Newscast
ހަބަރު

ހުޅުމާލޭގެ މަގުތައް ރައްކާތެރިކުރުމަށް ފުލުހުންނާއި އެޗްޑީސީން މަޝްވަރާކޮށްފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 31 Aug 2026
ހުޅުމާލޭގެ މަގުތައް ރައްކާތެރިކުރުމަށް ފުލުހުންނާއި އެޗްޑީސީން މަޝްވަރާކޮށްފި
ހުޅުމާލެ ފޭސް ދޭއް... ފޮޓޯ: ވޮއިސް

ހުޅުމާލެ 1 ގެ ޕޮލިސް ސްޓޭޝަނުގައި ބޭއްވި އެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ހުޅުމާލެ ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރު އިބްރާހީމް ހަލީލާއި ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރު އަހްމަދު ހަނީފް ބައިވެރިވެވަޑައިގެންނެވި އިރު އެޗްޑީސީގެ ޕްލޭނިން ހެޑް އަހްމަދު ޝާހިދާއި އެ ކޯޕަރޭޝަނުގެ އިތުރު އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވަމުންދާތީ އެކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ފުލުހުންނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ މަޝްވަރާކޮށްފިއެވެ.

ހުޅުމާލެ 1 ގެ ޕޮލިސް ސްޓޭޝަނުގައި ބޭއްވި އެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ހުޅުމާލެ ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރު އިބްރާހީމް ހަލީލާއި ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރު އަހްމަދު ހަނީފް ބައިވެރިވެވަޑައިގެންނެވި އިރު އެޗްޑީސީގެ ޕްލޭނިން ހެޑް އަހްމަދު ޝާހިދާއި އެ ކޯޕަރޭޝަނުގެ އިތުރު އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުން ބުނީ ގިނައިން އެކްސިޑެންޓު ހިނގާ ކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކާއި ބާރު ދުވެލީގައި ދުއްވާ ސަރަހައްދުތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް އެ ސަރަހައްދުތަކުގައި އަވަސް ފިޔަވަޅުތައް އެޅުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. މަގުމަތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އިންޖިނިއަރިން އާއި އެންފޯސްމަންޓް އަދި އެޑިއުކޭޝަންގެ ދާއިރާއިން މަސައްކަތްކުރުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.

މި ބައްދަލުވުން ބާއްވާފައި މި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް 7 ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.

އެ ކުއްޖާއަށް އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ އިރު އެ ކުއްޖާ ގޮވައިގެން ސައިކަލު ދުއްވަން އިން ބޮޑުދައިތައަށް ވެސް އަނިޔާވެފައިވެއެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުން ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލު ޖެހިފައި ވަނީ ވިނަރެސް 7 ކައިރީ މަޑުކޮށްފައި އޮތް ކާރަކަށް އެރުމަށް މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އިހަވަންދޫ ދޯނިތަކުން މަހަށް ދާ ދިވެހިން މަދުވެ ބިދޭސީން އިތުރުވެއްޖެ
ހަބަރު 31 Aug 2026

އިހަވަންދޫ ދޯނިތަކުން މަހަށް ދާ ދިވެހިން މަދުވެ ބިދޭސީން އިތުރުވެއްޖެ

އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް މޫސާ ޢަލީ ވިދާޅުވި ގޮތުގައި ކޮންމެ ދޯންޏެއްގައި ވެސް ދިވެއްސެއްގެ ގޮތުގައި ގިނަ ވެގެން ތިބެނީ ދެ މީހެކެވެ. ބައެއް ދޯނީގައި ކެޔޮޅު ފިޔަވައި ދެން ތިބީ ހައްތާ ވެސް ބޭރު މީހުންނެވެ.

އަމާންއުދަރެސް ޓަވަރުގެ ތިންވަނަ ބުރިން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިއްޖެ
ހަބަރު 31 Aug 2026

އަމާންއުދަރެސް ޓަވަރުގެ ތިންވަނަ ބުރިން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިއްޖެ

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:35 ހާއިރުއެވެ.

ރިސޯޓުތަކުގެ އާމްދަނީ އޮޅުވައިލައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް ދެއްވައިފި
ހަބަރު 31 Aug 2026

ރިސޯޓުތަކުގެ އާމްދަނީ އޮޅުވައިލައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް ދެއްވައިފި

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ލޯނު ދައްކައި މުވައްޒަފުންނަށް މުސާރަ ދީ ދުވަހުގެ ހިންގުމުގެ ޚަރަދުތައް ކެނޑުމަށް ފަހު ވެސް 40 އިންސައްތަ މާރުކުރެވޭނެ ތަނަވަސްކަން ކޮންމެ ރިސޯޓެއްގައި ވެސް ހުންނާނެ ކަމަށެވެ.

ތިން އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރުކޮށްފި
ހަބަރު 31 Aug 2026

ތިން އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރުކޮށްފި

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޤަވާއިދާ ހިލާފަށް މަގު ހުރަސްކުރާނަމަ މިއަދުން ފެށިގެން 100 ރުފިޔާގެ ޖޫރިމަނާއެއް!
ހަބަރު 31 Aug 2026

ޤަވާއިދާ ހިލާފަށް މަގު ހުރަސްކުރާނަމަ މިއަދުން ފެށިގެން 100 ރުފިޔާގެ ޖޫރިމަނާއެއް!

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ހުށަހެޅުއްވި މި ބިލު ކޮމިޓީ މަރުޙަލާގައި ބޮޑެތި އިޞްލާޙުތައް ގެނެސް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެއެވެ. މި ޤާނޫނާ އެކު 2009 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އުވޭނެއެވެ.

ޖުލައި މަހު މުދަލު ޒަކާތުން ލިބުނު ފައިސާ 17 މިލިއަނަށް އަރައިފި
ހަބަރު 31 Aug 2026

ޖުލައި މަހު މުދަލު ޒަކާތުން ލިބުނު ފައިސާ 17 މިލިއަނަށް އަރައިފި

ޒަކާތު ހައުސް ގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުން ލިބިފައި ވަނީ 12.04 މިލިއަން ރުފިޔާއެވެ. އެހެންކަމުން އަހަރުން އަހަރަށް ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ ޢަދަދެއް އިތުރުވެފައިވެއެވެ.