މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ފީފާގެ އެހީތެރިކަން އާޖެންޓީނާއަށް ލިބޭ ކަމަށް ބުނާ ވާހަކަތައް މެސީ ދޮގުކޮށްފި

އޭނާ ބުނި ގޮތުގައި އެ ޓީމަށް އެއްވެސް ކާމިޔާބީއެއް ފަސޭހަކަމާ އެކު ލިބިފައެއް ނުވެއެވެ.

އަހުމަދު އާހިލް ސައީދު

އާޖެންޓީނާގެ ކެޕްޓެއިން، ލިޔޮނަލް މެސީ؛ ފޮޓޯ / ޕްލެނެޓް ފުޓްބޯލް
އާޖެންޓީނާގެ ކެޕްޓެއިން، ލިޔޮނަލް މެސީ؛ ފޮޓޯ / ޕްލެނެޓް ފުޓްބޯލް

ފީފާގެ އެހީތެރިކަން އާޖެންޓީނާއަށް ލިބޭ ކަމަށް ބުނާ ވާހަކަތައް މެސީ ދޮގުކޮށްފިއެވެ.

އޭނާ ބުނި ގޮތުގައި އެ ޓީމަށް އެއްވެސް ކާމިޔާބީއެއް ފަސޭހަކަމާ އެކު ލިބިފައެއް ނުވެއެވެ.

މި މުބާރާތުގައި އާޖެންޓީނާ ކުޅުނު ބައެއް މެޗުތަކުގައި ވީއޭއާރް ގެ ނިންމުންތަކާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. ޚާއްޞަކޮށް މިޞްރާއި ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ނިންމި ވީއޭއާރްގެ ނިންމުންތަކަކީ އާޖެންޓީނާއަށް ފައިދާވާ ގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ބުނެ އިދިކޮޅު ޓީމުތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މީގެ އިތުރުން، އިންގްލޭންޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގައި ޖުމްލަ 26 ފައުލް ދައްކާފައިވާއިރު، މި މެޗުގެ ރެފްރީންގެ ނިންމުންތަކަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. މި މެޗުގައި ކަންތައްތައް ހިނގައިދިޔަ ގޮތުން، އާޖެންޓީނާއަށް ރެފްރީންގެ އެހީތެރިކަން ލިބޭ ކަމަށް ބުނާ ބުނުންތަކަށް އިތުރު ބާރެއް ލިބިގެންދިޔަ ކަމަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ސަބަބުތަކާ ހުރެ، މުބާރާތުގައި ވާދަކުރި އެކި ޓީމުތަކުގެ ގިނަ މެނޭޖަރުންތަކެއް ވަނީ ފީފާއިން އާޖެންޓީނާއަށް ޚާއްޞަ އިނާޔަތްތަކެއް ނުވަތަ ފޭވަރިޓިޒަމް ގެންގުޅޭ ކަމަށް ބުނެ ފާޑުކިޔާފައެވެ. ބައެއް ކޯޗުން ބުނެފައިވާ ގޮތުގައި މެސީ އަދި އާޖެންޓީނާ މުބާރާތުގެ ކުރިއަށް ގެންދިއުމަށްޓަކައި ފުޓްބޯޅައިގެ އިސް އިދާރާތަކުން ބާރު އަޅަމުންދެއެވެ.

މި ހުރިހާ ތުހުމަތުތަކަކަށް ރައްދު ދެމުން މެސީ ބުނެފައިވަނީ، ވޭތުވެދިޔަ ހަތަރު އަހަރު ދުނިޔޭގެ އެންމެ މޮޅު ޓީމަކީ އާޖެންޓީނާ ކަމަށާއި، ފައިނަލަށް ދެވުނީ ޓީމުގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި ބޭރުގެ އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް އެ ޓީމަށް ލިބިފައިނުވާނެ ކަމަށް ވެސް އޭނާ ވަނީ ޔަގީންކަމާ އެކު ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.