ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ކޮންޓެންޓް ދައުރުނުކުރުމަށް މީޑިއާ ކޮމިޝަނުން އިލްތިމާސްކޮށްފި
ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ކޮމިޝަނުން ޢާންމުކުރި ޕޯސްޓެއްގައި ފާހަގަކޮށްފައިވާ ގޮތުން އެ ބާވަތުގެ ކޮންޓެންޓް ހާމަކުރުމަކީ ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންނާއި މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު ކަމެކެވެ.
އަހުމަދު އާހިލް ސައީދު
ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ކޮންޓެންޓް އާންމުކުރުމާއި ދައުރުކުރުން ހުއްޓައިލުމަށް ގޮވައިލައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އިލްތިމާސެއް ނެރެފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ކޮމިޝަނުން ޢާންމުކުރި ޕޯސްޓެއްގައި ފާހަގަކޮށްފައިވާ ގޮތުން އެ ބާވަތުގެ ކޮންޓެންޓް ހާމަކުރުމަކީ ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންނާއި މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު ކަމެކެވެ.
އެހެންކަމުން އެފަދަ ޕޯސްޓްތައް ފެތުރުން ހުއްޓައިލައި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމާ އެކު ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
މި އިލްތިމާސް ނެރެފައި މި ވަނީ ހުޅުމާލޭގެ ޢިމާރާތަކުން ކުއްޖަކު ވެއްޓުނު ހާދިސާގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ފެތުރުނު މައްސަލައެއް ދާދި ފަހުން ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
މީޑިއާ ކޮމިޝަނުން ދަނީ މިކަހަލަ ހާދިސާތައް ދިމާވާ ދަނޑިވަޅުތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށާއި އެ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ކޮންޓެންޓް އާންމުކުރުމާއި ދައުކުރުމާއި ދެކޮޅަށް އާންމުންނަށް ނަސޭހަތް ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް