މައިގަނޑު ބަޔަށް ދާން

ހަބަރު

މިއަދު ހެނދުނު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފި

މި ހާދިސާއާ ގުޅިގެން ފުލުހުން އިތުރަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލުގެ ކުރިމަތިން ކުއްލިއަކަށް މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިން ނައްޓާލަން އުޅުމުގެ ތެރޭގައެވެ. މިގޮތުން ސައިކަލު ކޮންޓްރޯލުން ނެއްޓި ވެއްޓުނު ނަމަވެސް، އެ ކުއްޖާގެ ގައިގައި ސައިކަލު ޖެހިފައެއް ނުވެއެވެ.

ސީޒާ ޢަބްދުލްޙަކީމް

އެކްސިޑެންޓް ހިނގި ސަރަހައްދު ، ފޮޓޯ : ސޯސަލްމީޑިޔާ
އެކްސިޑެންޓް ހިނގި ސަރަހައްދު ، ފޮޓޯ : ސޯސަލްމީޑިޔާ

ހުޅުމާލޭ ހިތިގަސް މަގުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ހެނދުނު 8:03 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށާއި އޭގެ ފަހަތުގައި އިން މީހާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. ނަމަވެސް، ފުލުހުން އެ ސަރަހައްދަށް ދިޔައިރު ސައިކަލުން ޖެހުނު ކަމަށް ބުނާ މީހާ ވަނީ އެތަން ދޫކޮށް ގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އިތުރަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލުގެ ކުރިމަތިން ކުއްލިއަކަށް މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިން ނައްޓާލަން އުޅުމުގެ ތެރޭގައެވެ. މިގޮތުން ސައިކަލު ކޮންޓްރޯލުން ނެއްޓި ވެއްޓުނު ނަމަވެސް، އެ ކުއްޖާގެ ގައިގައި ސައިކަލު ޖެހިފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.