މައިގަނޑު ބަޔަށް ދާން

ހަބަރު

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ހުށަހެޅުމުގެ މުއްދަތު ސެޕްޓެމްބަރު 14 އާ ހަމައަށް އިތުރުކޮށްފި

ކުރިން އޮގަސްޓް 31 ވަނަ ދުވަހު ބަންދުވާ ގޮތަށް އޮތް މި ފުރުސަތު މިހާރު އޮތީ ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށް ހުޅުވާލައިފައެވެ. މި އެވޯޑުގައި ތިން ކެޓަގަރީއަކުން ޖުމްލަ 20 އެވޯޑެއް ދިނުމަށް ވަނީ ރާވައިފައެވެ.

އަހުމަދު އާހިލް ސައީދު

އެމްއައިބީ ގެސްޓް ހައުސް އެވޯޑްސް؛ ފޮޓޯ / އެމްއައިބީ
އެމްއައިބީ ގެސްޓް ހައުސް އެވޯޑްސް؛ ފޮޓޯ / އެމްއައިބީ

ގިނަ ފަރާތްތަކެއްގެ އެދުމާ އެއްގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލެވޭ ސުންގަޑި ދެ ހަފްތާއަށް ދިގުކޮށްފިއެވެ.

ކުރިން އޮގަސްޓް 31 ވަނަ ދުވަހު ބަންދުވާ ގޮތަށް އޮތް މި ފުރުސަތު މިހާރު އޮތީ ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށް ހުޅުވާލައިފައެވެ. މި އެވޯޑުގައި ތިން ކެޓަގަރީއަކުން ޖުމްލަ 20 އެވޯޑެއް ދިނުމަށް ވަނީ ރާވައިފައެވެ.

އެ 20 އެވޯޑުގެ ތެރޭގައި ދެ ޓިއާއަކަށް ބެހޭ ގެސްޓްހައުސް 16 އެވޯޑަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަކިވަކި ފަރާތްތަކަށް ޚާއްޞަ ތިން އެވޯޑާއި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" ގެ ނަމުގައި އެންމެ ފާހަގަކޮށްލެވޭ ރަށަށް ދެވޭ އެވޯޑެއް ހިމެނެއެވެ. އިވެލުއޭޝަން މަރުހަލާ އިންސާފުވެރިކޮށް ގެންދިއުމަށްޓަކައި މުސްތަގިއްލު ތިންވަނަ ފަރާތެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް އެޑްވައިޒަރީ ހަރަކާތްތެރިވާނެ ކަމަށް އެމްއައިބީން ބުނެފައިވެއެވެ.

އެ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި މި އެވޯޑުގެ މަޤުޞަދަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ ފެންވަރު ރަނގަޅުކޮށް އީޖާދީ އަދި ދެމެހެއްޓެނިވި ޚިދުމަތްތަކަށް ހިތްވަރު ދިނުމާ އެކު ދިވެހިވަންތަ މެހެމާންދާރީގެ އަގު ވަޒަންކުރުމެވެ.

މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ގެސްޓްހައުސްތަކާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ރަށްރަށުގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.