ފޭކް ފޭސްބުކް އެކައުންޓަކުން އޮޅުވާލައިގެން ފައިސާ ހޯދި މީހަކަށް ޖަލު ހުކުމެއް އިއްވައިފި
މި ހުކުމް އިއްވީ ކ. ކާށިދޫ ސިލިކޯން އިސްމާއިލް ޒަބީހުގެ މައްޗަށެވެ. ޝާނާ ހުސެއިންގެ ނަމުގައި ހިންގި ވަގު ފޭސްބުކް އެކައުންޓެއް ބޭނުންކޮށްގެން 2022 ވަނަ އަހަރުގެ ޖެނުއަރީ ދެވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ އޮގަސްޓް 20 ވަނަ ދުވަހާ ހަމައަށް ގިނަ ބައެއް އަތުން އޭނާ ފައިސާ ނެގިކަން ދައުވާގައި ބަޔާންކޮށްފައިވެއެވެ. ޖަލު ހުކުމުގެ އިތުރުން 100000 ރުފިޔާއިން އޭނާ ޖޫރިމަނާ ކޮށްފައިވެއެވެ.
އަންހެނެއް ކަމަށް ހެދިގެން ފޭސްބުކް މެދުވެރިކޮށް އެކި މީހުންނާ ގާތް ގުޅުން ބާއްވައި 710550 ރުފިޔާ އޮޅުވާލައިގެން ހޯދި ފިރިހެނަކު ދެ އަހަރާއި ހަ މަހަށް ޖަލަށްލައި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި ހުކުމް އިއްވީ ކ. ކާށިދޫ ސިލިކޯން އިސްމާއިލް ޒަބީހުގެ މައްޗަށެވެ. ޝާނާ ހުސެއިންގެ ނަމުގައި ހިންގި ވަގު ފޭސްބުކް އެކައުންޓެއް ބޭނުންކޮށްގެން 2022 ވަނަ އަހަރުގެ ޖެނުއަރީ ދެވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ އޮގަސްޓް 20 ވަނަ ދުވަހާ ހަމައަށް ގިނަ ބައެއް އަތުން އޭނާ ފައިސާ ނެގިކަން ދައުވާގައި ބަޔާންކޮށްފައިވެއެވެ. ޖަލު ހުކުމުގެ އިތުރުން 100000 ރުފިޔާއިން އޭނާ ޖޫރިމަނާ ކޮށްފައިވެއެވެ.
ކުށް ކޮށްގެން ހޯދި ފައިސާކަން އެނގި ހުރެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުންކޮށްފައިވާތީ އެ ހުރިހާ ފައިސާއެއް ދައުލަތަށް ނެގުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިފައިވެއެވެ. ދައުވާ ކޯޓުގައި ކުރިއަށް ދަނިކޮށް އިސްމާއިލް ޒަބީހު ވަނީ ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ.
ކޯޓުގައި އޭނާ ބުނެފައިވަނީ "ކުށަށް އިއުތިރާފުވީ އެއްވެސް މަޖުބޫރު ކަމެއް ނެތި" ކަމަށެވެ. އެ އެއްބަސްވުމުގައި ޤާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ޝަރުތުތައް ހަމަވާ ކަމަށް ކަނޑައަޅައި ޝަރީޢަތުން ވަނީ އެ އެއްބަސްވުން ބަލައިގެންފައެވެ.
ދައުވާ ކުރި ތާރީޚު ކަމަށްވާ ޖުލައި 5 2026 އިން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ އެމްއެމްއޭއަށް ދެއްކުމަށް ކޯޓުން ވަނީ އަންގައިފައެވެ. ބަންދުގައި ކުރިން ހޭދަކުރި މުއްދަތު ހުކުމުން އުނިކުރުމުން ދެން ބަންދުގައި ހުންނަން ޖެހެނީ ހަތް މަހާއި 15 ދުވަހެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް