މައިގަނޑު ބަޔަށް ދާން

ހަބަރު

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ރައީސްއާ ބައްދަލުކުރައްވައި ޙަލާލް ފަތުރުވެރިކަމާ މެދު މަޝްވަރާކުރައްވައިފި

ރައީސް އޮފީހުން ހާމަކުރި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވާހަކަދެއްކެވީ އިސްލާމީ އިޤުތިޞާދީ ކުރިއެރުވުމާ ގުޅޭ ތަފާތު ދާއިރާތަކާ ބެހޭ ގޮތުންނެވެ. ޤާބިލުކަން ބިނާކުރުމާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާއި ޙަލާލް ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ވެސް ދެ ފަރާތުން ޚިޔާލު ބަދަލުކުރެއްވި ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އަހުމަދު އާހިލް ސައީދު

އައިސީސީޑީ އާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް
އައިސީސީޑީ އާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް

އިސްލާމިކް ޗޭމްބާ އޮފް ކޮމާސް އެންޑް ޑިވެލޮޕްމެންޓް (އައިސީސީޑީ)ގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޔޫސުފް ޙަސަން ޚަލާވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި ރާއްޖޭގައި ޙަލާލް ފަތުރުވެރިކަން ފުޅާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވާހަކަދެއްކެވީ އިސްލާމީ އިޤުތިޞާދީ ކުރިއެރުވުމާ ގުޅޭ ތަފާތު ދާއިރާތަކާ ބެހޭ ގޮތުންނެވެ. ޤާބިލުކަން ބިނާކުރުމާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާއި ޙަލާލް ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ވެސް ދެ ފަރާތުން ޚިޔާލު ބަދަލުކުރެއްވި ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އައިސީސީޑީއަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އާ ގުޅިފައިވާ މުސްލިމު އާބާދީ ބޮޑެތި ޤައުމުތަކުގައި އިޤުތިޞާދީ ފުރުޞަތުތައް ތަނަވަސްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

ބައްދަލުވުމުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ވަނީ އަތުލިޔުމުން ލިޔެފައިވާ ކީރިތި ޤުރުއާނުގެ މުޞްޙަފެއް ރައީސަށް ހަދިޔާކުރައްވައިފައެވެ.

ރާއްޖޭގައި ޙަލާލް ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ރައީސް ފެއްޓެވީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އެ ދާއިރާ އައު ހަރުފަތަކަށް ގެންދިޔުމަށްޓަކައި އިންވެސްޓަރުންނަށް ލުއިތަކެއް ދެއްވައި ޚާއްޞަ ރަށްތަކެއް ދޫކުރެއްވުމަށް ނިންމެވިކަން އެ ދުވަސްވަރު ރައީސް އިޢުލާނުކުރެއްވިއެވެ.

އެ ނިންމެވުމާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހު ޓޫރިޒަމް ވުޒާރާއިން ޖުމުލަ 18 ރިސޯޓު ތަރައްޤީކުރާނެ ފަރާތްތައް ހޯދުމަށް އިޢުލާނުކުރިއެވެ. އެ 18 ރަށުގެ ތެރެއިން ފަސް ރަށެއް ޚާއްޞަކޮށް ކަނޑައެޅީ ޙަލާލް ފަތުރުވެރިކަމަށެވެ. އެ ރަށްތަކަކީ ހއ. ބިނާފުށި ހއ. ކަނޑާލިފިނޮޅު ހދ. މަކުނުދޫ ފަރު އެކެއް ށ. ފުށިފަރު އަދި ލ. ފޮނަގާދޫއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.