ގޭސް ލީކުވެ ހާލު ދެރަވި ޒުވާނާގެ ހާލު ރަނގަޅުވާން ފަށައިފި
މިދިޔަ ބުރާސްފަތި ދުވަހު ދިލްކުޝާ ގޯޅި )ސްކޫޕް ގޯޅި( ގެ ގެއެއްގައި ގޭސް ލީކުވެ އުމުރުން 51 އަހަރުގެ އަންހެނަކާއި އެ މީހާގެ 19 އަހަރުގެ ދަރިފުޅަށް ގެއްލުން ލިބުނެވެ. ހޮސްޕިޓަލަށް ގެންދިޔައިރު އެ އަންހެން މީހާ ވަނީ ނިޔާވެފައެވެ.
އަހުމަދު އާހިލް ސައީދު
މާލޭގެ ދިލްކުޝާ ގޯޅީގައި މިދިޔަ ހަފުތާގައި ހިނގި ގޭސް ލީކުވުމުގެ ހާދިސާގައި ސީރިއަސް ހާލަތަށް ދިޔަ ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ދިލްކުޝާ ގޯޅި (ސްކޫޕް ގޯޅި) ގެ ގެއެއްގައި ގޭސް ލީކުވެ އުމުރުން 51 އަހަރުގެ އަންހެނަކާއި އެ މީހާގެ 19 އަހަރުގެ ދަރިފުޅަށް ގެއްލުން ލިބުނެވެ. ހޮސްޕިޓަލަށް ގެންދިޔައިރު އެ އަންހެން މީހާ ވަނީ ނިޔާވެފައެވެ.
ދަރިފުޅުގެ ހާލު ސީރިއަސްވުމާ ގުޅިގެން ޗެމްބަރުގައި ފަރުވާ ދިނުމަށް އެ ދުވަހު އައިޖީއެމްއެޗުން އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވެއެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ ޒުވާނާ އެޑްމިޓުކޮށްގެން ފަރުވާ ދެމުން ގެންދާ ކަމަށާއި މިހާރު ހާލު ސްޓޭބަލް ކަމަށެވެ.
ހާދިސާ ހިނގި ދުވަހު އެ ސަރަހައްދުން ވަރަށް ގަދައަށް ދުން ވަސް ދުވި ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އެހެން ނަމަވެސް މި ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފުސީލު އަދި ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް