައީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ބެލުމަށްފަހު މަސްވެރިންނަށް އެކަށީގެންވާ އަގެއް ހޯދައިދީ ދެމެހެއްޓެނިވި މަސްވެރިކަމެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކަމަށެވެ.