މައިގަނޑު ބަޔަށް ދާން

ހަބަރު

ނައިޑް އިންވެސްޓްމެންޓުގެ އޮފީސް ރެއިޑްކޮށް ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި

މި ކުންފުންޏަކީ ރ. އަތޮޅުގައި ފުރަވެރި މޯލްޑިވްސް ރިސޯޓު ހިންގާ ކުންފުންޏެވެ. އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން ފެންނަ ގޮތުގައި އެ ކުންފުނިން ގިނަ އަދަދެއްގެ ވިޔަފާރި ހުއްދަ ނަގައިފައިވެއެވެ. ނިޔާޒް ސްޓޯރާއި ޕޭޖް ހާޑްވެއާގެ ފިހާރަތަކާއި ނައިޑްގެ ނަމުގައި ހިންގާ ފިހާރަތަކަކީ ވެސް އެ ކުންފުންޏާ ގުޅިފައިވާ ވިޔަފާރިތަކެވެ. ފުލުހުން ސޯޝަލް މީޑިއާގައި ބުނީ އެމްއެމްއޭ އިން ދޫކުރާ މަނީ އެކްސްޗޭންޖު ލައިސަންސް ނެތި ޤާނޫނާ ޚިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ހިންގާ ކަމުގެ ތުހުމަތާ ގުޅިގެން މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރަމުން އަންނަ ކަމަށެވެ. އެ ކުންފުނީގެ ބޭރު ފައިސާގެ މުޢާމަލާތްތަކަށް ބޭނުންކުރާ ބޭންކް އެކައުންޓްތައް ވެސް ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަހުމަދު އާހިލް ސައީދު

ޑޮލަރު
ޑޮލަރު

ލައިސަންސެއް ނެތި ފުޅާ ދާއިރާއެއްގައި ބޭރު ފައިސާގެ ވިޔަފާރި ހިންގާ ކަމުގެ ތުހުމަތުގައި ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އޮފީހަށް ފުލުހުން މިއަދު ވަދެ ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި ކުންފުންޏަކީ ރ. އަތޮޅުގައި ފުރަވެރި މޯލްޑިވްސް ރިސޯޓު ހިންގާ ކުންފުންޏެވެ. އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން ފެންނަ ގޮތުގައި އެ ކުންފުނިން ގިނަ އަދަދެއްގެ ވިޔަފާރި ހުއްދަ ނަގައިފައިވެއެވެ. ނިޔާޒް ސްޓޯރާއި ޕޭޖް ހާޑްވެއާގެ ފިހާރަތަކާއި ނައިޑްގެ ނަމުގައި ހިންގާ ފިހާރަތަކަކީ ވެސް އެ ކުންފުންޏާ ގުޅިފައިވާ ވިޔަފާރިތަކެވެ. ފުލުހުން ސޯޝަލް މީޑިއާގައި ބުނީ އެމްއެމްއޭ އިން ދޫކުރާ މަނީ އެކްސްޗޭންޖު ލައިސަންސް ނެތި ޤާނޫނާ ޚިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ހިންގާ ކަމުގެ ތުހުމަތާ ގުޅިގެން މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރަމުން އަންނަ ކަމަށެވެ. އެ ކުންފުނީގެ ބޭރު ފައިސާގެ މުޢާމަލާތްތަކަށް ބޭނުންކުރާ ބޭންކް އެކައުންޓްތައް ވެސް ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ރެއިޑް ހިންގާފައި ވަނީ ހުއްދައެއް ނެތި ބޭރު ފައިސާ ގަނެވިއްކާ ފަރާތްތައް ދެނެގަނެ ޤާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތައް ގުޅިގެން އެކުލަވައިލާފައިވާ ޚާއްޞަ ޓާސްކް ފޯސްގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށް އިއްޔެ ފުލުހުން އިޢުލާނުކުރި ދަނޑިވަޅެއްގައެވެ. އެ ޓާސްކް ފޯސްގެ އޮޕަރޭޝަނެއްގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކި ހަ ބިދޭސީއެއް — ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާގެ ދެ މީހެއް — އިއްޔެ ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ އެންމެންނަކީ ވެސް ހުއްދަ ލިބިފައިވާ ދާއިރާގެ ބޭރުން ބޭރު ފައިސާގެ ވިޔަފާރީގައި ޙަރަކާތްތެރިވި ފަރާތްތަކެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިއްޔެ ހާމަކުރި ގޮތުގައި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެ ހަ މީހުންގެ ބޭންކް އެކައުންޓްތަކުގައި ޖުމްލަ 54.4 މިލިއަން ރުފިޔާ އާއި 1.6 މިލިއަން ޑޮލަރު ދައުރުވެފައިވެއެވެ.

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާއިރު ރިސޯޓުތަކަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙަށް ވެސް މިއަދު ވަނީ ޢަމަލުކުރަން ފެށިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.