ޖުލައި މަހު މުދަލު ޒަކާތުން ލިބުނު ފައިސާ 17 މިލިއަނަށް އަރައިފި
ޒަކާތު ހައުސް ގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުން ލިބިފައި ވަނީ 12.04 މިލިއަން ރުފިޔާއެވެ. އެހެންކަމުން އަހަރުން އަހަރަށް ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ ޢަދަދެއް އިތުރުވެފައިވެއެވެ.
މިދިޔަ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޖުމުލަ ޢަދަދު 17.37 މިލިއަން ރުފިޔާއަށް އެރި ކަމަށާއި މިއީ 2023 ވަނަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު 44.2 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ބުނެފިއެވެ.
ޒަކާތު ހައުސް ގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުން ލިބިފައި ވަނީ 12.04 މިލިއަން ރުފިޔާއެވެ. އެހެންކަމުން އަހަރުން އަހަރަށް ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ ޢަދަދެއް އިތުރުވެފައިވެއެވެ.
ޒަކާތުގެ ގޮތުގައި ޖަމާވި ފައިސާ އިތުރުވަމުން ދާއިރު ޒަކާތު ފަންޑުން ޖުލައި މަހު ޖުމުލަ 2.80 މިލިއަން ރުފިޔާ ބެހެނިވެރިންނަށް ދޫކޮށްފައިވާ ކަމަށް އެ ހައުސް އިން ބުނެފައިވެއެވެ. އެންމެ ބޮޑު ޙިއްޞާއެއް ކަމުގައިވާ 1.75 މިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވަނީ ފަޤީރުންނާއި މިސްކީނުންގެ ބަޔަށެވެ. ބޭސްފަރުވާގެ އެހީގެ ގޮތުގައި 1.48 މިލިއަން ރުފިޔާ ޒަރޫރީ ބޭނުންތަކަށް 115,250 ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް 155,950 ރުފިޔާ ހޭދަކޮށްފައިވެއެވެ.
މީގެ އިތުރުން މި މަހުގެ ތެރޭގައި ޒަކާތު ހައުސް އިން ވަނީ މުދަލު ޒަކާތުގެ ނިޞާބަށް ވެސް ބަދަލެއް ގެނެސްފައެވެ.
ރިހީގެ ބާޒާރު އަގަށް ރިޢާޔަތްކޮށް މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ނިޞާބުގެ މިންވަރު ކަމުގައި ކަނޑައަޅާފައި ވަނީ ގްރާމަކަށް 32.38 ލާރީގެ ރޭޓުން 595 ގްރާމަށް ޖެހޭ 19,266.10 ރުފިޔާއެވެ. އެ ޢަދަދަށް ވުރެ މަތީ މުދާ ހުރި ކޮންމެ ފަރާތަކަށް ޒަކާތް ނެރުން ވާޖިބުވާ ގޮތަށް އެ ހައުސް އިން ހަމަޖައްސާފައިވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް