ސީއެސްސީން އެކުލަވައިލި އުސޫލަކުން ކައުންސިލް ވަޒީފާ ދުރުގައި ހުރެ އަދާކުރެވޭ ގޮތް ހަމަޖައްސައިފި
މިދިޔަ މަހުގެ 24 ވަނަ ދުވަހު ނެރުނު މި އުސޫލުގެ ނަމަކީ "އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލްގެ އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި ވަޒީފާތަކަށް މީހުން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ. މި އުސޫލުގެ ދަށުން ނެގޭނީ ކައުންސިލްތަކުގެ އޮނިގަނޑުގައި ހިމެނޭ އިދާރީ މަޤާމުތަކަށް ބޭނުންވާ މީހުންނެވެ.
އަހުމަދު އާހިލް ސައީދު
އާބާދީ މަދު ރަށްރަށުގެ ކައުންސިލް އިދާރާތަކަށް މުވައްޒަފުން ހޯދުމުގައި ދިމާވާ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ހަމަ އެ އަތޮޅުގެ އެހެން ރަށެއްގައި ދިރިއުޅޭ މީހަކަށް އެ މީހެއްގެ ރަށުގެ ކައުންސިލް އިދާރާއަށް ހާޒިރުވެ ވަޒީފާ އަދާކުރެވޭ ގޮތަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އުސޫލެއް ގެޒެޓުކޮށްފިއެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ނެރުނު މި އުސޫލުގެ ނަމަކީ "އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލްގެ އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި ވަޒީފާތަކަށް މީހުން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ. މި އުސޫލުގެ ދަށުން ނެގޭނީ ކައުންސިލްތަކުގެ އޮނިގަނޑުގައި ހިމެނޭ އިދާރީ މަޤާމުތަކަށް ބޭނުންވާ މީހުންނެވެ.
އެ އުސޫލު ބުނާ ގޮތުން ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލާން ޖެހެނީ އެ އަތޮޅުގެ ކޮންމެ ރަށެއްގެ ރައްޔިތަކަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. ވަޒީފާއަށް ހޮވޭ ފަރާތް ދިރިއުޅޭ ތަނަކީ ހަމަ އެ އަތޮޅުގެ ރަށެއް ކަމުގައި ވާން ޖެހެއެވެ. އަދި ވަޒީފާ ހަމަޖެހޭ މީހާ އެ ދިރިއުޅޭ ރަށެއްގެ ކައުންސިލް އޮފީހަށް ނުކުމެ މަސައްކަތްކުރެވޭ ގޮތް ޔަޤީންކުރުމަކީ މީހުން ނެގުމުގެ މަރުހަލާގައި ވެސް ކަށަވަރުކުރާން ޖެހޭ ކަމެއް ކަމަށް އެ އުސޫލުގައިވެއެވެ.
މި އިންތިޒާމުގެ ދަށުން ވަޒީފާ ލިބޭ މީހާގެ މަސައްކަތް ބެލެހެއްޓުމުގެ ޒިންމާ ސީއެސްސީން ހަވާލުކޮށްފައި ވަނީ އެ މީހާ ހާޒިރުވާ ކައުންސިލް އޮފީހުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ފަރާތާއެވެ. އެހެން ނަމަވެސް މުވައްޒަފުގެ މުސާރަ ދޭން ޖެހޭނީ އެ ވަޒީފާ ރަސްމީކޮށް ނިސްބަތްވާ ކައުންސިލުންނެވެ.
މި އުސޫލުގެ ސަބަބުން ކުދި އާބާދީގެ ރަށްރަށުގެ ކައުންސިލް އިދާރާތައް ހިންގުމަށް ބޭނުންވާ އިދާރީ މުވައްޒަފުން ހަމަޖެއްސުމުގެ މަގު ފަހިވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް