ތިލަމާލެ ބުރިޖުގެ މަސައްކަތް އަހަރެއް ތެރޭ ނިންމުމަށް އަމާޒު ހިފައިފި
ބުރިޖުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ފަހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ބުރިޖުގެ ދުވެލި އެހާ ބާރު ނޫން ކަމަށެވެ. ނަމަވެސް އިންޑިއާ ސަރުކާރާ ގުޅިވަޑައިގެން ކުރެއްވި މަސައްކަތުން ދުވެލި ހަލުވި ކުރެވުނު ކަމަށާއި މި މަޝްރޫޢު ކުރިއަށް ގެންދާ ކޮންޓްރެކްޓަރު އެފްކޮންސް އިން ވެސް ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ. މި ކަމުގައި އިންޑިއާ ސަރުކާރަށާއި އެ ޤައުމުގެ ސަފީރަށާއި ބިނާރާ ބެހޭ ވަޒީރަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
މާލެއާއި ވިލިމާލެ ގުޅައިލަދޭ ތިލަމާލެ ބުރިޖު އެއްކޮށް ގުޅައިލެވިފައިވާ ކަމަށާއި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ބާކީ ހުރި ހުރިހާ މަސައްކަތެއް ފުރިހަމަކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބުރިޖުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ފަހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ބުރިޖުގެ ދުވެލި އެހާ ބާރު ނޫން ކަމަށެވެ. ނަމަވެސް އިންޑިއާ ސަރުކާރާ ގުޅިވަޑައިގެން ކުރެއްވި މަސައްކަތުން ދުވެލި ހަލުވި ކުރެވުނު ކަމަށާއި މި މަޝްރޫޢު ކުރިއަށް ގެންދާ ކޮންޓްރެކްޓަރު އެފްކޮންސް އިން ވެސް ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ. މި ކަމުގައި އިންޑިއާ ސަރުކާރަށާއި އެ ޤައުމުގެ ސަފީރަށާއި ބިނާރާ ބެހޭ ވަޒީރަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ އެކި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައިވާ ކަމަށާއި އެ މަޝްރޫޢުތައް ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވި ކަމަށެވެ.
"އަޅުގަނޑުމެން ވެރިކަމާ ހަވާލުވެ މަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރިން. އެގޮތަށް ހަމަ ހުއްޓިފައިވާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަޝްރޫއުތަކުގެ މަސައްކަތްތައް މިވަނީ ނިންމާލެވިފައި. މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތާއި ހަނިމާދޫ އެއާޕޯޓުގެ މަސައްކަތްތައްވެސް އެބަ ހިމެނޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އިންޑިއާ އަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ. ތިލަމާލެ ބުރިޖަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ މަޝްރޫޢެއް ކަމަށް ވެސް ރައީސް ސިފަކުރެއްވިއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް