އެފްޑީސީ ފްލެޓުތަކުގެ ރައްކާތެރިކަން ވަރުގަދަކުރުމުގެ މަޝްވަރާތައް ފަށައިފި
ހަމްދާން ވިދާޅުވި ގޮތުގައި "އަމާން އުދަރެސް" އާއި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ދެނެގަތުމާއި އެ ތަންތަނުގައި ދިރިއުޅޭ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިހާރު ދަނީ މަޝްވަރާކުރަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ފެށި މި މަސައްކަތުގައި ހުރިހާ ޔުނިޓެއްގައި ވެސް ސަލާމަތީ ފިޔަވަޅު އެޅުމަށް ރާވާފައިވާ ކަމަށާއި އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ތަންތަނަށް ފުރަތަމަ ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވިއެވެ.
އަހުމަދު އާހިލް ސައީދު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ނިންމައި އެ ކަމާ ގުޅޭ މަޝްވަރާތައް ފަށާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ހަމްދާން ވިދާޅުވި ގޮތުގައި "އަމާން އުދަރެސް" އާއި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ދެނެގަތުމާއި އެ ތަންތަނުގައި ދިރިއުޅޭ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިހާރު ދަނީ މަޝްވަރާކުރަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ފެށި މި މަސައްކަތުގައި ހުރިހާ ޔުނިޓެއްގައި ވެސް ސަލާމަތީ ފިޔަވަޅު އެޅުމަށް ރާވާފައިވާ ކަމަށާއި އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ތަންތަނަށް ފުރަތަމަ ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރެސިޑެންޝަލް ޓަވަރުތަކުގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކުރުމަށް އެޗްޑީސީއަށް އެންގުމަށް މާލެ ސިޓީ ކައުންސިލުން ވެސް އިއްޔެ ވަނީ ފާސްކޮށްފައެވެ.
ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ނިންމުން މި އައީ ސްޓެލްކޯގެ ފްލެޓް އިމާރާތެއްގެ 12 ވަނަ ބުރިން އުމުރުން ދެ އަހަރުގެ ކުއްޖަކު މިދިޔަ އަންގާރަ ދުވަހު ވެއްޓި ނިޔާވެފައި ވަނިކޮށެވެ. މާތް ﷲ އެ ކުއްޖާއަށް ރަޙްމަތް ލައްވާށިއެވެ. އޭގެ އެއް ދުވަސް ކުރިން އެފްޑީސީގެ ފްލެޓަކުން 16 އަހަރުގެ ކުއްޖަކު ވެއްޓިފައިވާ އިރު އެ ކުއްޖާގެ ހާލު ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ޚިލާފަށް ދެވަނަ ފިޔަވަހީގައި އުސް އިމާރާތްތައް ގިނަވެ ހަލުވިކަމާ އެކު އާބާދީ އިތުރުވަމުން ދާ ވަރަކަށް މި ބާވަތުގެ ކަންބޮޑުވުންތައް ވެސް ދަނީ ބޮޑުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް