އަނެއްކާވެސް ބްރިޖު މަތިން ނުރައްކާތެރިކޮށް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް
ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް މި ވީޑިއޯ އައުމާ ގުޅިގެން، އެ އިދާރާއިން މައުލޫމާތު ދޭގޮތުގައި ވަނީ އެ އުޅަނދުގެ ވެރިފަރާތް ދެނެގަނެ، އެ އުޅަނދު 30 ދުވަހުގެ މުއްދަތަކަށް ޓޯވ ކޮށް. އެ އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް ހިފަހައްޓައި އެ ފަރާތް ޖޫރިމަނާ ކޮށްފައެވެ.
އަނެއްކާވެސް ބްރިޖު މަތިން ނުރައްކާތެރިކޮށް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް މި ވީޑިއޯ އައުމާ ގުޅިގެން، އެ އިދާރާއިން މައުލޫމާތު ދޭގޮތުގައި ވަނީ އެ އުޅަނދުގެ ވެރިފަރާތް ދެނެގަނެ، އެ އުޅަނދު 30 ދުވަހުގެ މުއްދަތަކަށް ޓޯވ ކޮށް. އެ އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް ހިފަހައްޓައި އެ ފަރާތް ޖޫރިމަނާ ކޮށްފައެވެ.
ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވާ މަންޒަރު ފެންނަ ވީޑިއޯތައް ދަނީ ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން އެއްގަމު އުޅަނދުތައް ދުއްވާ ފަރާތްތަކަށާއި މަގުމަތީގައި ހިނގާބިނގާ އުޅޭ ފަރާތްތައް ނުރައްކަލަށް ހުށެހެޅިގެންދާއިރު، ފުލުހުން ދަނީ ރައްކާތެރިކޮށް އެއްގަމު އުޅަނދުފަހަރުތައް ދުއްވުމުގެ މުހިންމުކަމާއި ގުޅޭ ގިނަގުނަ މައުލޫމާތްތަކެއް އާންމުންނަށް ފޯރުކޮށްދެމުންނެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް