Newscast
ދުނިޔެ

ނޭޕާލް ފެންބޮޑުވުމުން އަރައިގަތުމަށް ފަސް ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 29 Aug 2026
ނޭޕާލް ފެންބޮޑުވުމުން އަރައިގަތުމަށް ފަސް ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފި
ނޭޕާލްގެ ބިންގަނޑު ކަނޑައިގެންގޮސް ކާރިސާ ހިނގި ސަރަހައްދެއް.. ފޮޓޯ: ނޭޕާލް ނިއުސް

ނޭޕާލުގެ މާލީ ވަޒީރު ސުވަރްނީމް ވާގްލީ ވިދާޅުވި ގޮތުގައި އެ ޢަދަދަކީ ނޭޕާލުގެ ޖުމްލަ އިޤުތިޞާދުގެ ގާތްގަނޑަކަށް ދިހަ ބައިކުޅަ އެއް ބަޔާ އެއްވަރުގެ މިންވަރެކެވެ. ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި 2015 ވަނަ އަހަރުގެ ބިންހެލުމަށް ވުރެ މި ފަހަރުގެ ކާރިސާގެ ޚަރަދު ކުޑަވާނެ ކަމަށް އެ ވަޒީރު އަންދާޒާ ކުރައްވައެވެ.

މި ހަފުތާގައި ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ބޮޑު ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް ހަތަރު ބިލިޔަނާއި ފަސް ބިލިޔަން ޑޮލަރާ ދެމެދު ޢަދަދެއް ޚަރަދުވާނެ ކަމަށް އެ ޤައުމުގެ މާލީ ވަޒީރު ހާމަކުރައްވައިފިއެވެ.

ނޭޕާލުގެ މާލީ ވަޒީރު ސުވަރްނީމް ވާގްލީ ވިދާޅުވި ގޮތުގައި އެ ޢަދަދަކީ ނޭޕާލުގެ ޖުމްލަ އިޤުތިޞާދުގެ ގާތްގަނޑަކަށް ދިހަ ބައިކުޅަ އެއް ބަޔާ އެއްވަރުގެ މިންވަރެކެވެ. ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި 2015 ވަނަ އަހަރުގެ ބިންހެލުމަށް ވުރެ މި ފަހަރުގެ ކާރިސާގެ ޚަރަދު ކުޑަވާނެ ކަމަށް އެ ވަޒީރު އަންދާޒާ ކުރައްވައެވެ.

އޮގަސްޓް 26 ވަނަ ދުވަހު ހިމާލަޔާ ފަރުބަދަމަތީ ސަރަޙައްދަކުން ބޮޑު ގަނޑުފެން ގަނޑެއް ކަނޑައިގެން ދިޔުމާ ގުޅިގެން ކޯރުތަކުގައި ކުއްލި ގޮތަކަށް ފެންގަނޑު ބޮޑުވެ ހިލައާއި ކިސަޑާއި ގަނޑުފެން ފައިބައިގެން ދިޔައީއެވެ. މި ހާދިސާގައި ނޭޕާލާއި ޓިބެޓުން މަރުވި މީހުންގެ ޢަދަދު 600 އަށް އަރާފައިވާ އިރު 3,000 އެއްހާ މީހުން ގެއްލިފައިވާ ކަމަށް ދެ ޤައުމުގެ އިދާރާތަކުން ބުނެއެވެ. ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ގިނަ އަވަށްތައް ސުންނާފަތިވެ މަގުތަކާއި ބުރިޖުތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

ފެނުން ކަރަންޓު އުފައްދާ ނޭޕާލުގެ ނިޒާމަށް ވެސް މި ކާރިސާގައި ބޮޑެތި ގެއްލުންތައް ކުރިމަތިވެފައިވެއެވެ. އެ ޤައުމުން އުފައްދާ ޖުމްލަ ކަރަންޓުގެ %12 ޙިއްޞާކުރާ މަރުކަޒުތަކުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. ނޭޕާލުގެ އިޤުތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ބޭރު ޤައުމުތަކުގައި މަސައްކަތްކުރާ ރައްޔިތުން ފޮނުވާ ފައިސާއާއި ހަކަތައިގެ ދާއިރާގެ މައްޗަށެވެ.

ޤުދުރަތީ ކާރިސާތަކުގެ ނުރައްކާ ބޮޑު ނޭޕާލަށް 2015 ވަނަ އަހަރު ކުރިމަތިވި ބާރުގަދަ ބިންހެލުމުގައި ގާތްގަނޑަކަށް 9,000 މީހުން މަރުވެ ގެއްލުންތަކުން އަރައިގަތުމަށް ނުވަ ބިލިޔަން ޑޮލަރު ހޭދަވެފައިވެއެވެ. މި ފަހަރުގެ ކާރިސާއާ ގުޅިގެން ވެސް އެ ޤައުމުގެ އިޤުތިޞާދަށް ބޮޑު ލޮޅުމެއް ކުރިމަތިވާނެ ކަމަށް ދާރިސުން ޤަބޫލުކުރެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައި ކޮންޓްރޯލުކުރުމުގެ އެއްބަސްވުމެއް ޓްރަމްޕް އިޢުލާނުކޮށްފި
ދުނިޔެ 29 Aug 2026

ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައި ކޮންޓްރޯލުކުރުމުގެ އެއްބަސްވުމެއް ޓްރަމްޕް އިޢުލާނުކޮށްފި

މި އެއްބަސްވުމުގެ ތެރެއިން އެމެރިކާގެ ޕްރައިވެޓް ކުންފުނިތަކަށް ވެނެޒުއެލާގެ ތެޔޮ އެކްސްޕޯޓުކުރުމުގެ ދާއިރާގައި ވިޔަފާރީގެ ދޮރު ހުޅުވިގެންދާނެއެވެ. ދާރިސުން ފާހަގަކުރާ ގޮތުގައި މީގެ ދެ މައިގަނޑު މަޤުޞަދެއް އޮތެވެ. އެއީ އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު ދަށްކުރުމާއި ވެނެޒުއެލާގެ ވީރާނާވެފައި އޮތް ތެލުގެ ޞިނާޢަތް އަލުން ބިނާކުރުމެވެ.

ޤާނޫނާ ޚިލާފުވާން ގޮވައިލުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށް ފަލާހް ވިދާޅުވެއްޖެ
ހަބަރު 29 Aug 2026

ޤާނޫނާ ޚިލާފުވާން ގޮވައިލުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށް ފަލާހް ވިދާޅުވެއްޖެ

ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރުން ލާޒިމުކުރާ ބިލާ ދެކޮޅަށް ހުރިހާ ރިސޯޓަކުން ތެދުވާން ޖެހޭ ކަމަށް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ޕީއެންއެފުން ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައެވެ. މި ބަދަލުގެ ސަބަބުން އެންމެ ބޮޑު ދައްޗެއް ކުރިމަތިވާނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި ހަމައެކަނި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ )މަޓީ( އިން ދެކޮޅު ހެދުމުން ނުފުދޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި 70 މެގަވޮޓުގެ އައު އިންޖީނުގެއެއް ބިނާކުރުމަށް ތައްޔާރުވެއްޖެ
ހަބަރު 29 Aug 2026

ސްޓެލްކޯއިން ހުޅުމާލޭގައި 70 މެގަވޮޓުގެ އައު އިންޖީނުގެއެއް ބިނާކުރުމަށް ތައްޔާރުވެއްޖެ

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކާ ގުޅިގެން ހުޅުމާލެއާއި މާލެ ސަރަޙައްދުގެ އާބާދީ ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ކަރަންޓުގެ ނިޒާމަށް މިހާރުން މިހާރަށް ވެސް މުހިންމު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. މި މަޝްރޫޢު ނިމުމުން ހުޅުމާލޭގެ ޖުމުލަ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އެރުމުގެ އިތުރުން ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ހިނގަމުންދާ ކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ތިން ދާއިރާއެއްގެ ސްޕެޝަލިސްޓް ފަރުވާ މިއަދު ތައާރަފުކޮށްފި
ހަބަރު 29 Aug 2026

ހުޅުމާލެ ހޮސްޕިޓަލުން ތިން ދާއިރާއެއްގެ ސްޕެޝަލިސްޓް ފަރުވާ މިއަދު ތައާރަފުކޮށްފި

އެ ތިން ޚިދުމަތް އިފުތިތާޙުކުރީ އެ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި
ހަބަރު 29 Aug 2026

މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި

މިފްކޯއިން ބުނީ މި ބަދަލު ގެނައީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ބެލުމަށްފަހު މަސްވެރިންނަށް އެކަށީގެންވާ އަގެއް ހޯދައިދީ ދެމެހެއްޓެނިވި މަސްވެރިކަމެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކަމަށެވެ.

ނަޝީދާ އެކު "ބޮޑު ބަދަލު" ގެ މަސައްކަތުގައި ދެމިހުންނާނެ ކަމަށް ފައްޔާޒު ބުނެފި
ހަބަރު 29 Aug 2026

ނަޝީދާ އެކު "ބޮޑު ބަދަލު" ގެ މަސައްކަތުގައި ދެމިހުންނާނެ ކަމަށް ފައްޔާޒު ބުނެފި

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ބޮޑު ބަދަލު"ގެ ނަމުގައި އޮތް ވަޓްސްއެޕް ގްރޫޕަކުން ތިން ހަފުތާ ކުރިން ނުކުމެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެއީ ރަސްމީ ގްރޫޕެއް ނޫން ކަމަށެވެ. "މިހާރު" ނޫހަށް މަޢުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި ފައްޔާޒް ގްރޫޕުން ނުކުމެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ރޭހުގައި ނަޝީދު ވާދަކުރައްވަން ޖެހޭ ކަމަށް ބައެއް މެންބަރުން ތަކުރާރުކޮށް ލިޔަމުން ދިޔަ ދުވަހެއްގައެވެ. ގްރޫޕުން ވަކިވެވަޑައިގެންނެވުމުގެ ކުރިން ފައްޔާޒް ލިޔުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ގްރޫޕް އުފެއްދި ބޭނުން ކެނޑިއްޖެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.