ނަޝީދާ އެކު "ބޮޑު ބަދަލު" ގެ މަސައްކަތުގައި ދެމިހުންނާނެ ކަމަށް ފައްޔާޒު ބުނެފި
ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ބޮޑު ބަދަލު"ގެ ނަމުގައި އޮތް ވަޓްސްއެޕް ގްރޫޕަކުން ތިން ހަފުތާ ކުރިން ނުކުމެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެއީ ރަސްމީ ގްރޫޕެއް ނޫން ކަމަށެވެ. "މިހާރު" ނޫހަށް މަޢުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި ފައްޔާޒް ގްރޫޕުން ނުކުމެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ރޭހުގައި ނަޝީދު ވާދަކުރައްވަން ޖެހޭ ކަމަށް ބައެއް މެންބަރުން ތަކުރާރުކޮށް ލިޔަމުން ދިޔަ ދުވަހެއްގައެވެ. ގްރޫޕުން ވަކިވެވަޑައިގެންނެވުމުގެ ކުރިން ފައްޔާޒް ލިޔުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ގްރޫޕް އުފެއްދި ބޭނުން ކެނޑިއްޖެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
"ބޮޑު ބަދަލު" ވަޓްސްއެޕް ގްރޫޕުން ވަކިވެވަޑައިގެންނެވި ކަމަށް ފެތުރުނު ވާހަކަތަކަށް ރައްދު ދެއްވައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާ އެކު ފެއްޓެވި "ބޮޑު ބަދަލު"ގެ މަސައްކަތުގައި އަދިވެސް ދެމިހުންނެވި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ހާމަކުރައްވައިފިއެވެ.
ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ބޮޑު ބަދަލު"ގެ ނަމުގައި އޮތް ވަޓްސްއެޕް ގްރޫޕަކުން ތިން ހަފުތާ ކުރިން ނުކުމެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެއީ ރަސްމީ ގްރޫޕެއް ނޫން ކަމަށެވެ. "މިހާރު" ނޫހަށް މަޢުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި ފައްޔާޒް ގްރޫޕުން ނުކުމެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ރޭހުގައި ނަޝީދު ވާދަކުރައްވަން ޖެހޭ ކަމަށް ބައެއް މެންބަރުން ތަކުރާރުކޮށް ލިޔަމުން ދިޔަ ދުވަހެއްގައެވެ. ގްރޫޕުން ވަކިވެވަޑައިގެންނެވުމުގެ ކުރިން ފައްޔާޒް ލިޔުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ގްރޫޕް އުފެއްދި ބޭނުން ކެނޑިއްޖެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
"މި ފުރުސަތުގައި ބޮޑު ބަދަލު މެނިފެސްޓޯއަށް ތާއީދުކުރައްވާ އަދި އުއްމީދުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނާއި އާންމު ދިވެހި ރައްޔިތުންނަށް ދަންނަވާލަން. މާތް އލލހގެ އިރާދުފުޅާއެކު އަޅުގަނޑާއި ރައީސް މުހައްމަދު ނަޝީދު އަދި އަޅުގަނޑުމެން ދެ ޓީމުގެ މަސައްކަތް ނިންމާލާނީ މި ރާއްޖެއަށް ގެންނަން ކޮންމެހެން ޖެހިފައިވާ ބޮޑު ބަދަލު ގެނައުމަށްފަހު" ފައްޔާޒް ވިދާޅުވިއެވެ.
ކުރިން ވާދަވެރިންގެ ގޮތުގައި ފެނުނު ނަޝީދާއި ފައްޔާޒް ގުޅިގެން މަސައްކަތް ފެއްޓެވީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ނަޝީދު ގެންނެވުމަށް ކެމްޕެއިން ފެއްޓެވި ހިސާބުންނެވެ. އެ ދުވަސްވަރު ނަޝީދު ވަނީ ރިޔާސީ ކެންޑިޑޭޓަކަށް ފައްޔާޒް ގެންނެވުމަށް ތާއީދުކުރައްވައިފައެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަޤްޞަދުގައި ދެ ބޭފުޅުން "ބޮޑު ބަދަލު"ގެ ނަމުގައި މެނިފެސްޓޯއެއް އެކުލަވައިލެއްވިއެވެ. އެ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ކަމަކީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމުގެ ގިނަ ސިފަތައް އެކުލެވޭ މަސްހުނި ނިޒާމަކަށް ބަދަލުކުރުމެވެ.
އެޕްރީލް 19 ގައި އެ މެނިފެސްޓޯ އިފްތިތާޙުކުރެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ހުށަހެޅުއްވި ޕްރެޒެންޓޭޝަނުގައިވާ ގޮތުން ހުށަހެޅުއްވި ނިޒާމުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރުގެ އެންމެ އިސް ވެރިޔާ ވާނީ ވަކި ދެ މަޤާމަކަށެވެ. އެއީ ބަރުލަމާނީ ނިޒާމެއްތޯ ސުވާލުކުރެއްވުމުން ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން ދައުލަތުގެ އިސް ވެރިޔާ އިންތިޚާބުކުރުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ނޫން ކަމަށާއި މިހާރު ވެސް ރާއްޖޭގައި އޮތީ މަސްހުނި ކަންތައްތަކެއް ހިމެނޭ ނިޒާމެއް ކަމަށެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް