ގޭސް ލީކުވެ މަރުވި ޒާހިދާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ނުހަދައި އާއިލާއާ ހަވާލުކޮށްފި
މި ހާދިސާގައި މަރުވީ ގއ. ވިލިނގިއްޔަށް އުފަން އުމުރުން 51 އަހަރުގެ ޒާހިދާ ތައުފީގެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ހާއިރު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކުރެވުނެވެ.
މިދިޔަ ހަފުތާގައި މާލޭގެ ގެއެއްގައި ގޭސް ލީކުވެ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އަންހެން މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ނުހަދައި މިއަދު އާއިލާއާ ހަވާލުކޮށްފިއެވެ.
މި ހާދިސާގައި މަރުވީ ގއ. ވިލިނގިއްޔަށް އުފަން އުމުރުން 51 އަހަރުގެ ޒާހިދާ ތައުފީގެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ހާއިރު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކުރެވުނެވެ.
އެ ހާދިސާގައި ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދިޔައިރު ޒާހިދާ އޮތީ މަރުވެފައެވެ.
މަރުގެ ތަޙުޤީޤު ކުރިއަށް ގެންދިޔުމުގެ ގޮތުން ޒާހިދާގެ ހަށިގަނޑު ބާއްވާފައި އޮތީ މޯޗަރީގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕޯސްޓުމޯޓަމް ނުހެދި ނަމަވެސް މިއަދު ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެ ހާދިސާގައި ޒާހިދާގެ އިތުރުން އަނިޔާވީ އޭނާގެ 19 އަހަރުގެ އަންހެން ދަރިފުޅަށެވެ. އެ ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު ހާލު ކުރިއަށް ވުރެ ރަނގަޅުވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް