މެރިކަލްޗަރ ތަމްރީނު ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި
މި ޕްރޮގްރާމަކީ އެ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް )އެމްއެމްއާރުއައި( ގުޅިގެން ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. 14 ދުވަހުގެ މި ތަމްރީނު ކޯސް ބާއްވާނީ ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި އަންނަ މަހުގެ 10 އިން 21 ގެ ނިޔަލަށެވެ. ޖުމްލަ 15 ބައިވެރިންނަށް ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަހުމަދު އާހިލް ސައީދު
ފަރުމަސް އާލާކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ އެ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) ގުޅިގެން ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. 14 ދުވަހުގެ މި ތަމްރީނު ކޯސް ބާއްވާނީ ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި އަންނަ މަހުގެ 10 އިން 21 ގެ ނިޔަލަށެވެ. ޖުމްލަ 15 ބައިވެރިންނަށް ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި އެކުއަކަލްޗަރގެ ނިޒާމުތަކާއި ދިރޭ ކަނާ އާލާކުރުމާއި ފާނަ ވިއްސައި ބޮޑުކުރުމާއި ހުއިފިލަނޑާ ވިއްސައި ބޮޑުކުރުމާއި ދިވެހި މާގަނޑުމަސް ވިއްސައި ބޮޑުކުރުމާއި އިތާމުތް އާލާކުރުން ހިމެނެއެވެ. މީގެ އިތުރުން މޫދުވިނަ ހައްދައި އާލާކުރުމުގެ ތިއަރީއާއި އާލާކުރާ ދިރުންތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި އެ ބަލިތަކުން ރައްކާތެރިކުރާނެ ގޮތާއި ތިމާވެށި ރައްކާތެރިކުރުމުގެ ބައިތައް ވެސް ކިޔަވައިދޭނެއެވެ.
ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ޚާއްޞަ ފޯމު ފުރިހަމަކޮށް އައިޑީ ކާޑުގެ ކޮޕީއާ އެކު އެމްއެމްއާރުއައިއަށް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. 15 ޖާގައަށް ވުރެ ގިނައިން ފޯމު ލިބިއްޖެ ނަމަ ބައިވެރިން ހޮވާނީ ފޯމު ހުށަހެޅި ތަރުތީބުންނެވެ. ކޯހުގެ މުއްދަތުގައި ބައިވެރިން ތިބެނީ ކ. މަނިޔަފުށީ ފެސިލިޓީގައެވެ. މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ހުރުމާއި ކެއުމުގެ ހުރިހާ ޚަރަދެއް އެ އިންސްޓިޓިއުޓުން ހަމަޖައްސައިދޭނެއެވެ.
މި ޕްރޮގްރާމުގެ މި އަހަރުގެ ދެ ވަނަ ބުރުގެ ތަމްރީނުތައް މިދިޔަ މަހު ވަނީ ފެށިފައެވެ. ޖުމްލަ ހަތަރު ބާވަތެއް ކަމުގައިވާ ފާނައާއި ހުއިފިލަނޑައާއި ދިވެހި މާގަނޑުމަހާއި އިތާމުތް އާލާކުރުން ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމުގެ ބޭނުމަކީ މެރިކަލްޗަރގެ ދާއިރާއަށް ފަންނީ ހުނަރުވެރިން ބިނާކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް