Newscast
ހަބަރު

ރައީސް މުޢިއްޒު ފައިމަގުގައި މާލެއިން ވިލިމާލެއަށް ވަޑައިގެންފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 30 Aug 2026
ރައީސް މުޢިއްޒު ފައިމަގުގައި މާލެއިން ވިލިމާލެއަށް ވަޑައިގެންފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް

މި ޒިޔާރަތުގައި ސަރުކާރުގެ ވަޒީރުންނާއި ބައެއް އިސް ބޭފުޅުން ރައީސްގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މާލެ ސަރަޙައްދުގެ އެންމެ ބިޔަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުގެ ތެރެއިން މާލެއާއި ވިލިމާލެ ގުޅުވައިދޭ ފަހު ސެގްމަންޓު ޖެހީ ނިމިދިޔަ ހަފުތާ ތެރޭގައެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތް ބައްލަވައިލެއްވުމަށް ކުރެއްވި ޒިޔާރަތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައިމަގުގައި މާލެއިން ވިލިމާލެއަށް ވަޑައިގެންފިއެވެ.

މި ޒިޔާރަތުގައި ސަރުކާރުގެ ވަޒީރުންނާއި ބައެއް އިސް ބޭފުޅުން ރައީސްގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މާލެ ސަރަޙައްދުގެ އެންމެ ބިޔަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުގެ ތެރެއިން މާލެއާއި ވިލިމާލެ ގުޅުވައިދޭ ފަހު ސެގްމަންޓު ޖެހީ ނިމިދިޔަ ހަފުތާ ތެރޭގައެވެ.

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން 2022 ވަނަ އަހަރު ފެށި މި ބުރިޖުގެ މަސައްކަތް އަވަސްކުރުމަށް އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރުންނާ އެކު މަޝްވަރާކުރުމަކީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކުރީ ސަރުކާރު ނިމުނުއިރު ނިމިފައި އޮތީ މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް 30 އިންސައްތައެވެ. ނަމަވެސް މިހާރު މަޝްރޫޢުގެ 76 އިންސައްތަ ވަނީ ފުރިހަމަވެފައެވެ.

ބުރިޖާއި ކޯޒުވޭ ހިމެނޭ ގޮތުން 6.7 ކިލޯމީޓަރު ދިގު މި ކަނެކްޝަނުން މާލެ ވިލިމާލެ ގުޅިފަޅު އަދި ތިލަފުށި ގުޅާލެވޭނެއެވެ. އެ ރަށްތައް ހުރަސްކުރާ ހައިވޭތައް ހެދުމުގެ މަސައްކަތް ބުރިޖުގެ މަސައްކަތާ އެކީގައި ކުރިއަށް ގެންދާނެއެވެ. ބުރިޖުގެ ފެންވަރު ކަށަވަރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

ޖުމްލަ 500 މިލިއަން ޑޮލަރު — ހަތް ބިލިއަން ރުފިޔާއަށް ވުރެ ބޮޑު — ޚަރަދެއް ހިނގާ މި މަޝްރޫޢަށް ފައިސާ ހަމަޖައްސާފައި ވަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއި ދިވެހި ސަރުކާރުގެ ބައިވެރިވުމުންނެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނިންމައި ޚިދުމަތް ފެށުމެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އިހަވަންދޫ ދޯނިތަކުން މަހަށް ދާ ދިވެހިން މަދުވެ ބިދޭސީން އިތުރުވެއްޖެ
ހަބަރު 31 Aug 2026

އިހަވަންދޫ ދޯނިތަކުން މަހަށް ދާ ދިވެހިން މަދުވެ ބިދޭސީން އިތުރުވެއްޖެ

އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް މޫސާ ޢަލީ ވިދާޅުވި ގޮތުގައި ކޮންމެ ދޯންޏެއްގައި ވެސް ދިވެއްސެއްގެ ގޮތުގައި ގިނަ ވެގެން ތިބެނީ ދެ މީހެކެވެ. ބައެއް ދޯނީގައި ކެޔޮޅު ފިޔަވައި ދެން ތިބީ ހައްތާ ވެސް ބޭރު މީހުންނެވެ.

އަމާންއުދަރެސް ޓަވަރުގެ ތިންވަނަ ބުރިން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިއްޖެ
ހަބަރު 31 Aug 2026

އަމާންއުދަރެސް ޓަވަރުގެ ތިންވަނަ ބުރިން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިއްޖެ

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:35 ހާއިރުއެވެ.

ރިސޯޓުތަކުގެ އާމްދަނީ އޮޅުވައިލައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް ދެއްވައިފި
ހަބަރު 31 Aug 2026

ރިސޯޓުތަކުގެ އާމްދަނީ އޮޅުވައިލައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް ދެއްވައިފި

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ލޯނު ދައްކައި މުވައްޒަފުންނަށް މުސާރަ ދީ ދުވަހުގެ ހިންގުމުގެ ޚަރަދުތައް ކެނޑުމަށް ފަހު ވެސް 40 އިންސައްތަ މާރުކުރެވޭނެ ތަނަވަސްކަން ކޮންމެ ރިސޯޓެއްގައި ވެސް ހުންނާނެ ކަމަށެވެ.

ތިން އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރުކޮށްފި
ހަބަރު 31 Aug 2026

ތިން އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރުކޮށްފި

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޤަވާއިދާ ހިލާފަށް މަގު ހުރަސްކުރާނަމަ މިއަދުން ފެށިގެން 100 ރުފިޔާގެ ޖޫރިމަނާއެއް!
ހަބަރު 31 Aug 2026

ޤަވާއިދާ ހިލާފަށް މަގު ހުރަސްކުރާނަމަ މިއަދުން ފެށިގެން 100 ރުފިޔާގެ ޖޫރިމަނާއެއް!

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ހުށަހެޅުއްވި މި ބިލު ކޮމިޓީ މަރުޙަލާގައި ބޮޑެތި އިޞްލާޙުތައް ގެނެސް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެއެވެ. މި ޤާނޫނާ އެކު 2009 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އުވޭނެއެވެ.

ޖުލައި މަހު މުދަލު ޒަކާތުން ލިބުނު ފައިސާ 17 މިލިއަނަށް އަރައިފި
ހަބަރު 31 Aug 2026

ޖުލައި މަހު މުދަލު ޒަކާތުން ލިބުނު ފައިސާ 17 މިލިއަނަށް އަރައިފި

ޒަކާތު ހައުސް ގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުން ލިބިފައި ވަނީ 12.04 މިލިއަން ރުފިޔާއެވެ. އެހެންކަމުން އަހަރުން އަހަރަށް ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ ޢަދަދެއް އިތުރުވެފައިވެއެވެ.